24 މާޗް 2019
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކުރެއްވޭނެ ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކުރެއްވޭނެ ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ ފައިސަލް އިބްރާހިމްގެ ކެމްޕެއިނަށް އެ އަވަށުގައި ބޭއްވި ޖަލްސާއެއްގައި އުމަރު ވިދާޅުވީ އެމްޑީޕީގެ "އެޖެންޑާ 19" ބަލި ކުރުމަށް ކޮންމެ ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވެސް މަސައްކަތްކޮށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
އެޖެންޑާ 19 ގައި އެމްޑީޕީން މަޖިލިހަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނޭ މައިގަނޑު ފަސް ކަމަކީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދެވެ. މިއީ، ރާއްޖެ ބަދަލުވެގެންދާނެ ފަދަ އެޖެންޑާއެއް ކަމަށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ދަނީ މި އެޖެންޑާ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އުމަރު ވިދާޅުވި ގޮތުގައި މިދިޔަ 13 އަހަރު ދުވަހު، އެމްޑީޕީއާ ދިމާލަށް ނުބަލާ މަދު މީހުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ އޭނާ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އުމަރު ވިދާޅުވީ އިންތިޚާބުގައި އެމްޑީޕީގެ ފިކުރު ބަލިކުރަން ޖެހޭ ކަމަށެވެ.
އެޖެންޑާ 19 ގެ ސިޔާސަތުތައް ހާމަކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: މިހާރު
"އަޅުގަނޑު ނިކުތީ އެމްޑީޕީ ބަލިކުރުމުގެ ފުރުސަތު ބޮޑު ކޮންމެ ކެންޑިޑޭޓަކާ އެކީގައި މަސައްކަތްކޮށް، އެ ކެންޑިޑޭޓު ބޭނުންކޮށްގެން އެމްޑީޕީގެ އެޖެންޑާ ބަލިކުރުމުގެ މަގްސަދުގައި،" ޖޫން 21، 2016 ގައި ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައި، ސިޔާސީ ހަރަކާތްތަކުން ދުރުގައި ހުންނެވުމަށް ފަހު، އިދިކޮޅު ޕީޕީއެމް-ކޮންގްރެސް ޕާޓީގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު (ނުކުމެ) މިހުރީ އެ ފިކުރު ބަލި ކުރުމަށް،"
ހޯމް މިނިސްޓަރުކަމުން ވަކިވެވަޑައިގަތުމަށް ފަހު، އުމަރު ޑިސެމްބަރު 14، 2017 ގައި ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އޭގެ ފަހުން، ރިޔާސީ އިންތިޚާބާ ހަމައަށް އޭނާ ސިޔާސީ މަސައްކަތުގައި ވަރަށް ނޫޅުއްވަ އެވެ.
ނަމަވެސް، އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ، އެކަމާ ހިތްހަމަނުޖެހިގެން، އުމަރު އިސްކޮށް ހުންނަވައިގެން މާލޭގައި ހަރަކާތްތަކެއް ވަނީ ބާއްވައިފަ އެވެ. އެހެންވެ، މިއީ ރިޔާސީ އިންތިޚާބުގެ ފަހުން އިދިކޮޅު ޕޯޑިއަމަކުން ފެނުނު ފުރަތަމަ ފަހަރެވެ.
އުމަރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި އިރު، ވަޒީރުކަމުން އިސްތިއުފާ ދެއްވި ފަހުން އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައެއް ސިޔާސަތުތައް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.
އުމަރު ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކުރުމުގެ ފުރުސަތު އެންމެ ބޮޑު ކެންޑިޑޭޓުންގެ ފަހަތަށް އެހެން ކެންޑިޑޭޓުން އަރައިވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. އެއީ ގައުމުގެ ދީނާއީ އަމިއްލަވަންތަކަމާއި ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ނިންމަން ޖެހޭ ނިންމުމެއް ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ތުހުމަތުކުރެއްވި ގޮތުގައި، ނަޝީދު ބޭނުންފުޅު ވެގެން އުޅޭ އެހެން ގައުމިއްޔަތަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ހުއްދަ ލިބުމެވެ. އުމަރު ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ހުއްދަދޭން ނަޝީދުގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ގެޒެޓްގައި ޝާއިއުކުރި އެވެ.
އެކަމަކު، ގެޒެޓުން އެކަން ނެގީ ވަރަށް ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދުމުން ކަމަށް އުމަރު ވިދާޅުވި އެވެ.
އެމްޑީޕީން މަޖިލީހުގެ 86 ދާއިރާ އަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ބޭއްވި ހަފުލާގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
އުމަރު ތުހުމަތު ކުރެއްވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހަށް، މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމާ ގުޅޭ ބިލެއް އެމްޑީޕީން ގެންނާނެ އެވެ. އެހެންވެ، އެފަދަ ބިލަކަށް ތާއީދު ނުކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ވެސް އުމަރު ވަނީ އެދިވަޑައިގެންފަ އެވެ.
ދިވެހި ގައުމިއްޔަތާއި އިސްލާމް ދީން އޮތުމަށް ތާއީދުކުރާ ހުރިހާ އެންމެން އެމްޑީޕީގެ ކެންޑިޑޭޓު ބަލި ކުރުމަށް އެންމެ ބާރުގަދަ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް ވެސް އުމަރު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
ފައިސަލްގެ ބައްޕަ އަދި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެ ޖަލްސާގައި ވިދާޅުވީ ދިވެހި ގައުމިއްޔަތާއި އިސްލާމް ދީން ދިފާއުކުރުމަށް އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީލޯންޑެރިންގެ ތުހުމަތުގައި ބަންދުގައި ބަހައްޓާތީ އޭނާ ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީނަކީ ގައުމަށް ޣައްދާރުވެވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. އަދި އެމަނިކުފާނަކީ ކޮރަޕްޝަންގެ އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ، ޔާމީން ވަގުތުން މިނިވަން ކުރުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވައިފަ އެވެ.
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ނުވަދޭ: ގާސިމް
އިންތިޚާބު އޮޅުވާލަން ފުރުސަތެއް ނެތް: ޝަރީފް
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ވަހީދުގެ ކެރުންތެރިކަން އެމްޑީޕީއަށް އެނގޭނެ: އިދިކޮޅު
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ފުލުހުންގެ ހައްގުތައް އިދިކޮޅުން ދިފާއުކުރާނެ: އަދުރޭ
އާލީޑަޝިޕަކާއެކު، އަދިވެސް އެމްޑީޕީ ބަލިކުރެވޭނެ:އުމަރު
މި ތިބީ ބާޒުތަކަށް ފުރުސަތު ދޭކަށް ނޫން: އަދުރޭ