13 މެއި 2019
މެޑްރިޑް (މެއި 13) - ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން 2-0 އިން މޮޅުވެ ބާސެލޯނާ ހަަމަޖެހުމެއް ހޯދިއިރު، ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 3-1 އިން ބަލިވެ ރެއާލް މެޑްރިޑް މާޔޫސްވެއްޖެ އެވެ.
މެޑްރިޑް (މެއި 13) - ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން 2-0 އިން މޮޅުވެ ބާސެލޯނާ ހަަމަޖެހުމެއް ހޯދިއިރު، ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 3-1 އިން ބަލިވެ ރެއާލް މެޑްރިޑް މާޔޫސްވެއްޖެ އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ހިތްދަތިގޮތަކަށް ބަލިވުމުން ރޭގެ މެޗަށް ނުކުތްއިރު ބާސެލޯނާ އޮތީ ރަނގަޅު ނަތީޖާއެއް ނެރެން ކެތްމަދުވެފަ އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާގެ އެއް ލަނޑު ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ކާމިޔާބުކުރިއިރު، އަނެއް ގޯލަކީ ގެޓަފޭގެ ޖެނޭ ޑަކޯނަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ބުނީ މިއީ އެ ޓީމަށް އުނދަގޫ ހަފްތާއެއް ކަމަށާއި ގެޓަފޭ އަތުން މޮޅުވެވުނީ ވަރަށް އުނދަގޫ ހާލަތެއްގައި އޮވެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ބާސެލޯނާ އޮތީ ރަނގަޅު ފޯމެއްގައި ސީޒަން ނިންމާލުމުގެ އުއްމީދުގައި ކަމަށް ބުންޏެވެ.
މިދިޔަ އަހަރު ލީގާއި ކަޕް ކާމިޔާބުކުރި ބާސެލޯނާ އަށް މި ސީޒަނުގައި ވެސް ކާމިޔާބީ ތަކުރާރުކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މި ފަހަރު އެ ކާމިޔާބީ ހޯދި ނަމަވެސް އަންނަ ސީޒަނުގައި ބާސެލޯނާގެ ކޯޗަކަށް މިހާރު އެ މަގާމުގައި ހުރި އާނެސްޓޯ ވަލްވޭޑޭ ހުންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ރޭގެ މެޗަށް ފަހު ވަލްވޭޑޭ ބުނީ އޭނާ މަގާމުން ދުރުކުރުމުގެ ވާހަކަތަކާ ބެހޭގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ކޮޕަ ޑެލް ރޭގެ ތަށްޓާ އެކު ސީޒަން ނިންމާލުމަށް ކަމަށެވެ.
"އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް. މި ކްލަބްގެ ވެރިންގެ އިތުބާރު ވެސް އެބައޮތް. އެހެން އެކަން އޮއްވައި އަހަރެން ވިސްނަން ޖެހޭ މާ ގިނަ ކަންތައްތަކެއް ނެތް. މި ފަހަރުގެ ސްޕެނިޝް ކަޕް ވެސް އަހަރެމެން ބޭނުން،" ވަލްވޭޑޭ ބުންޏެވެ.
ރެއާލާ އަލުން ހަވާލުވެ ޒިނެދިން ޒިދާނަށް މިހާތަނަށް ކުރަން ޖެހިފައިވަނީ ތަފާތު ތަޖުރިބާތަކެކެވެ. ލީގުގެ ތިން ވަަނައިގައި އޮތް ރެއާލް ރޭގެ މެޗުން ސޮސިއެޑާޑް އަތުން ބަލިވިއިރު، މި މެޗުގައި އެ ޓީމުން ޖުމްލަ ގޮތެއްގައި ރަނގަޅަށް ކުޅުނެވެ. އެކަމަކު ބޭނުންވި ނަތީޖާ ނުނިކުތުމަކީ ޒިދާންގެ ކަންބޮޑުވުމެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ރެއާލް ވަނީ ދެ މެޗުން ބަލިވެފަ އެވެ.
"އަހަރެމެންނަށް މި މެޗުން ކޮންމެވެސް އެއްޗެއް ހައްގު. ޕޮއިންޓެއް ލިބެންޖެހެޔޭ މި ބުނަނީ 10 ކުޅުންތެރިންނާ އެކު ވެސް އަހަރެމެން މޮޅަށް ކުޅުނީތީވެ. މިހާރުގެ ހާލަތަކީ މޮޅަށް ނުކުޅެ ޕޮއިންޓް ލިބޭ ފަހަރާއި މޮޅަށް ކުޅުނަސް ޕޮއިންޓެއް ނުލިބޭ ފަހަރު މިދަނީ. ހާލަތަށް ބަދަލު ގެންނަންޖެހޭ. ފުރިހަމަ އުފަލެއް ނުލިބި މިދަނީ،" ޒިދާން ބުންޏެވެ.
ބްރަހިމް ޑިއާޒްގެ ގޯލުން ރެއާލް ލީޑު ނަގާފައިވަނިކޮށް ސޮސިއެޑާޑަށް އެއްވަރުކޮށްދިނީ މިކެލް މެރީނޯ އެވެ. ރެއާލަށް މައްސަަލަ ދިމާވީ ފުރަތަމަ ހާފުގައި އެ ޓީމުގެ ޖީސުސް ވަލޭހޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ރެއާލުން ދެ ވަނަ ހާފް ކުޅުނުއިރު، ސޮސިއެޑާޑުން ވަނީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ލަނޑުތައް ކާމިޔާބުކުރީ ހޯސެބާ ޒަލްޑުއާ އާއި އެންޑަ ބަރަނެކްސްޓްޒާ އެވެ.
ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން
ފުރުސަތު ގެއްލުނަސް ޒިދާންގެ ކަންބޮޑުވުމެއް ނެތް
ތަށި ދެން ގެއްލޭނީ ހިތްދަތި ގޮތަކަށް: ޒިދާން
ޕްރެޝަރު ބޮޑީ ބާސެލޯނާ އަށް އެކަންޏެއް ނޫން: ޒިދާން
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސެލޯނާ ބަލިކޮށް ރެއާލް ކުރީގައި ލީޑުފުޅާކޮށްފި
ސްނޯގެ ތެރޭގައި ކުޅެން ޖެހުމުން ޒިދާން ހިތްހަމަނުޖެހިއްޖެ
ލަލީގާގެ ފޭވަރިޓަކީ އެތުލެޓިކޯ: ޒިދާން
ރެއާލް އެއްވަރު، އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ
ރެއާލް އެއް ވަނައިގައި، ބާސެލޯނާ އަށް ޕްރެޝަރު