05 އެޕްރީލް 2019
ރައްޔިތުންގެ މަޖިލިހަށް ވަކި ވައްތަރެއްގެ ބަޔަކު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަދި މާދަމާ އޮންނަ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް ވަކި ވައްތަރެއްގެ ބަޔަކު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަދި މާދަމާ އޮންނަ މަޖިލިހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ޖަމީލް ވިދާޅުވީ މަޖިލިހަކީ އެކަށީގެންވާ ގޮތަކަށް ހިނގާ ތަނަކަށް ވާނީ މަޖިލިހަށް ގާބިލް، ރަނގަޅު ބަޔަކު އިންތިޚާބުވެގެން ކަމަށެވެ. އެކަމަކު، ސިޔާސީ ޕާޓީތަކުން ޕްރައިމަރީތައް ބޭއްވިޔަސް، މަޖިލިހަށް ގެންނަންޖެހޭ އެންމެ އެކަށީގެންވާ ގާބިލް ބަޔަކަށް އެ ފުރުސަތު ނުލިބޭކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ މަޖިލިހަށް ވަކި ވައްތަރެއްގެ ބަޔަކު ގެންދަން ރާވައިގެން އުޅެނީއޭ. އެންމެ ރަނގަޅު، ގާބިލް ރައްޔިތުންނަށް ވަފާތެރި ހިދުމަތްކުރާނެ ބަޔަކު ގެންދިއުމުގެ ބަދަލުގައި،" ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ މަންޒަރަށް ބަލާއިރު، ވެދާނެ މި ދެންނެވި ގޮތަށް ފޮރުވިފައި އޮތް މަގްސަދުތަކެއް ވާ ކަމަށް، ވަކި ބަޔަކު ގެންދިއުމަށް ހިފަނީ ކަމަށް،"
ޖަމީލް ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމު އޮތީ ސަރުކާރާއި ޝަރުއީ ނިޒާމު މަޖިލިހަށް ޖަވާބުދާރީވާން ޖެހޭ ގޮތަށެވެ. އަދި މަޖިލިހުން ކުރާ ކަންކަމަށް ސަރުކާރުން ވެސް ފާރަވެރިވާން ޖެހޭ އިރު، އިސްލާހުކުރަން ޖެހިފައި އޮތީ ޝަރުއީ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ދާއިރާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑަށް ފެންނަނީ މަޖިލިހަށް ވަކި ވައްތަރެއްގެ ބަޔަކު ގެންދަން ރާވައިގެން އުޅެނީއޭ. އެންމެ ރަނގަޅު، ގާބިލް ރައްޔިތުންނަށް ވަފާތެރި ހިދުމަތްކުރާނެ ބަޔަކު ގެންދިއުމުގެ ބަދަލުގައި ---ޖަމީލް
މީރާ އިން މިސާލު ނަންގަވައި ޖަމީލް ވިދާޅުވީ ނިމިގެންދިޔަ ދުވަސްތަކުގައި ފެނިގެން ދިޔައީ އޭރަކު އޮންނަ ސަރުކާރަކުން "ޖަހާ ބެރަކަށް" ނަށާ ތަނަކަށް މީރާ ބަދަލުވެގެން ދިޔަ ތަން ކަމަށެވެ. އެހެންވެ، މީރާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ތަންތަން އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބަށް ފަހު، ޖޭޕީން ބޭނުން ވަނީ އަސްލު މައްސަލައާ ހަމައަށް "ހިޖުރަ" ކުރުމަށެވެ. މަޖިލިހުން އަސްލު މައްސަލައިގައި ވާހަކަ ދައްކަން ޖެހޭ އިރު، އަސްލު މައްސަލައަކީ ދިވެހިންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
މީގެއިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނޭވާނުލެވިގެން އުޅޭ މައްސަލަ އާއި ޓެކްސްގެ ތެރޭގައި ތާށިވެފައި އޮތުމާއި ވިޔަފާރި ފަށަން އުޅޭ ޒުވާނާ އަށް ފުރުސަތު ނެތުމާއި ތައުލީމީ ހަޔާތް ނިންމާ ޒުވާނުންނަށް ވަޒީފާ ނުލިބުމަކީ މައްސަލައެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ރާއްޖޭގައި ކީއްވެގެންތޯ އެތައް ރައްޔިތުން އަމިއްލައަށް މުހާޖިރިންނަށް ބަދަލުވެ ރެފިއުޖީންނަށް ބަދަލުވެފައި މިތިބީ؟ މި ރައްޔިތުން މަޖިލިހުގެ މެމްބަރުން އެބަޖެހޭ ސުވާލު ކުރަން،" ޖަމީލް ވިދާޅުވި އެވެ.
މީގެއިތުރުން އެކި ރަށްރަށުގައި ތިބި މީހުންގެ ގެދޮރު ހެދޭނެ ގޮތެއް މެދުވެރި ކުރުމަށާއި ވަޒީފާ އިތުރުކޮށް، ޓޫރިޒަމް ދާއިރާގައި އުޅޭ ޒުވާނުންނަށް ފުރުސަތައް އިތުރުކޮށްދީ، ބޭރު މީހުންނަށް ބާރޯސާވުން މަދު ކުރަން ބޭނުންވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
އާ މަޖިލީހުގެ ހުވާކުރުން އަންނަ މަހު ފަހުކޮޅު
މަޖިލިހުގެ ސުޕަ މެޖޯރިޓީ ބޭނުމެއް ނޫން: އަލީ ވަހީދު
އަންހެނުން ހިމޭނުން ތިބުން ނިންމާލަން ވެއްޖެ: ޖަމީލް
މަޖިލިހަށް ދާންވީ ވިޔަފާރި ފުޅާކުރާކަށް ނޫން: ފައިސަލް
މެމްބަރުން ހޮވުމުގައި ކުލައަށް ބަލާނެކަމެއްނެތް: އައިޝާ
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
މިއީ ރިޔާސީ ނިޒާމެއް، އެކަން ދަމަހައްޓަންޖެހޭ: ޖަމީލް
މަޖިލީހަށް ހޮވަން ޖެހޭނީ ތަނަވަސް މީހުން: ނާޒިމް
މަޖިލީހުގައި ސަރުކާރު ހިމާޔަތް ކުރާނީ ޖޭޕީ: ރިޔާޒް