25 އެޕްރީލް 2019
އުމުރުން ވަރަށް ހަގު ކުދިން ވެސް ބޮޑެތި މީހުންނަށް ދޫނުރާ ވަރުގެ މަސައްކަތްކޮށްގެން ސަމާލުކަން ހޯދުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މި ވެސް ހަމަ އެހަލަ ކުއްޖެއްގެ ވާހަކަ އެވެ. އުމުރުން އަދި އެންމެ 15 އަހަރެވެ. އެކަމަކު މިއީ މި ވަގުތު އިނގިރޭސިވިލާތުގައި ހުރި އެންމެ ޒުވާން އެކައުންޓަޓެވެ.
އުމުރުން ވަރަށް ހަގު ކުދިން ވެސް ބޮޑެތި މީހުންނަށް ދޫނުރާ ވަރުގެ މަސައްކަތްކޮށްގެން ސަމާލުކަން ހޯދުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މި ވެސް ހަމަ އެހަލަ ކުއްޖެއްގެ ވާހަކަ އެވެ. އުމުރުން އަދި އެންމެ 15 އަހަރެވެ. އެކަމަކު މިއީ މި ވަގުތު އިނގިރޭސިވިލާތުގައި ހުރި އެންމެ ޒުވާން އެކައުންޓަޓެވެ.
ކިޔަވަމުން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި އެކައުންޓިންއާ ގުޅުން މަސައްކަތްތައް ފެށި ރަންވީރު ސިންގް ސަންދޫއަކީ މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ އެކައުންޓެކެކެވެ.
ދެކުނު ލަންޑަންގައި ދިރިއުޅޭ މި ކުއްޖާ ނިސްބަތްވަނީ އިންޑިއާ ދަރިކޮޅަށެވެ.
އޭނާ ބުނި ގޮތުގައި އަމާޒަކީ އުމުރުން 25 އަހަރަށް އެޅޭ އިރު މިލިއަނަރަކަށްވުމެވެ. ކިޔެވުމަށް މޮޅު އަދި ހިސާބަށް ހާއްސަ ޝައުގުވެރިކަމެއްދޭ ރަންވީރު އެކައުންޓިންގެ ތެރެއަށް ނުކުތީ އެންމެ 12 އަހަރުގަ އެވެ. އެއީ އޮންލައިންކޮށް ހެދި ލެވެލް 3 ގެ ބޭސިކް އެކައުންޓިން ކޯހާ އެކީގަ އެވެ. ސެޓްފިކެޓް ލިބުމާ އެކު ޑިޖިޓަލް ފާމެއްގެ ގޮތުގައި އޭނާ ވަނީ "ޑިޖިޓަލް އެކައުންޓްސް" ގެ ނަމުގައި ހިދުމަތް ދޭން ފަށައިފަ އެވެ. އަދި މިހާރު އަންނަނީ "ރަންވީރު ސިންގް ސަންދޫ" ގެ ނަމުގައި ދެވަނަ ކުންފުންޏެއް ވެސް ތަރައްގީ ކުރަމުންނެވެ.
ރަންވީރު އެކައުންޓިން ދާއިރާ އިން ހާސިލު ކުރި ސެޓްފިކެޓާ އެކު.
"އަހަރެންގެ ލައިފް ވަރަށް ސަޅި. މި އުމުރުގައި ވެސް ބޭނުން ވަނީ އަމިއްލަ މަސައްކަތްކޮށްގެން ގިނަ ލާރި ހޯދަން،" ޑެއިލީ މިރާ އަށް އޭނާ ބުންޏެވެ. "އެންމެ ކުޑައިރު ވެސް އަހަރެން ދެކެމުން އައިނހުވަފެނަކީ އެކައުންޓެންޓަކަށް ނުވަތަ ފައިނޭޝަލް އެޑްވައިޒަރަކަށްވުން."
ރަންވީރު ބުނި ގޮތުގައި ކިޔަވަމުން އެކައުންޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާކަށް އެއްވެސް ދައްޗެއް ނެތެވެ. އަދި މިކަމަކީ އޭނާ ވަރަށް ޝައުގުވެރިކަމާ އެކި ކުރަމުން އަންނަ މަސައްކަތްތަކަށްވާތީ، ހިދުމަތް ހޯދާ ކްލައިންޓުންގެ ތައުރީފު ވެސް ލިބެމުން އަންނަ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި ކްލައިޓުންނަށް ހިދުމަތްދޭ އަގުތަކަށް ބަލާ އިރު ގަޑިއަކަށް އޭނާ ޗާޖް ކުރަނީ 12-15 ޕައުންޑާ ދެމެދުގެ އަގެކެވެ.
"މިގޮތަށް ހުއްޓުމެއް ނެތި މަސައްކަތްކޮށްގެން ޒުވާން އުމުރުގައި މިލިއަނަރަކަށް ވާން ބޭނުން ވަނީ،" ރަންވީރު ބުންޏެވެ. "މިކަމަށް މަންމަ އާއި ބައްޕަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ."
ރަންވީރު މަސައްކަތުގައި.
އޭނާގެ ބައްޕަ އަމަން ސިންގް ސަންދޫ، 50، އަކީ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. މަންމަ ސަލްވިންދަރު ކޯރް ސަންދޫ، 40، އަކީ ރިއަލް އެސްޓޭޓް އެޖެންޓެކެވެ.
"އަހަރެން ބޭނުންވޭ މަންމަ އާއި ބައްޕަ އަށް ވެސް އެހީވެ، އާއިލީ ބޮޑު ވިޔަފާރިއެއް ފަށަން ވެސް. އެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ،" އަލްޓްރާ އެޑިއުކޭޝަން ކިޑްސް ބިޒްނަސް އެވޯޑްގައި ޓެކް ބިޒްނަސް އޮފް ދި އިޔާގެ އެވޯޑް ވެސް 2016 ގައި ހާސިލުކޮށްފައިވާ ރަންވީރު ބުންޏެވެ.
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
އެއް މިނެޓުން 196 ސުވާލަށް ޖަވާބުދީ ރެކޯޑް ފޮތަށް
ކިޔުންތެރިކަން ޕްރޮމޯޓްކުރަން ރަޝްފޯޑްގެ ބުކް ކްލަބެއް
ލޯފަން ކުދިންގެ ބްރެއިލް ބްރިކްސް ނެރެފި
އެންމެ ވިސްނުން ތޫނު ލިސްޓަށް ތިން އަހަރުގެ ކުއްޖެއް
ގަޑިޖެހިގެން ކުދިން ބަލައި ދާ ނަމަ ޖޫރިމަނާކުރަނީ
ޔަޝްއަލް: މިއީ އާދަޔާ ހިލާފަށް ތޫނުފިލި ކުއްޖެއް!
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ
ދަރިންގެ ޓިއުޝަންފީ: ބައްޕަ ދޭންޖެހޭ ހަރަދެއް ނޫން؟
ޖަލުގައި ތިބޭ ކުދިންނަށް ކިޔަވައިދޭން ފަށަނީ