06 މެއި 2019
މެޑްރިޑް (މެއި 6) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 3-2 އިން ރެއާލް މެޑްރިޑް މޮޅުވިއިރު އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާއި މީޑިއާ އިން ދައްކާ ވާހަކަތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މެޑްރިޑް (މެއި 6) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 3-2 އިން ރެއާލް މެޑްރިޑް މޮޅުވިއިރު އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާއި މީޑިއާ އިން ދައްކާ ވާހަކަތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މިދިޔަ ހަފްތާގައި ރެއާލް ކުޅުނު މެޗުން ލީގުގެ ފުލުގައި އޮތް ރަޔޯ ވަޔެކާނޯ އަތުން ބަލިވުމުން ޒިދާން ވަނީ ރެއާލުގެ ކުޅުން ވަރަށް ދަށް ކަމަށް ބުނެ އޭގެ ޒިންމާ ނަގައި ޓީމުގެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. ރޭގެ މެޗަށް ރެއާލުން ނުކުތީ ގިނަ އާ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެންނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ފަހުން ހޯދި ލޫކަ މޮޑްރިޗާއި ގަރެތު ބޭލް ނުހިމެނެ އެވެ.
ރޭގެ މެޗުގައި ރެއާލްގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ މިދިޔަ އަހަރު ލިޔޯން ދޫކޮށް ރެއާލާ ގުޅުނު ފޯވާޑް މަރިއާނޯ ޑިއާޒް އެވެ. އަނެއް ގޯލު ޖެހީ ޖީސޫސް ވަލޭހޯ އެވެ. ވިޔަރެއާލްގެ ގޯލުތައް ޖެހީ ޖެރާޑް މޮރޭނޯ އާއި ޔައުމޭ ކޯސްޓާ އެވެެ.
މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތައް ޒިދާނާ ކުރިމަތިވީ ޓީމަށް އެހާ ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުމުންނެވެ. ޒިދާން ބުނީ ޓީމު ނަގަނީ އޭނަ ކަމަށާއި އެއީ ފަހުގެ ނިންމުން ކަމަށެވެ.
ރެއާލުގެ މަރިއާނޯ ޑިއާޒް (ކ) ގޯލަށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ
"ރެއާލަށް އަހަރެން އަލުން ބަދަލުވި ހިސާބުން ފެށިގެން ގިނަ ވާހަކަތަކެއް މީޑީއާގައި ދެކެވޭ. ކުޅުންތެރިން ވިއްކާލާ ވާހަކަ އާއި އެކި ކަންތައްތަކުގެ ވާހަކަ. އެކަމަކު ހަގީގަތެއް ނޫން އެއީ. އަހަރެން ގޮވާލަން އެ ފަދަ ވާހަކަތައް ނުދެއްކުމަށް. އަދި ޓީމުގެ ބައެއް ކުޅުންތެރިން ސީޒަން ނުނިމެނިސް މީޑިއާގައި އިތުރު ވާހަކަތައް ދައްކަން އަހަރެން ބޭނުމެއް ނޫން،" ހިތްހަމަނުޖެހިފައިހުރެ ޒިދާން ބުންޏެވެ.
ވިޔަރެއާލް އަތުން ރެއާލް މޮޅުވުމަކީ މި މެޗުގައި އެ ޓީމުން ނުކުޅެ ތިބި ކުޅުންތެރިން ޓީމުން ބާކީކުރީ ނޫން ކަމަށާއި އެ ފަދަ ވާހަކަ ނުދެއްކުމަށް ޒިދާން ވަނީ އެދިފަ އެވެ.
"ރަޔޯ މެޗަށް ވުރެން މޮޅަށް އަހަރެމެން ކުޅުނު. ރެއާލް މޮޅުކުރަން ހުރިހާ ކުޅުންތެރިން ބޭނުން. މި މެޗުން މޮޅުވީމަ މާ އުކައިގެން އުފާފާޅެއް ނުކުރާނަން،" ޒިދާން ބުންޏެވެ.
އަންނަ ސީޒަނަށް ރެއާލް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި އެ ޓީމުން ގިނަ ކުޅުންތެރިންނާ ވާހަކަދައްކަމުން އަންނަ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، އެކަމާ ބެހޭގޮތުން ޒިދާން ބުނީ އެހެން ކްލަބެއްގެ ކޮންޓްރެކްޓްގައި ހުރި އެއްވެސް ކުޅުންތެރިޔަކާ ބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށެވެ.
ލަލީގާގެ ފޭވަރިޓަކީ އެތުލެޓިކޯ: ޒިދާން
ވީއޭއާރްގެ ވާހަކަ ދައްކަނީ ބަހަނާއެއް ހޯދަން: ޒިދާން
ޒިދާންގެ 200 ވަނަ މެޗުގައި ރެއާލަށް މުހިއްމު މޮޅެއް
ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން
ރެއާލުގެ ފަސް ގޯލުގެ މޮޅާ އެކު ޒިދާނަށް އުފަލެއް
ބާސެލޯނާ އަށް ހަމަޖެހުމެއް، ރެއާލަށް އުފަލެއް ނެތް
ސަޕޯޓަރުންގެ ކިބައިން ޒިދާން މައާފަށް އެދެފި
ބާސެލޯނާ އަށް ޒިދާން މެސެޖެއް ދީފި
ރެއާލަށް މާ ކުރިން ސީޒަން ނިމިއްޖެ: ޒިދާން
ރެއާލް މޮޅުވި ނަމަވެސް ޒިދާންގެ ހިތްހަމަނުޖެހުންތަކެއް