Roadha Mihaaru
ގުރުއާނުގެ އަޑަށް ގެރިތައް އެއްވާ ވީޑިއޯތަކެއް

ވައިރަލް ވީޑިއޯ: ގުރުއާނުގެ އަޑަށް ގެރިތައް އެއްވެފައި ލަވަޔާ އެކު ދަނީ ދުރަށް

10 މެއި 2023

ގެރި ގެންގުޅޭ ތަނެއްގެ ކައިރިއަށް ގޮސް ބަގަރާ ސޫރަތް ޖެހުމާ އެކު އަޑު އަންނަ ދިމާލަށް ގެރިތައް އައިސް މަޑުމައިތިރިކަމާ އެކު ތިބުމަށް ފަހު ލަވަ ޖެހުމާ އެކު ދުރަށްދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޓިކްޓޮކްގައި ވައިރަލް ވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ގެރި ގެންގުޅޭ ތަނެއްގެ ކައިރިއަށް ގޮސް ބަގަރާ ސޫރަތް ޖެހުމާ އެކު އަޑު އަންނަ ދިމާލަށް ގެރިތައް އައިސް މަޑުމައިތިރިކަމާ އެކު ތިބުމަށް ފަހު ލަވަ ޖެހުމާ އެކު ދުރަށްދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޓިކްޓޮކްގައި ވައިރަލް ވެއްޖެ އެވެ.

މީގެ ވީޑިއޯއެއް ވައިރަލްވުމާ އެކު އެކި މީހުން ވަނީ މިކަން ޓެސްޓުކޮށްފަ އެވެ. އެގޮތަށް ވޭތޯ ބެލުމަށް އެކި ގައުމުތަކުުގައި އެކި މީހުން ނަގާފައިވާ ހުރި ވީޑިއޯތައް މިހާރު ޓިކްޓޮކްގައި އަންނަނީ ދައުރުވަމުންނެވެ.

ގެރީގެ ނަމުން ނަން ދެއްވާފައިވާ ސޫރަތް ޖެހުމާ އެކު ގެރިތައް އުޅޭ ގޮތް ބެލުމަށް "ސްލިމްޓޫނީ" ނަމުގައި އޮތް ޓިކްޓޮކް އެކައުންޓަކުން ޓެސްޓްކޮށް ބުނެފައިވަނީ ފުރަތަަމަ ޖެހީ ލަވަ ކަމަށާއި ލަވައިގެ އަޑަށް އެއްވެސް ގެރިއެއް އިޖާބައެއް ނުދިން ކަމަށެވެ.

@slim_tuni

Never experienced anything like this , wow , alhamdulilah

♬ Love You So - The King Khan & BBQ Show

ނަމަވެސް ބަގަރާ ސޫރަތް ބާރަށް ޖެހުމާ އެކު އެ އަޑަށް ގެރިތައް އޭނާ ކައިރިއަށް އެއްވެ، މަޑުމައިތިރިކަމާ އެކު އަޑު އަޑުއަހަން ތިއްބެވެ. އިރުކޮޅަކު ގުރުއާން އިއްވާލުމަށް ފަހު އަނެއްކާވެސް ލަވައެއް ޖެހުމުން ގެރިތައް ދުރަށް ދާތީ ވީޑިއޯގައި ފެނެ އެވެ.

އެހެން އެކައުންޓަކުން ހަދާފައިވާ ވީޑިއޯއަކުން ވެސް ފެންނަނީ ހަމަ މިކަން ތަކުރާރުވާތީ އެވެ. ލަވައިގެ އަޑަށް ގެރިތައް ސަމާލުކަން ނުދީ ތިއްބަސް ބަގަރާ ސޫރަތުގެ އަޑާ އެކު ގެރިތައް އައިސް އެއްވާތީ އެވެ.

@lasquaal176 J'ai mis de la musique pour montrer la différence avec le Coran ! @LowtFee ?? Subhan Allah ?? #islam #islamic_video #muslim #miracle ♬ son original - Lasquaal ♛ ????????

އޭގެ އިތުރުން، މީގެ ދެތިން ދުވަސް ކުރިން "ލަސްކުއާލް176" ކިޔާ ޓިކްޓޮކް އައިޑީއަކުން ވެސް ވަނީ ހަމަ އޭގެ ވީޑިއޯއެއް ޕޯސްޓުކޮށްފަ އެވެ. އޭގައި ވެސް ކަން ހިނގަނީ އެހެންނެވެ.

އެ ވީޑިއޯތަކަށް ކޮމެންޓުކުރި ގިނަ ބަޔަކު އަންނަނީ އެއީ އިސްލާމް ދީނަކީ ހައްގު ދީންކަން ސާބިތުވާ ހެއްކެއް ކަމަށް ބުނަމުންނެވެ.

މި ވީޑިއޯތަކުގެ ސައްހަކަމާ މެދު މީހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.