Roadha Mihaaru
ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ

ހެރިޓޭޖްގެ ވެރިން ނުކުމެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވަނީ

05 މެއި 2019

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނުކުންނަވައި، މަސައްކަތް ފައްޓަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ހެރިޓޭޖް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ނުކުންނަވައި، މަސައްކަތް ފައްޓަވައިފި އެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް އިސްވެ ހުންނަވައިގެން އިއްޔެ ފެއްޓެވި އެ މަސައްކަތުގައި ހުކުރު މިސްކިތުގެ ހަރިންމަ ފާރުގައި ކުލަލައި، ގަބުރުސްތާނު ސާފުކޮށް، ވަޅުދިޔަ ހިއްކައި ވެލިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ނިންމާލެވޭނީ މިއަދު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހުކުރު މިސްކިތު ވަޅުގެ ފެން ހިއްކަނީ: އެ މިސްކިތުގެ އާބާތުރަ ފިލުވުމަށް އަމަލީ ގޮތުން އުޅުއްވަނީ މިނިސްޓްރީގެ ވެރިން-- ފޮޓޯ: ހެރިޓޭޖް

ހުކުރު މިސްކިތު ވަޅުގެ ފެން ހިއްކަނީ: އެ މިސްކިތުގެ އާބާތުރަ ފިލުވުމަށް އަމަލީ ގޮތުން އުޅުއްވަނީ މިނިސްޓްރީގެ ވެރިން-- ފޮޓޯ: ހެރިޓޭޖް

އިއްޔެ ވަޅުދިޔަ ހިއްކިއިރު ވަޅަށް އެރުނީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިން އާއި ކަލްޗަރަލް ހެރިޓޭޖް މެނޭޖަރު އަހްމަދު ހާޝިމެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަނީ--

ހުކުރު މިސްކިތު ގޯތި ތެރޭ މިހާރު ހުރި ވެލިތައް ނަގައި އަލުން ދޮންވެލި ލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެކަމުގައި ވެސް އަމަލީ ގޮތުން އުޅުއްވަނީ ހެރިޓޭޖް މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް އަމަލީ ގޮތުން އުޅުއްވަނީ މިނިސްޓްރީގެ ވެރިން-- ފޮޓޯ: ހެރިޓޭޖް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް އަމަލީ ގޮތުން އުޅުއްވަނީ މިނިސްޓްރީގެ ވެރިން-- ފޮޓޯ: ހެރިޓޭޖް

ރާއްޖޭގެ އެންމެ ދުވަސްވީ މިސްކިތް ކަމަށްވާ ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ތަނެކެވެ.