13 އެޕްރީލް 2021
އިނގިރޭސިވިލާތުގެ ޓީވީ ބްރޯޑްކާސްޓިންގެ ތާރީހުގައި ވެސް މިހާތަނަށް މީޑިއާއަކާ ގުޅޭ ގޮތުން ލިބުނު އެންމެ ގިނަ ޝަކުވާ މަޝްހޫރު ނެޓްވޯކް ބީބީސީ އަށް ލިބިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޓީވީ ބްރޯޑްކާސްޓިންގެ ތާރީހުގައި ވެސް މިހާތަނަށް މީޑިއާއަކާ ގުޅޭ ގޮތުން ލިބުނު އެންމެ ގިނަ ޝަކުވާ މަޝްހޫރު ނެޓްވޯކް ބީބީސީ އަށް ލިބިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވުމާ ގުޅިގެން، ގައުމުގައި ހުރި ބޮޑެތި އެހެން ކަންކަމުގެ ކަވަރޭޖް ހަވާސާކުރުމަށް ފަހު، ބީބީސީގެ ކުޑައިގެ ދަށުގައި ހުރި ޕްލެޓްފޯމްތަކުން ފިލިޕާއި ޝާހީގެ އާއިލާގެ ވާހަކަ ގެނެސްދެމުން ގެންގޮސްފައިވާތީ ބީބީސީ އަށް ދެކޮޅަށް އާންމުންގެ ފަރާތުން 100،000 ޝަކުވާ ލިބިފައިވެ އެވެ. އަދި މިއީ މީޑިއާ ނެޓްވޯކަކާ ދެކޮޅަށް މިހާތަނަށް ހުށަހެޅި އެންމެ ގިނަ ޝަކުވާތައް މީޑިއާތަކުން ބުނެ އެވެ.
އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށްވީ ކޮވިޑް-19 ފަދަ ބޮޑު ބަލިކަމެއްގެ ތެރޭގައި ގައުމު އޮއްވައި އެކަމާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް ގެނެސް ނުދީ، މުޅިން ކަހަލަ ގޮތަކަށް ޕްރިންސް ފިލިޕާ ބެހޭ ޚަބަރުތައް ތަކުރާރުކޮށް ގެނެސްދެމުން ދިއުމެވެ.
Am i the only one who thinks its ridiculous that every BBC radio channel is playing the same broadcast (about prince philip). Feels like eastern europe 40 years ago.
— Henry Stewart (@happyhenry) April 9, 2021
އިތުރު ޝަކުވާތަކުގެ ތެރޭގައި ފިލިޕްގެ ދަރިލަކުން ޕްރިންސް އެންޑްރޫ އަކީ އެކި ކަހަލަ ތުހުމަތުތަކެއް ކުރެވޭ ބޭފުޅަކަށްވެފައި އޭނާގެ އިންޓަވިއުތައް ގެނެސް ދިނުމުން އެކަމުގެ ހިތްހަމެނުޖެހުމުގެ ޝަކުވާތަކާއި ޕްރޮފްރާމްތައް ހޯސްޓްކުރި ޕްރެޒެންޓަރުން ހާލަތާ ނުގުޅޭ ގޮތަށް ހެދުން އެޅުމާއި ކަޅު ކުލައިގެ ހެދުން ނުލުން ފަދަ މައްސަލަތަކާ ބެހޭ ޝަކުވާތައް ހިމެނެ އެވެ.
އެހެންވެ ޝަކުވާތައް ހުށަހެޅީ ގިނަ މީހުން އެދިފައި ވަނީ އެ ކަވަރޭޓް ދެން ހުއްޓާލައި، ގައުމުގައި ހުރި އެހެން މައްސަލަތަކަށް ފޯކަސްކުރުމަށެވެ. ފިލިޕް، 99، އަވަހާރަވުމާ ގުޅިގެން ބީބީސީ އިން ގެނެސްދިން ކަވަރުގެ ތެރޭގައި "ހިޒް ރޯޔަލް ހައިނެސް ދަ ޑޫކް އޮފް އެޑިންބަރާ ރިމެމްބާޑް" އާއި "އަ ޓްރިބިއުޓް އެޗްއާރްއެޗް ޑޫކް އޮފް އެޑިންބަރާ" ޑޮކިއުމަންޓަރީތައް ހިމެނެ އެވެ.
Despite understanding the significance of losing Prince Philip today, and not wanting to sound disrespectful, I don't understand why BBC1 + BBC 2 are showing exactly the same tribute programme, or why there is no Neighbours, Emmerdale or Coronation Street on tonight. #Morbid
— judy mcdowell (@jcm247) April 9, 2021
ފިލިޕް އަވަހާރަވުމާ ގުޅިގެން އެކަމުގެ ޚަބަރުތަކާއި ޝާހީ އާއިލާގެ ވާހަކަތަކަށް "ހުސްވި" ބީބީސީގެ ޕްލެޓްފޯމްތަކުގެ ތެރޭގައި ބީބީސީގެ މައި ޗެނެލާއި ބީބީސީ1 އާއި ބީބީސީ2 އާއި ބީބީސީ ރޭޑިއޯ 4 އަދި ބީބީސީ ރޭޑިއޯ 5 ލައިވް ހިމެނެ އެވެ.
I see BBC have gone full on state propaganda channel ? #princephillip until midnight!
— Rachel harmony is back 3.5%???????? (@RachelG21879460) April 9, 2021
ފިލިޕް އަވަހަރާވުމުގެ ކަވަރޭޖް ކުރިން މިހާތަނަށް އިނގިރޭސިވިލާތުގައި ކަވަރޭޖަކާ ގުޅިގެން އެންމެ ގިނަ ޝަކުވާތައް ލިބުނީ 2005 ގައި ގެނެސްދިން "ޖެރީ ސްޕްރިންޖާ: ދި އޮޕެރާ" އާ ބެހޭ ގޮތުންނެވެ. އެއީ 63،000 ޝަކުވާ އެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ 2008 ގައި 42،000 ޝަކުވާ ލިބުނު އިނގިރޭސި ކޮމީޑިއަން ރަސަލް ބްރޭންޑް އެކްޓަރު އެންޑްރޫ ސެކްސް އަށް ކުރި ސަމާސާ ކޯލްގެ ކަވަރޭޖަށެވެ.
Have just realised the BBC have pulled everything on BBC1 and 2 (including the Masterchef final), to show the EXACT same Prince Philip tribute. The exact same programme running on both channels simultaneously. That is truly bizarre.
— Maïa Dunphy (@MaiaDunphy) April 9, 2021
ފިލިޕް އަވަހަރާވުމާ ގުޅިގެން ބީބީސީން ގެނެސްދިން ކަވަރޭޖާ ބެހޭ ގޮތުން އައިޓީވީން ބުނީ އެ ކަވަރޭޖް މާ ބޮޑަށް ދިގުލައިގެންފާ ގޮތަށް ގެނެސްދިނުމުން ހުކުރު ދުވަހާއި ދެން ވިދިގެން އައި ދުވަސްތަކުގައި ބީބީސީގެ ޕްލެޓްފޯމްތައް ބެލި/އަޑު އެހު މީހުންގެ އަދަދު ވެސް މަދުވި ކަމަށެވެ.
މިކަމާ ގުޅިގެން އިނގިރޭސިވިލާތުގައި ހުކުރު ދުވަހު އެންމެ ގިބަ ބަޔަކަ ބެލި ޕްރޮގްރާމަކަށްވީ ޗެނެލް 4 ގެ "ގޮގްލްބޮކްސް" އެވެ. އެ ބެލި މީހުންގެ އަދަދު އެ ދުވަހު އެކަނި 4.2 މިލިއަނަށް އެރި އެވެ.
އިނގިރޭސި ވިލާތުން ޝާހީ ޔޮޓެއް އަލުން ބަންނަނީ
ޕްރިންސް ފިލިޕް އަނެއްކާވެސް އެޑްމިޓްކޮށް ފަރުވާދެނީ
ރާނީގެ ދެކަނބަލުންނަށް ވެސް ކޮވިޑް ވެކްސިން ދީފި
ޕްރިންސް ޗާލްސްގެ އޯގެނިކް ފާމިން ހުއްޓުމަކަށް
ޕްރިންސް ފިލިޕް އެޑްމިޓްކޮށް، ފަރުވާދެނީ
ރާނީ އަށް ސޯޝަލް މީޑިއާ މެނޭޖަރަކު ހޯދަނީ
އެކްސިޑެންޓާ ގުޅިގެން ޕްރިންސް ފިލިޕަށް ދައުވާއެއް ނެތް
ޕްރިންސް ފިލިޕް ލައިސަންސް ދޫކޮށްލައްވައިފި
ރާނީގެ ޕްލެޓިނަމް ޖުބްލީ 12 މިލިއަން މީހުން ބެލި
އިނގިރޭސިވިލާތުގައި އިތުރު 8 ސިޓީ އުފައްދައިފި