އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އޮޅުވާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
04 އެޕްރީލް 2019
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އޮޅުވާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އާންމު އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވެފައިވާ ތައްޔާރީތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ޝަރީފް ވިދާޅުވީ އިންތިޚާބުގައި މަކަރާއި އޮޅުވާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި މަކަރުހެދުމާއި އޮޅުވާލުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އާންމުކޮށް ދުނިޔޭގެ ހުރިހާ ގައުމެއްގައި ހިނގާ ގޮތަށް އިންތިޚާބުން ބަލިވީމަ، ކިޔާނެ ފާޑުފާޑުގެ ވާހަކަ. އެހެންވީމަ، އެކަހަލަ ކަންކަމަށް އަޅުގަނޑުމެންގެ ލީގަލް ޓީމުން ތައްޔާރުވެގެން މިތިބީ،" އިންތިޚާބަށް ކޮމިޝަނުން ވަރަށް ބޮޑަށް ތައްޔާރުވެފައި އޮތްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވި އެވެ.
އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264،442 އެވެ. މަޖިލީހުގެ 87 ދާއިރާ އަށް 386 ކެންޑިޑޭޓަކު ވާދަކުރާއިރު ވޯޓުލުމަށް 501 ފޮށި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބަހައްޓާނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިދިޔަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވި އިންތިޚާބަކީ މަކަރާއި އޮޅުވާލުން ބޮޑު އިންތިޚާބެއް ކަމަށް ބުނެ، އެ އިންތިޚާބު ބާތިލް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ނިންމީ އިންތިޚާބު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، މަޖިލިސް އިންތިޚާބަކީ އަމާންކަމާއި އޮމާންކަމާއި ސުލްހަވެރިކަމާއެކު ނިމޭނެ އިންތިޚާބެއް ކަމަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ހާއްސަކޮށް، ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ކޮމިޝަންގެ އިލްތިމާސްއެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބުގެ ހުރިހާ ކަމެއް ފުރިހަމަކޮށް ވަނީ ނިމިފަ އެވެ. ބާކީ އޮތީ ވޯޓުލުމުގެ މަރުހަލާ އާއި ވޯޓު ގުނުމުގެ މަރުހަލާ އާއި ނަތީޖާ އިއުލާން ކުރުމުގެ މަރުހަލާ ކަމަށާއި އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިންތިޚާބާ ބެހޭ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ވޯޓުލާ ނިމުމުން، ކޮންމެ ފޮއްޓެއްގެ ނަތީޖާ އިންތިޚާބީ މަރުކަޒުތަކުގައި އިއުލާން ކުރާނެ ކަމަށެވެ. އަދި ނަތީޖާ ޝީޓުތައް އިންތިޚާބީ މަރުކަޒުތަކުގައި ޝާއިއުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭތި އާންމުކުރާނީ ވެބްސައިޓްގައި. މާދަމާ އަޅުގަނޑުމެން މީޑިއާތަކަށް ވަކިވަކިން ފޮނުވާނަން. ވެބްސައިޓްގެ އެޑްރެހާއި އަދި ނަތީޖާ ފެންނަން ހުންނާނެ ގޮތް. ނަމަވެސް ހުރިހާ ފޮށިތަކެއްގެ ނަތީޖާ ވެރިފައިކޮށް ނިމުނީމަ، ދެން އަޅުގަނޑުމެން ދާއިރާގެ ނަތީޖާ އިއުލާން ކުރާނީ ޕޯޑިއަމްގައި ކުރިން ވެސް އާންމުކުރާ އުސޫލުން،" ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
އިންތިޚާބުގައި ވާދަކުރަން ހަތް މީހަކު ފޯމު ނަގައިފި
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުންގެ އަދަދު މަދުވެއްޖެ
ވޯޓު ގަތުން ހުއްޓުވަން ރާއްޖޭން މަސައްކަތްކުރަން ޖެހޭ
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ނުވަދޭ: ގާސިމް
އެމްޑީޕީ ބަލިކުރެވޭނެ ކޮންމެ މީހަކަށް ތާއީދު: އުމަރު
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން