12 ޖުލައި 2023
ސްވިޑްން އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކީރިތި ގުރްއާން އަންދައި މުސްލިމުންގެ ދީނީ ކަންކަމަށް އަރައިގަތުމުގެ އަމަލުތައް ފާޅުގައި ހިންގަމުން ދާއިރު، އދ.ގެ ކަމާ ގުޅުން ހުރި އިދާރާތައް ހަނު އޮންނަ ސަބަބަކާ މެދު ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ސުވާލު އުފައްދަވައިފި އެވެ.
ސްވިޑްން އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކީރިތި ގުރްއާން އަންދައި މުސްލިމުންގެ ދީނީ ކަންކަމަށް އަރައިގަތުމުގެ އަމަލުތައް ފާޅުގައި ހިންގަމުން ދާއިރު، އދ.ގެ ކަމާ ގުޅުން ހުރި އިދާރާތައް ހަނު އޮންނަ ސަބަބަކާ މެދު ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ސުވާލު އުފައްދަވައިފި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ތެރެއަށް ހުރިހާ ކަމެއް ނުފެތޭނެ ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ވަކި އިމެއް ކަނޑައެޅިފައި އޮންނަ ކަމެއް ކަމަށް ރަނިލް ވިދާޅުވި އެވެ.
"(މި ކަންކަން ހިނގަމުން ދާއިރު) ޖެނީވާގައި ކަލޭމެން (އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ މަޖިލިސް) ބަހެއް ނުބުނެ ތިބެނީ ކީއްވެގެން؟ އެކަމާ ބެހޭ ގޮތުން ކަލޭމެން ބަޔާނެއް ވެސް ނުނެރެނީ ކީއްވެގެން؟" ރަނިލް ވިދާޅުވި އެވެ.
"މުގައްދަސް ފޮތެއް އަންދައިލުމަކީ، ޢަދާވާތްތެރިކަމާއި އިހްތިރާމް ކުޑަކުރުމުގެ އިތުރުން ރުޅިއެރުވުމުގެ އަމަލެއް. މި ހުރިހާ އަމަލެއް ހިންގުމަށް ފަހު އެމީހުން އެ ބުނަނީ، އެއީ ދުސްތޫރީ ގޮތުން ހިމާޔަތްކުރެވިފައިވާ، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރެވެން ވާނެ ކަމަށް."
ސްވިޑްންގައި ގުރުއާން އެންދި މައްސަލައާ ގުޅިގެން އިރާގުގައި މުޒާހަރާ ކުރަނީ: ގުރުއާން އެންދުމާ ދެކޮޅަށް މުސްލިމުން ތެދުވާން ޖެހޭ ކަމަށް ސައުދީން ބުނޭ -- ފޮޓޯ: އޭއެފްޕީ
އޭނާ ވިދާޅުވި ގޮތުގައި، އަޅުކަން ކުރުމުގެ ހައްގަށް އަރައިގަތުމަށް ފަހުގައި، އެކަން ކުރާ މީހުން ނިސްބަތްވާ ގައުމުތަކުން އެ ބުނަނީ މިއީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަމަށާއި އެ ހައްގު ރައްކާތެރިކުރެވެން ވާނެ ކަމަށެވެ. ހުޅަނގުގެ ގައުމުތަކުން ދެކެނީ އެ ގޮތަށް ކަމަށާއި، ހަމަ ބުއްދިއާ ތައާރަޒުވާ ގޮތަށް ހައްގުތައް މާނަކުރުމުން، އިތުރު ހަމަނުޖެހުންތަކަށް މަގު ފަހިވާ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.
"އަހަރެމެން މިކަން ބަލަން ޖެހޭނީ އަޅުކަން ކުރުމުގެ ހައްގު ނިގުޅައިގަތުމުގެ އަމަލެއްގެ ގޮތުގައި. އެހެން ނަމަވެސް، މިފަދަ ކަންތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރޭ ބަޔަކު މީހުން. ހުރިހާ ކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން. އެކަމަށް ވެސް ވަކި އިމެއް އޮންނަން ޖެހޭނެ."
ރަނިލް ވިދާޅުވި ގޮތުގައި ސްވިޑްންގައި ގުރުއާން އެންދި މައްސަލަ ކުށްވެރިކޮށް ގަރާރެއް ފާސްކުރުމަށް، ޕާކިސްތާނުގެ ފަރާތުން، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ހުށަހެޅި އެވެ. ނަމަވެސް ހުޅަނގުގެ ބައެއް އަމިއްލަ ޖަމާއަތްތަކުން އެކަމާ ދެކޮޅު ހަދައި، އެ ގަރާރު ފާސްކޮށްފި ނަމަ، ހުޅަނގުގެ ގައުމުތަކަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބުނެފައިވެ އެވެ.
"މިއީ އިރުމައްޗާއި ހުޅަނގުގެ މައްސަލައެއް ނޫން، ނުވަތަ އުތުރާއި ދެކުނުގެ މައްސަލައެއް ނޫން. މިއީ އަޅުކަން ކުރުމުގެ ހައްގަށް އަރައިގަންނަމުން ދިއުމާ މެދު އުފެދިފައިވާ ސުވާލެއް. އަދި މިއީ ގުރްއާން އެންދުމާ މެދު އުފެދޭ ސުވާލެއް ވެސް ނޫން. އަހަންނަކީ މުހައްމަދުގެފާނަށް ތަބާވާ މީހެއް ނޫން. އެހެން ނަމަވެސް، ކޮންމެ އިންސާނަކަށް ވެސް ބޭނުންކުރެވޭނެ ވަރަށް އަގުހުރި ބައިތަކެއް ގުރުއާންގައި ހިމެނޭ ކަމަށް އަހަރެން ގަބޫލުކުރަން،" ރަނިލް ވިދާޅުވި އެވެ.
ގުރުއާން އެންދުމާ ދެކޮޅަށް މުޒާހަރާ ކުރަނީ: ބައެއް ގައުމުތައް އޮތީ ހިމޭނުން -- ފައިލް ފޮޓޯ: އޭއެފްޕީ
އޭނާ ވިދާޅުވި ގޮތުގައި އެ ސަބަބުތައް އެހެން ހުރުމުން، ކީރިތި ގުރުއާން އެންދުމަކީ ދީނަށް ދޭ ހަމަލާއެއްކަމުގައި ގަބޫލުކުރަން ޖެހެ އެވެ. އެހެން ނަމަވެސް ހުޅަނގުގެ ބައެއް ގައުމުތަކުން ބޭނުންވަނީ، ހުރިހާ ހަމަނުޖެހުންތަކެއް ވެސް އެއީ ހުއްދަ ކަންތައް ކަމުގައި ހެދޭ މިންވަރަށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާކުރަން ކަމަށް ރަނިލް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ހިނގާ އިރު، ޖެނީވާގައި ކަލޭމެން ހަނު ތިބެނީ ކީއްވެ؟ ކަލޭމެން ބަޔާނެއް ނުނެރެނީ ކީއްވެ؟ ވޯޓެއް ނަގައިގެން ގޮތެއް ނިންމަން ތި ތިބެނީ ކީއްވެ؟ މިއީ އަހަރެމެން އެންމެންނަށް ވެސް ވަރަށް މުހިންމު މައްސަލައެއް. އަހަރެމެން ތަބާވާ ޖެހޭ އަގުތަކުގެ ނިޒާމަކީ ކޮބައިތޯ؟ އަޅުކަންކުރުމުގެ މިނިވަންކަމަށް ގޮންޖެހިގެން ނުވާނެ. އަޅުކަން ކުރުމުގެ މިނިވަންކަމުގެ ހައްގަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުން ފޮރުވައިލެވޭނެ ހައްގެއް ނޫން."
އޭނާ ވިދާޅުވި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ދީނީ އަޅުކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަތުމުގެ ބަހަނާއެއް ކަމަށް ހަދާ ނަމަ، ދީނީ ހުރިހާ ފޮތްތަކެއް އަންދައިލި އެޑޮލްފް ހިޓްލަރާ ބެހޭ ގޮތުން އިންސާނީ ތާރީޚު ޖެހޭނީ މުޅިން އަލުން ލިޔަން ފަށާށެވެ. އަދި ޔަހޫދީންގެ ފާދިރީން މަރައި އެ ދީނުގެ ހުރުމަތް ކެނޑި ހިޓްލަރަށް ނޯބެލް ސުލްހައިގެ އިނާމުވެސް ދޭންޖެހޭނެ އެވެ.
ރައީސް ރަނިލްގެ ވާހަކަތައް ބިނާކުރެއްވީ، ސްވިޑންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، މިއަހަރުގެ އަޞްޙާ އީދު ދުވަހު، މީހަކު ކީރިތި ގުރްއާން އެންދި މައްސަލައަށެވެ. އިރާގުން ހިޖުރަކޮށް ސްވިޑްންގެ ރައްޔިތުކަން ހޯދައިގެން އުޅޭ، އުމުރުން 37 އަހަރުގެ ސަލްވާން މޫމިކާ ކިޔާ ފިރިހެނެކު އެކަން ކުރީ، ސްވިޑްން ސަރުކާރަށް ލިޔެގެން ހުއްދަ ނުލިބުމުން، ކޯޓަށް ހުށަހަޅައިގެން ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ.
ކޯޓުން އެކަމަށް ހުއްދަ ދިނުމާ ގުޅިގެން، ފުލުހުން ވަނީ، އޭނާ ގުރުއާން އެންދި އިރު އޭނާ އަށް ހިމާޔަތް ދީފަ އެވެ. ނަމަވެސް، އެކަމާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުން އަޑު އުފުލަން ފެށުމާ ގުޅިގެން، ސްވިޑްން ސަރުކާރުން ފަހުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
ޤުރްއާން އެންދުން ހުއްޓުވުމަށް ސައޫދީން ގޮވާލައިފި
ޤުރްއާން އެންދުމުން ތުރުކީ-ސްވިޑްން ގުޅުން ގޯސްވެއްޖެ
ފަނޑިޔާރު މަހާޒް ގުރުއާން ތަފްސީރު ފޮތެއް ލިޔުއްވައިފި
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް
ގުރުއާން އެންދި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި
ގުރުއާނުގެ އަޑަށް ގެރިތައް އެއްވާ ވީޑިއޯތަކެއް
ސްވިޑަންގައި ގުރުއާން އެންދުން ރާއްޖޭން ކުށްވެރިކޮށްފި
ދަރިފުޅު, ދެވަނަ ޝަހީމްގެ ގޮތުގައި އުފެދެނީ!
ޗައިނާގެ އެޕް ސްޓޯރުން ގުރުއާން އެޕް ނަގައިފި
ކަރަންޓީނާ އެކު އިސްލާމް ދީނުގެ ހިދާޔަތު