28 މާޗް 2019
ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރަނީ އެއްވެސް ހާލެއްގައި މެމްބަރުންގެ ވިޔަފާރި ފުޅާ ކުރަން ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރަނީ އެއްވެސް ހާލެއްގައި މެމްބަރުންގެ ވިޔަފާރި ފުޅާ ކުރަން ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ނ. ކެނދިކުޅުދޫ ދާއިރާ އަށް ވާދަކުރައްވާ، އެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަގެ ކެމްޕެއިނަށް ނ. މާޅެންދު އަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ ގައުމު ތަރައްގީކޮށް، ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހަދައި ކައުންސިލްތައް ބާރުވެރި ކުރުވުމަށް މަޖިލިހަށް ހޮވަންވީ ގައުމީ ލޯބި އޮތް، ނަޒާހަތްތެރި ބައެއް ކަމަށެވެ.
"ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް ދިވެހި ސަރުކާރަށް، ރައީސަށް މަޖިލިހުގެ މެޖޯރިޓީ ހޯދައި ދޭން ޖެހޭ. ރައްޔިތުން ބޭނުމެއް ނުވޭ ސަކަރާތް ޖަހާކަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރަކީ އިސްލާހަށް މަސައްކަތް ކުރާ މީހަކަށް، ހެޔޮ ބަހެއް ބުނާ މީހަކަށް، ދީނީ ނަސޭހަތް ދޭ މީހަކަށް، ގަދަ އަޅައި މަސައްކަތް ކުރާ މީހަކަށް، ވިޔަފާރިވެރިންނަށް ގޯނާކުރާނެ، ޖަލަށް ލާނެ ސަރުކާރެއް ނޫން،" --- ނައިބު ރައީސް
ނައިބު ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ރައްޔިތުން ހޮވާ މެމްބަރުންނަށާއި މަޖިލިހުގެ މަސައްކަތަށް ހުރަސް އަޅައި، މެމްބަރުން ފާރުމަތިން ބޭރަށް އުކާލާނެ ސަރުކާރެއް ނޫނެވެ.
"އަޅުގަނޑުމެން ސަރުކާރަކީ އިސްލާހަށް މަސައްކަތް ކުރާ މީހަކަށް، ހެޔޮ ބަހެއް ބުނާ މީހަކަށް، ދީނީ ނަސޭހަތް ދޭ މީހަކަށް، ގަދަ އަޅައި މަސައްކަތް ކުރާ މީހަކަށް، ވިޔަފާރިވެރިންނަށް ގޯނާކުރާނެ، ޖަލަށް ލާނެ ސަރުކާރެއް ނޫން،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ފައިސަލް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުން ބަދަލެއް ގެނައުމަށް އެތައް ގުރުބާނީތަކެއްވި ކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އަނިޔާވެރިކަން ދުވަހަކު ވެސް ތަހައްމަލު ނުކުރާ މިންވަރަށް ރައްޔިތުން އެކަން ތަހައްމަލު ކުރަން ޖެހުނު ކަމަށެވެ.
ކޮރަޕްޝަން އިންތިހާ އަށް ގޮސް، ދައުލަތުގެ ކުންފުނިތަކުގެ އެތައް މިލިއަން ބިލިއަން ރުފިޔާއެއް ވީނުވީއެއް ނޭނގި ގެއްލި، އެ ހޯދަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ނައިބު ރައީސް މިސާލު ނެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީން ގެއްލުނު 1.3 ބިލިއަން ރުފިޔާ އަށެވެ.
އެމްއެމްޕީއާރުސީން ގެއްލުނު ފައިސާއަކީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރަން ބޭނުން ކުރެވެން ހުރި ފައިސާތަކެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުން ނުކުތީ އިންސާފު ހޯދައި، ރައްޔިތުންނަށް ހައްގު މިންވަރު ކަށަވަރުކުރުމަށެވެ. ދިވެހިންގެ ތެރޭގައި އޮތް ތަފާތު ކުރުންތައް ނައްތާލައި، ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް ގެނައި ބަދަލުގެ ޝުކުރު ހައްގު ވަނީ ރައްޔިތުންނަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އަނިޔާ ތަހައްމަލު ނުކުރާ އެއްވެސް އާއިލާއެއް ނެތް އިރު، އަނިޔާވެރިކަމާއި ކޮރަޕްޝަން އިއާދަވާން ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ ފައިސާ އިން ސަރުކާރުން ކުރާނެ ކަމަކީ ރާއްޖެ ތަރައްގީ ކުރުން ކަމަށާއި "ވާނުވާއެއް" ނޭނގި ފައިސާތައް ގެއްލިގެން އެ މައްސަލަތައް ބަލަން ޖެހޭ ހިސާބަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި ތިއްބެވީ ވައުދުވެ، ވައުދު ފުއްދަވާނެ ބޭފުޅުންނެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ދާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އާ މަޖިލީހުގެ ހުވާކުރުން އަންނަ މަހު ފަހުކޮޅު
ނުރަނގަޅު މީހެއްގެ ފަހަތަކު ނުހުންނާނަން:ނައިބު ރައީސް
ނައިބު ރައީސް ފައިސަލް އެމްޑީޕީގެ ކެމްޕެއިންގައި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
ވަޒީރުންގެ މައްސަލަތަކެއް އޭސީސީގައި އޮތްތޯ ބަލަނީ
އެމްޑީޕީން 87 ގޮނޑިއަށް ވާދަކުރަން ވިސްނަނީ
ޕްރައިމަރީއަކަށް ބިރެއް ނުގަނޭ: މުސްތަފާ
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް