14 އެޕްރީލް 2019
ސިޔާސީ ވަކި ލީޑަރެއް ނުވަތަ ވަކި ޕާޓީއެއްގެ ނުފޫޒުގެ ދަށުވާން ބޭނުން ނުވާ ކަން އިންތިޚާބުގައި ވިލިމާލޭގެ ރައްޔިތުން ސާފުކޮށްދީފައިވާ ކަމަށާއި ދާއިރާގެ އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް އެ ދާއިރާ ކާމިޔާބު ކުރެއްވި އަހްމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ވަކި ލީޑަރެއް ނުވަތަ ވަކި ޕާޓީއެއްގެ ނުފޫޒުގެ ދަށުވާން ބޭނުން ނުވާ ކަން އިންތިޚާބުގައި ވިލިމާލޭގެ ރައްޔިތުން ސާފުކޮށްދީފައިވާ ކަމަށާއި ދާއިރާގެ އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް އެ ދާއިރާ ކާމިޔާބު ކުރެއްވި އަހްމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަމިއްލަ ގޮތުން ވިލިމާލެ ދާއިރާ އަށް އުޝާމް ހޮވިވަޑައިގަތީ، ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެމްޑީޕީގެ ކެންޑިޑޭޓު ބަލި ކުރެއްވުމަށް ފަހު އެވެ.
ނުފޫޒުގަދަ ދެ ޕާޓީގެ ކެންޑިޑޭޓުން ވާދަ ކުރެއްވި ދާއިރާ އިން އޭނާ އަށް ވިލިމާލޭގެ ރައްޔިތުން ކުރި އިތުބާރަށް ޝުކުރު އަދާކުރަން ބޭއްވި ހަފުލާގައި އުޝާމް ވިދާޅުވީ މަޖިލީހުގެ ފަސް އަހަރު އޭނާ ހުންނަވާނީ މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އޭނާ އަށް ތާއީދު ކުރި މީހުންނާއި ނުކުރާ މީހުންނާ މެދު ވެސް އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން އުޝާމް ދެއްވި އެވެ.
އޭނާ ވިދާޅުވީ ވިލިމާލެ ރައްޔިތުން ހަވާލުކުރި އަމާނާތަށް، އިހުމާލުވެވަޑައިނުގަންނަވާނެ ކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރު ހުންނަވާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް މަޖިލިހުގެ ތެރެއިން ފުއްދެވުމުގެ މަސައްކަތުގައި ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ
"އަޅުގަނޑު އިންތިޚާބުވެފައި ވަނީ ވިލިމާލޭގެ ހުރިހާ ރައްޔިތުން ތަމްސީލް ކުރަން ކަން އަޅުގަނޑު އަބަދުވެސް ހަނދާން ބަހައްޓާނަން،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި އެވެ.
"ވިލިމާލެ އަށް ވަކި ޕާޓީއެއް ނުވަތަ ލީޑަރެއް މުހިންމު ނުވާނެ ކަމަށް ތިޔަބޭފުޅުން ސާބިތުކޮށްދެއްވައިފި. ތިޔަބޭފުޅުން ތި ކުރެއްވި މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫން. ތިޔަބޭފުޅުން ދެ މަސް ދުވަހު ދެއްކެވި ހިތްވަރަކީ އާދައިގެ ހިތްވަރެއް ނޫން،" --- އުޝާމް
އުޝާމަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ވިލިމާލޭގައި ރޭ ބޭއްވި ހަފްލާ. --
ދައުލަތުގެ ވަކީލެއްގެ ގޮތުގައި 10 އަހަރު ވަންދެން ހިދުމަތް ކުރެއްވި އުޝާމް ވިދާޅުވި ގޮތުގައި އޭނާ ދެމިހުންނާނީ ރައްޔިތުންގެ ހުވަފެންތަކާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ މަސައްކަތުގަ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު މަސައްކަތް ކުރާނީ ރައްޔިތުންނާއެކު ވިލިމާލޭގެ ކަންކަން ރަނގަޅުކޮށް ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެލޭޝިއާ އާއި އިނގިރޭސި ވިލާތުން ތައުލީމް ހާސިލް ކުރެއްވި އުޝާމް ވިދާޅުވީ ވިލިމާލެ ގޮނޑި ކާމިޔާބު ކުރެއްވުނީ ކުޅަދާނަ ޓީމެއްގެ މިންނަތް މަސައްކަތުން ކަމަށެވެ. ކެމްޕެއިން ތެރޭގައި ފެނުނު އެންމެ އުފާވެރި މަންޒަރަކީ ތަފާތު ހިޔާލާއި ފިކުރު މީހުން ގުޅިގެން މަސައްކަތް ކުރަމުން ދިޔަ މަންޒަރު ކަމަށާއި ކާމިޔާބީގެ ފަހަތުގައި އޮތް އެންމެ ބޮޑު ސިއްރަކީ އެއީ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
"ވިލިމާލެ އަށް ވަކި ޕާޓީއެއް ނުވަތަ ލީޑަރެއް މުހިންމު ނުވާނެ ކަމަށް ތިޔަބޭފުޅުން ސާބިތުކޮށްދެއްވައިފި. ތިޔަބޭފުޅުން ތި ކުރެއްވި މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫން. ތިޔަބޭފުޅުން ދެ މަސް ދުވަހު ދެއްކެވި ހިތްވަރަކީ އާދައިގެ ހިތްވަރެއް ނޫން،" ކެމްޕެއިން ޓީމަށް ތައުރީފް ކުރައްވައި އުޝާމް ވިދާޅުވި އެވެ.
ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވި އުޝާމް ވިދާޅުވި ގޮތުގައި މަޖިލިހުގައި ވިލިމާލެ ރައްޔިތުން ތަމްސީލް ކުރާ މެމްބަރެއްގެ ގޮތުގައި ހުންނެވުމަކީ އޭނާ އަށް ލިބޭ ފަހުރަކާއި ޝަރަފެކެވެ. މި ކާމިޔާބީއަކީ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އުޝާމް (ކ) މީހަކާ އެކު ފޮޓޯއަކަށް ހުއްޓިގެން
އެކަމަކު، މިހާ ހިސާބުން މަސައްކަތް ނުނިމޭ ކަމަށާއި މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި އުފާވެރި ފަސް އަހަރަކަށް ހެދުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީން ކަން ވެސް އުޝާމް ދެއްވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ މިނިވަން މެމްބަރެއްގެ ގޮތުގައި ފަސް އަހަރުގެ ދައުރު ހަމަކުރައްވާނެ ކަމުގެ ވައުދާއި ވަކި ޕާޓީއެއް ނުވަތަ ލީޑަރެއްގެ ނުފޫޒެއް ނެތި ވިލިމާލެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމުގެ ވައުދެވެ.
އޭނާ އަދިވެސް ހުންނެވީ އެ ވައުދުތަކުގެ މަތީގައި ކަމަށް އުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑު ތިޔަބޭފުޅުންނަށް ސާބިތުކޮށްދޭނަން، އަޅުގަނޑަކީ ވައުދު މަތީގައި ދެމިހުންނަ ވައުދު ފުއްދާ މީހެއްކަން،" އުޝާމް ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އުޝާމް (ވ-2) ބަޔަކާއެކު ފޮޓޯއަކަށް ހުއްޓިގެން
މަޖިލިހުގެ ތެރޭގައި އޭނާ ކުރައްވާ މަސައްކަތަށް ހުރަސް އަޅުއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރައްޔިތުންގެ ހައްގުގައި ކުރާ ކޮންމެ ކަމަކަށް އެއްބާރުލުން ދެއްވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ ވިލިމާލެއަކީ އުފާވެރި ރައްޔިތުން ދިރިއުޅޭ ފަހުރުވެރި އަވަށަކަށް ހެދުމެވެ.
އުޝާމަކީ މަޖިލިސް އިންތިޚާބުގައި ދަނގެތި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު މުހައްމަދު ނާޒިމްގެ އާއިލީ ބޭފުޅެކެވެ. ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އުޝާމް ހުންނެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމުގަ އެވެ.
ހުންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި: އުޝާމް
އުޝާމް ވިލިމާލޭ ދާއިރާއަށް ވާދަކުރައްވަނީ
ފަރަށް އެރި ޕްލެޓުފޯމް ނުނަގާތީ ކުއްލި މައްސަލައެއް
މިނިވަން ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ހަދަނީ ދޮގު:އުޝާމް
އަންހެނުން ހިމޭނުން ތިބުން ނިންމާލަން ވެއްޖެ: ޖަމީލް
ޖަވާބުދާރީވާން ޖެހޭ ސިޔާސީ ލީޑަރެއް ނުހުންނާނެ: އުޝާމް
މެމްބަރުން ހޮވުމުގައި ކުލައަށް ބަލާނެކަމެއްނެތް: އައިޝާ
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
އޭޖީ ނުހިމަނާ ބާ ކައުންސިލް އެކުލަވާލަން ފާސްކޮށްފި
އޭސީސީގެ އެންގުމަށް ތަބާނުވާތީ ކަންބޮޑުވެއްޖެ!