Roadha Mihaaru
އަންހެނުން ހިމޭނުން ތިބުން ނިންމާލަން ވެއްޖެ: ޖަމީލް

އަންހެނުން ހޯދާ ކާމިޔާބީތަކާ އެކު ހިމޭނުން ނުތިބެ ނުކުންނަން ޖެހޭ: ޖަމީލް

31 މާޗް 2019

ރާއްޖޭގެ އެކި ދާއިރާތަކުން އަންހެނުން ހޯދާ ގިނަ ކާމިޔާބީތަކާ އެކު ހިމޭނުން ނުތިބެ، ޚިދުމަތުގެ ކުރީ ސަފުގައި ތިބުން މިހާރަށް ވުރެ ބޮޑަށް އިތުރުކުރަން ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަދި އާއްމު އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަ ކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ އެކި ދާއިރާތަކުން އަންހެނުން ހޯދާ ގިނަ ކާމިޔާބީތަކާ އެކު ހިމޭނުން ނުތިބެ، ޚިދުމަތުގެ ކުރީ ސަފުގައި ތިބުން މިހާރަށް ވުރެ ބޮޑަށް އިތުރުކުރަން ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަދި އާއްމު އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަ ކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ބޭއްވި ކެމްޕޭން ހަފުލާއެއްގައި ޖަމީލް ވަނީ ރާއްޖޭގައި އަންހެނުންގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކަށް ވާހަކަފުޅު ދައްކަވައި، ހިތްވަރާ އެކު ނުކުތުމަށް ގޮވާލައްވައިފަ އެވެ. އަންހެނުންގެ ޚިދުމަތުގައި ނަމޫނާ އެއް ބޭފުޅަކީ، އެ ހަފުލާގައި ބައިވެރިވެވަޑައިގަތް ކުރީގެ މިނިސްޓަރު އަނީސާ އަހްމަދު ކަން ޖަމީލް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، ކުރިއަރުވަން ގިނަ މަސައްކަތްތަކެއް އަނީސާ ގެންދަވަނީ ކުރައްވަމުންނެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރާއްޖެ ދަތުރުކުރާ މިސްރާބަށް ބަލާއިރު ވެސް އަންހެނުން "ހިމޭނުން ތިބުން" ނިންމާލަން ވެއްޖެ އެވެ. އަޒުމާ އެކު ކަންކަމާ ކުރިމަތިލުން އަދިވެސް އިތުރު ކުރަން ވެއްޖެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މާބޮޑަށް ތި ތިއްބަވަނީ ހިމޭނުން. ހިމޭނުން ތިބެން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނު. އެހެން މި ދެންނެވީ ވޭތުވެދިޔަ 10 އަހަރެއްގެ ތެރޭގައި ސްކޫލްތަކުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރި ކުރަން މިދަނީ. އަޅުގަނޑުމެން ސަލާންކޮށްކޮށް ވަރުބަލިވާ އިރު ވެސް ސަފުގައި ތިބެނީ މުޅިން ވެސް އަންހެން ކުދިން،" ޖަމީލް ވިދާޅުވި އެވެ.

އެއިން އަންގައިދެނީ، ޖަމީލް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކާމިޔާބީތައް ހާސިލް ކުރުމުގައި އަންހެން ކުދިންގެ ދައުރު މާބޮޑަށް މަތިވެފައިވާ ކަމެވެ. އެކަމަކު، އެ މަންޒަރު ވަޒީފާގެ މާހައުލާއި މުސާރަ އިން ނުފެނުމަކީ ހިތާމައެއް ކަމަށް ވިދާޅުވި އެވެ.

"ރާއްޖެ އަޅުގަނޑުމެން ގެންދަން ބޭނުންވާ ހިސާބަށް އާމާޒު ހިފުމަށް އެކަން ބަދަލުވާން ޖެހޭ،" ޖަމީލް ވިދާޅުވި އެވެ.

"މާބޮޑަށް ތި ތިއްބަވަނީ ހިމޭނުން. ހިމޭނުން ތިބެން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނު. އެހެން މި ދެންނެވީ ވޭތުވެދިޔަ 10 އަހަރެއްގެ ތެރޭގައި ސްކޫލްތަކުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރި ކުރަން މިދަނީ. އަޅުގަނޑުމެން ސަލާންކޮށްކޮށް ވަރުބަލިވާ އިރު ވެސް ސަފުގައި ތިބެނީ މުޅިން ވެސް އަންހެން ކުދިން،" ޖަމީލް

ރާއްޖޭގައި އިސްލާހީ ހަރަކާތް ފެށި ކަަމަށް ސިޔާސީ ގިނަ ބަޔަކު ދައުވާ ކުރަމުން ދިޔަ ނަމަވެސް ހަގީގަތުގައި އެ މަސައްކަތް ކުރިއަށް ނެރުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާ އާއި ތަސައްވުރުން ކަމަށް ޖަމީލް ވިދާޅުވި އެވެ. ވަޒީރުންގެ މަޖިލިސް ޒުވާން ކުރައްވައި ކަންކަން ކުރަންވީ ގޮތް އޮޅުންފިލުއްވައި ދެއްވީ ވެސް މައުމޫން ކަމަށް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ވެރިކަން ހިންގުމުގެ ދާއިރާ އަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ވަރަށް ގިނަ އަންހެން ބޭފުޅުންނަށް ފުރުސަތު ދެއްވި އެވެ. އެއާއެކު، އަންހެނުން ބާރުވެރިކުރަން ކުރެވެން އޮތް މަސައްކަތެއް ކުރަން ވަޒީރުންނަށް ވެސް އިރުޝާދު ދެއްވި ކަމަށް ޖަމީލް ވިދާޅުވި އެވެ.

އަންހެނުން ފަނޑިޔާރު ކަމަށް ހަމަޖެއްސުމަކީ ދިގު ތާރީޚަކަށް ނުވެފައި އޮތް ކަމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމަށް ވެސް ފުރުސަތު ދެއްވީ މައުމޫން ކަމަށެވެ. އަންހެނުންގެ ކުރިއެރުމަށް އެޅުއްވި އެ ފިޔަވަޅަށްޓަކައި މައުމޫނަށް ޖަމީލް ޝުކުރު ވެސް އަދާކުރެއްވި އެވެ.

ޖަމީލް ވިދާޅުވީ ރާއްޖޭގައި ތައުލީމީ ޖީލެއް ބިނާކުރަން މަންމަ އިން އަދާކުރާ ދައުރަކީ މުޅި ދުނިޔެ އަށް ވެސް ނަމޫނާއެއް ކަމަށެވެ. މުޖުތަމައަށް ފައިދާ ހުރި ދަރިންތަކެއް ބިނާކުރަން މަންމައިންނާއި ދައްތަ އިން އަދި އަންހެން ދަރިންގެ ހިތްވަރާއި ޖޯޝާއި ފޯރި ދުނިޔޭގެ އެހެން ތަނަކުން ނުފެންނާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.