Roadha Mihaaru
ރާނީ އަށް ސޯޝަލް މީޑިއާ މެނޭޖަރަކު ހޯދަނީ

އިނގިރޭސީ ރާނީ އެލިޒަބަތަށް ސޯޝަލް މީޑިއާ މެނޭޖަރަކު ހޯދަނީ

19 މެއި 2019

އިނގިރޭސި ރާނީ އެލިޒަބަތަށް ސޯޝަލް މީޑިއާ މެނޭޖަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ރާނީ އެލިޒަބަތަށް ސޯޝަލް މީޑިއާ މެނޭޖަރަކު ހޯދަން އިއުލާންކޮށްފި އެވެ.

ރޯޔަލް ހައުސްހޯލްޑުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާނީގެ ސޯސަލް މީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓްކޮށް، ރާނީއާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް ތާޒާކަމާ އެކު ފޯރުކޮށް ދިނުމުގެ ގޮތުން ބޭނުން ވަނީ ޑިޖިޓަލް ކޮމިއުނިކޭޝަން އޮފިސަރެއް ކަމަށެވެ.

އެ މަގާމުގެ މައިގަނޑު ޝަރުތަކީ މީޑިއާގެ ދާއިރާ އިން ޑިގްރީއެއް އޮތުމެވެ. އަދި ތަޖުރިބާ އަށް ބަލާފައި މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަހަރަކު 38،000 ޑޮލަރު (584،060ރ.) އެވެ.

އަދި ޝާހީ އާއިލާ ދިރިއުޅޭ ބަކިމްހަމް ޕެލަސްގެ ރޯޔަލް ކޮމިއުނިކޭޝަން ބްރާންޗުގައި މަސައްކަތް ކުރާނެ ތަނަކާއި މަސައްކަތްކުރާ ގަޑިތަކުގައި ކެއުން ހިލޭ ހަމަޖައްސައި ދިނުމުގެ އިތުރަށް އަހަރަކު 33 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ރާނީގެ ރަސްމީ ދަތުރުފުޅުތައް ކަވަރުކޮށް، ރިސާޗްކޮށް، ފީޗާ އާޓިކަލްތައް ލިޔުމުގެ އިތުރަށް ސޯޝަލް ޕްލެޓްފޯމްތައް މެނޭޖް ކުރުމެވެ.

ޝާހީ އާއިލާ އިން މިހާރު ވެސް އިންސްޓަގްރާމާއި ޓްވިޓާ ދަރޯޔަލް ފެމިލީ އާއި ކެންސިންޓަން ޕެލަސްގެ ނަމުގައި ބޭނުން ކުރެ އެވެ. އަދި ދާދި ފަހުން ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ވެސް ވަނީ އަމިއްލަަފުޅަށް "ސަސެކްސް ރޯޔަލް" ގެ ނަމުގައި އިސްޓަގްރާމް ބޭނުން ކުރައްވަން ފައްޓަވައިފަ އެވެ.

ރޯޔަލް ހައުސްހޯލްޑުން ބުނި ގޮތުގައި ޑިޖިޓަލް ކޮމިނިއުނޭޝަން އޮސަރުގެ މަގާމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.