09 މެއި 2019
ޖަކާޓާ (މެއި 9) - މަންމަނުންނަށް ފަސޭހައިން ޤުރުއާން އެނގޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިޝާރާތުގެ ބަހުރުވައިން މުޅި ޤުރުއާން ތައްޔާރުކުރަން އިންޑޮނީޝިއާގެ ގްރޫޕަކުން ކުރަމުން އަންނަ މަސައްކަތް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.
ޖަކާޓާ (މެއި 9) - މަންމަނުންނަށް ފަސޭހައިން ޤުރުއާން އެނގޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިޝާރާތުގެ ބަހުރުވައިން މުޅި ޤުރުއާން ތައްޔާރުކުރަން އިންޑޮނީޝިއާގެ ގްރޫޕަކުން ކުރަމުން އަންނަ މަސައްކަތް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.
ޤުރުއާން އިންޑޮނީޝިއާ ޕްރޮޖެކްޓްގެ ނަމުގައި ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން ރެކޯޑްކުރި ފުރަތަމަ ބައި ނެރުނީ މިދިއަ އަހަރުގެ ރޯދައާ ދިމާކޮށެވެ. އެފަހަރު ޔޫޓިއުބްގައި އާންމުކުރީ ފާތިހާ ސޫރަތެވެ. މި އަހަރުގެ ރޯދަމަހު ވަނީ އިތުރު ހަތަރު ސޫރަތް، އިޝާރާތުގެ ބަހުރުވައިން ނެރެފަ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ ނިއު ޔޯކް ޓައިމްސްގައި އިއްޔެ ވަނީ މުޅި މަޝްރޫއުއާ ބެހޭ ރިޕޯޓެއް ޖަހައިފަ އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނީ މަންމަން ރަހުމަތްތެރިންތަކެއްގެ މެދުގައި ދެކެވުނު ވާހަކަ ހަގީގަތަކަށް ވީ މަންމަމުންނަށް އެހީތެރިވެދޭ ޖަމާއަތަކުން އެކަމުގެ ތެރެއަށް ވަނުމުން ކަމަށެވެ.
"އަހަންނާއި އަހަރެންގެ މަންމަން އެހެން ރަހުމަތްތެރިން ވަރަށް ބޮޑަށް މާޔޫސްވޭ އިންޑޮނީޝިއާގައި ތިބި އަހަރެމެން ކަހަލަ މީހުންނަށް އިސްލާމް ދީނުގެ ކަންކަން ރަނގަޅަށް އަންގައިދޭނެ ގޮތެއް ނެތުމުން،" މަޝްރޫއުގައި އިސްކޮށް އުޅެމުން އަންނަ ސުރުޔާ ސެހެތަޕީ، އިޝާރާތު ބަހުރުވައިގެ ތަރުޖަމާނަކު މެދުވެރިކޮށް، ބުންޏެވެ.
އެކަމަށް އޮތް ހައްލަކީ އިޝާރާތުގެ ބަހުރުވައިން މުޅި ޤުރުއާން ރެކޯޑްކުރުން ކަމަށް، އުމުރުން 25 އަހަރުގެ ޒުވާނާ ގަބޫލުކުރި އެވެ. އެހެންވެ އެ މަސައްކަތް މިދިއަ އަހަރު ފެށީ އިސްލާމީ އަމިއްލަ ޖަމާއަތަކާ ގުޅިގެންނެވެ. ބޭނުމަކީ ޤުރުއާންގައި ހިމެނޭ 114 ސޫރަތް ވެސް އެ ބުހުރުވައިން ކިޔައިދިނުމެވެ.
ޤުރުއާން އިންޑޮނީޝިއާ ޕްރޮޖެކްޓް ކުރިޔަށް ދާއިރު އިޝާރާތުގެ ބަހުރުވައިން ޤުރުއާން ތަރުޖަމާކުރަމުން ދަނީ ރަނގަޅަށްތޯ، ސައުދީ އަރައްބިއްޔާގެ އަމިއްލަ ޖަމާއަތަކުން ވެސް ބަލަ އެވެ. އެގޮތުން އެކަން ކުރަނީ މަންމަނުންގެ ކަންކަމަށް ހާއްސަވެގެން ޖިއްދާގައި ހިންގާ ޖަމާއަތަކުންނެވެ.
ސުރުޔާ ބުނި ގޮތުގައި އިޝާރާތުގެ ބަހުރުވައިން ޤުރުއާން ނުރުމުގެ އެހެން ފައިދާއެއް ވެސް އެބަ އޮތެވެ. އެއީ ގައުމުގައި ތިބި މަންމަނުން ވެސް އެ ބަހުރުވަ ދަސްކުރަން ބާރުއެޅިގެން ދިއުމެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ އާާބާދީ ބޮޑު މުސްލިމް ގައުމުގައި 2.9 މިލިއަން މަންމަނުން އުޅެ އެވެ. އެކަމަކު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ އަދަދު އެއަށް ވުރެ މާ މަތިވާނެ އެވެ.
އިޝާރާތުގެ ބަހުރުވައިން މުޅި ޤުރުއާން ރެކޯޑް ކުރުމުގެ މަސައްކަތް އަދި ދަނީ އެހާ ބާރު ސްޕީޑްގައެއް ނޫނެވެ. އެކަމަކު ސުރުޔާ ގަބޫލުކުރަނީ އެ މަޝްރޫއުގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
ފަނޑިޔާރު މަހާޒް ގުރުއާން ތަފްސީރު ފޮތެއް ލިޔުއްވައިފި
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް
ގުރުއާން އެންދި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި
ގުރްއާން އަންދާއިރު އދ. ހަނު އޮންނަނީ ކީއްވެ؟
ޤުރްއާން އެންދުން ހުއްޓުވުމަށް ސައޫދީން ގޮވާލައިފި
ގުރުއާނުގެ އަޑަށް ގެރިތައް އެއްވާ ވީޑިއޯތަކެއް
ސްވިޑަންގައި ގުރުއާން އެންދުން ރާއްޖޭން ކުށްވެރިކޮށްފި
ޤުރްއާން އެންދުމުން ތުރުކީ-ސްވިޑްން ގުޅުން ގޯސްވެއްޖެ
ސައުދީ ގުރުއާން މުބާރާތުގެ ފައިނަލަށް ނަބީހު
ދަރިފުޅު, ދެވަނަ ޝަހީމްގެ ގޮތުގައި އުފެދެނީ!