އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެ އަށް ދެ ދާއިރާއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
05 ނޮވެމްބަރ 2018
އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެ އަށް ދެ ދާއިރާއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އެ އިންތިޚާބުގައި 87 މެމްބަރުން ހޮވާނެ އެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުންނެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން މަޖިލީހަށް ދެ ގޮނޑި އިތުރުވާނެ އެވެ.
Male' ge Henveyru adhi Machchangoalhi ah ithuru 2 dhaairaa ithuru kurun fiyavaa rajjeyge evves inthikhaabee dhaairaa akah adhi inthakakahves badhaleh nugennan EC in nimmaifi pic.twitter.com/czvEc5b8hA
— Elections Commission (@ElectionsMv) November 5, 2018
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓުވީޓު.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ މާލޭގެ ހެންވޭރު އަދި މައްޗަންގޯޅި އަށް ދެ ދާއިރާ އިތުރު ކުރުން ފިޔަވައި ރާއްޖޭގެ އެއްވެސް އިންތިޚާބީ ދާއިރާއަކަށް އަދި އިންތަކަކަށް ވެސް، ބަދަލު ނުގެންނަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ.
މާލޭގައި މިހާރު ހެންވޭރާއި މައްޗަންގޯޅި އަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ހުޅުހެންވޭރާއި މެދުހެންވޭރާއި ހެންވޭރު ދެކުނާއި ހެންވޭރު އުތުރާއި މައްޗަންގޯޅި އުތުރާއި މައްޗަންގޯޅި ދެކުނެވެ. އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ވެސް މިވަގުތު ފުރުއްވަމުން ގެންދަވަނީ އިދިކޮޅު މެމްބަރުންނެވެ.
މަޖިލީހުގައި 85 މެމްބަރުން މިހާރު ތިއްބަވާއިރު މާލޭގެ 13 ދާއިރާއަކުން މެމްބަރުން ތިއްބަވަ އެވެ. މާލޭގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން އެ ކޮމިޝަނުން މާލެ ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނާ އެކު މީގެކުރިން ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފަ އެވެ.
މަޖިލީސް އިންތިޚާބުގެ އެކި ދާއިރާތަކަށް އެކި މީހުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އޭގެތެރޭގައި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި މުޅިން އަލަށް ކުރިމަތިލާ މީހުން ވެސް ހިމެނެ އެވެ. ބައެއް މީހުންގެ ކެމްޕޭން ވެސް ފަށާފައިވާއިރު، ޕީޕީއެމާއި އިދިކޮޅު ޕާޓީތަކުން ރަސްމީކޮށް އިންތިޚާބުގެ މަސައްކަތެއް އަދި ނުފަށަ އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ގޮތަށް އިދިކޮޅު ކޯލިޝަންގެ ވިސްނުމަކީ މަޖިލީހުގެ ގިނަ ގޮނޑިތައް އެ ކޯލިޝަނުން ނެގުމެވެ. އެކަމަކު، މަޖިލީހުގެ ދާއިރާތައް ޕާޓީތަކަށް ބަހާނެ ގޮތެއް އަދި ކަނޑައެއް ނާޅަ އެވެ. ޕީޕީއެމުން ވެސް މަޖިލީސް އިންތިޚާބާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
ޕްރައިމަރީއަކަށް ބިރެއް ނުގަނޭ: މުސްތަފާ
މާލޭގެ ދާއިރާ އިތުރުކުރަން ގޮތް ނިންމުން ޕާޓީތަކަށް
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން އާދޭސް ކުރަނީ!
ގާނޫނުތަކަށް ހުށަހެޅި އިސްލާހަށް މިއަދުވެސް ވޯޓަށް ނޭހި
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
އިންތިޚާބު އޮޅުވާލަން ފުރުސަތެއް ނެތް: ޝަރީފް