19 އެޕްރީލް 2019
އަތޮޅުތެރޭގައި އެމްބިއުލާންސްގެ ޚިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ޚާއްސަކޮށް އެއް ނަމްބަރަކުން އެ ޚިދުމަތް ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
އަތޮޅުތެރޭގައި އެމްބިއުލާންސްގެ ޚިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ކޯލް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ޚާއްސަކޮށް އެއް ނަމްބަރަކުން އެ ޚިދުމަތް ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އޭގެ ނަތީޖާ އަކީ އިމަޖެންސީ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް އައުން ކަމަށެވެ.
"މިކަމާ ގުޅިގެން ނޭޝަނަލް އެމްބިއުލާންސްގެ ޚިދުމަތް ތައާރަފު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް މުހިންމު މަރުހަލާއެއް މިހާރު ވަނީ ނިމިފައި،" މަގުމަތީ ސަލާމަތްތެރިކަމާ ގުޅޭގޮތުން ހޮޓެލް ޖެންގައި ބޭއްވި ހައި ލެވަލް އެޑްވޮކަސީ ފޯރަމްގައި މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭ ސަރަހައްދަށް ބޭނުންވާ ޕެރަމެޑިކް އެމްބިއުލާންސްތަކާއި ޕެރަމެޑިކް ސައިކަލްތަކުގެ ޚިދުމަތް މާލެ އާއި ހުޅުމާލޭގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާދޭ ތަންތަނުގައި އަވަސް ފަރުވާ ލިބޭނެ ގޮތް ހަމަޖައްސަން އޭނާ ފަސްޖެހިވަޑައެއް ނުގަންނަވާނެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި، ޔޫތު މިނިސްޓަރު މަހްލޫފްގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލްގެ ސެކްރެޓަރީ ނަޒްރާ ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މި ޕްލޭންގައި ހިމެނިފައިވާ ސިއްހީ އަވަސް ފަރުވާ ދޭނެ އިންތިޒާމް ހަމަޖެއްސުމާއި ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރުދަކީ މިފަދަ ހާދިސާތަކުގައި އަމަލު ކުރަން ޖެހޭނެ ބޭސިކް މައުލޫމާތު ލިބިފައިވާ ބަޔަކަށް ހެދުމާއިި، ސިއްހީ ހިދުމަތްދޭ ތަންތަނުގައި އަވަަސް ފަރުވާ ދެވޭނެ އިންތިޒާމް ގާއިމްކުރުމުގައި ފަސްނުޖެހޭނެކަން ތިޔަ އެންމެހައި ބޭފުޅުންނާއި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން،" ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ކަމާ ގުޅޭ އެހެން އިދާރާތައް ގުޅިގެން 2019-2023 އަށް ތައްޔާރު ކޮށްފައިވާ އެކްޝަން ޕްލޭނުގެ ތަފްސީލް ދެއްވަމުން އަމީން ވިދާޅުވި އެވެ.
މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގައި 2007 މަގުމަތީ އެކްސިޑެންޓެއް ހިނގާފައި ވެ އެވެ. އޭގެ 1980 އެކްސިޑެންޓަކީ މާލެ ސަރަހައްދުން ހިނގި އެކްސިޑެންޓުތަކެވެ.
މި ފޯރަމްގައި، ކުރިއަށް އޮތް ފަސް އަހަރު ބޭނުންކުރާނެ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހުކުރެއްވި އެވެ. އެ އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ.
ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އަހްމަދު އިބްރާހިމް މި ފޯރަމްގައި ވިދާޅުވީ ރާއްޖޭގެ މަގުތައް ހަދާފައި ހުންނަ ގޮތުގެ ސަބަބުން ވެސް ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގާ ކަމަށެވެ. އޭގެ ތެރޭގައި ރަނގަޅަށް ދިރާސާނުކޮށް މަގުތައް ހެދުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް މަގަށް ބަދަލު ގެންނަން ހުއްދަ ދިން ނަމަވެސް އަލުން ރަނގަޅު ނުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިރޭގެ ފޯރަމްގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"މީގައި އަޅުގަނޑުމެން މި ފާހަގަކޮށްލަނީ މަގުތައް ހަދައި އަދި އަނެއްކާ ދެވަނަ ފަހަރަކަށް އެ މަގު މަރާމާތު ކުރުމަށް ނޫން ކަމަށް ވަންޏާ މަގުގައި އިތުރު މަސައްކަތެއް ކުރަން ހުއްދަ އެބަދޭ. އެ އަށް ފަހު މަގު އާންމު ހާލަތައް ގެނައިތޯއެއް ނުބަލާ،" އަހުމަދު ވިދާޅުވި އެވެ.
އެ ހާލަތުގައި، މަގުގައި ހުންނަ ގާތަށް ދެވަނަ ފަހަރަށް އަތުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރަނގަޅަށް މަރާމާތުނުކޮށް ގެންގުޅޭ ވެހިކަލްތަކުގެ ސަބަބުންނާއި ނުރައްކާތެރިކޮށް ސައިކަލު ދުއްވާތީ އަދި ބާރަށް ދުއްވުމުން ވެސް ގިނަ އެކްސިޑެންޓުތަކެއް ދިމާވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
މަގުމަތީ ސަލާމަތްތެރިކަމުގެ ހައި ލެވަލް އެޑްވޮކަސީ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަމީން އަދި ސަރުކާރުގެ ބައެއް އިސްވެރިންގެ ހާއްސަ ގުރޫޕް ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މިރޭ އިފްތިތާހު ކުރި ގައުމީ އެކްޝަން ޕްލޭނަކީ މަގުމަތީ ސަލާމަތް ދަމަހައްޓަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2017 ގައި އެކުލަވާލި 12 ލަނޑުދަނޑިތައް ފިޔަވަޅުގެ ތެރެއިން ފުރަތަމަ ފިޔަވަޅެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރަން ކަނޑައެޅި ލަނޑުދަނޑިތަކެކެވެ.
އެ ޖަމާއަތުގެ ނެޝަނަލް ޕްރޮފެޝަނަލް އޮފިސަރު ފާތިމަތު ހުދާ ވިދާޅުވި ގޮތުގައި އެ ލަނޑުދަނޑިތަކުގެ ތެރޭގައި އަންނަ އަހަރުގެ ނިޔަލަށް މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު 50 ޕަސެންޓު މަދުކުރަން ކަނޑައަޅާފައި ވެ އެވެ.
އެ އެކްޝަން ޕްލޭނުގައި މައިގަނޑު ހަ މަގުސަދެއް އެކުލަވާލާފައިވާ ކަމަށް ހުދާ ވިދާޅުވި އެވެ. އެއީ މަގުމަތީގައި ހިނގާ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު އަދި އަނިޔާވާ މީހުންގެ އަދަދު ދެބައިކުޅަ އެއްބައި މަދުކުރުން، މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާ އެކު ބޭނުންކުރެވޭ އުޅަނދުތަކުގެ ރައްކާތެރިކަން ޔަގީންކުރުން، އާންމު ރައްޔިތުން މަގު ބޭނުންކުރުމުގައި ސަމާލުވުމާއި މަގު ބޭނުން ކުރުމުގައި ހޭލުންތެރިކަން އިތުރުކުރުން، ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކުރުން އަދި ތަންފީޒުކުރުމުގެ އިތުރުން މިހާރު ދެވޭ އަވަސް ފަރުވާގެ ތެރެއަށް ޓްރޯމާ ކެއާ އިތުރުކޮށް އެކސްިޑެންޓުގައި އިޖާބަ ދޭ ގޮތް ހަރުދަނާކުރުމެވެ.
ޑަބްލިޔުއެޗްއޯގެ ނެޝަނަލް ޕްރޮފެޝަނަލް އޮފިސަރު ފާތިމަތު ހުދާ، މަގުމަތީ ސަލާމަތްތެރިކަމުގެ ހައި ލެވަލް އެޑްވޮކަސީ ފޯރަމްގައި މިރޭ ވާހަކަދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގައި 2007 މަގުމަތީ އެކްސިޑެންޓެއް ހިނގާފައި ވެ އެވެ. އޭގެ ތެރެއިން 1980 އެކްސިޑެންޓަކީ މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓު ތަކެވެ.
ވެކްސިން އަވަހަށް ލިބޭ ގައުމަކަށް ރާއްޖެެ ވާނެ: އަމީން
ކާރަކާއި ސައިކަލެއް ޖެހި، ޒުވާނަކަށް އަނިޔާތަކެއް
ޑަބްލިއުއެޗްއޯގެ މުއާމަލާތުގެ ލިޔުން އެބަހުރި: އަމީން
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ލަހެއް ނުވާނެ: އޭސީސީ
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
އަމީން، އަމިއްލަ އަށް މަސްއޫލިއްޔަތުތަކާ ދުރަށް