Roadha Mihaaru

މާލޭގެ ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ނިންމުން ޕާޓީތަކަށް

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކަށް ދީފި އެވެ.

މާލޭގެ ދާއިރާ އިތުރުކުރަން ގޮތް ނިންމުން ޕާޓީތަކަށް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

18 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކަށް ދީފި އެވެ.

މަޖިލިސް އިންތިޚާބު އަންނަ މާޗް މަހުގެ ތެރޭގައި ބާއްވަން އީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި 85 މެމްބަރުން މިހާރު ތިއްބަވާއިރު މާލޭގެ 13 ދާއިރާއަކުން މެމްބަރުން ތިއްބަވަ އެވެ. ދާއިރާގެ އަދަދު 14 ނުވަތަ 15 އަށް އިތުރުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮތް ކަމަށް އީސީން ބުންޏެވެ.

"ޕާޓީތަކުން ކަނޑައަޅަންވީ މިހާރު އޮތް އަދަދަށް ދާއިރާތައް ބާއްވާނީތޯ ނުވަތަ ދާއިރާތައް އިތުރުކުރާނީތޯ. މި މަހުގެ 21 ގެ ކުރިން ގޮތެއް ނިންމުމަށް އަޅުގަނޑުމެން ވާނީ ޕާޓީތަކަށް ސިޓީ ވެސް ފޮނުވާފައި،" އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ.

އީސީން ބޭއްވި ބައްދަލުވުމުގައި މާލޭ ދާއިރާތަކުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަލީ ނިޝާތު/މިހާރު

އީސީން ބޭއްވި ބައްދަލުވުމުގައި މާލޭ ދާއިރާތަކުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަލީ ނިޝާތު/މިހާރު

މާލޭގެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން އެ ކޮމިޝަނުން މިއަދު ވަނީ މަޖިލީހުގައި މާލެ ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނާ އެކު މިއަދު ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއިރު، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ބައިވެރިވެވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެކަންޏެވެ.

މާލޭގެ ދާއިރާތައް ތަމްސީލްކުރައްވާ ބައެއް މެމްބަރުން އިލެކްޝަންސް ކޮމިޝަންގައި. --ފޮޓޯ: އަލީ ނިޝާތު/މިހާރު

މާލޭގެ ދާއިރާތައް ތަމްސީލްކުރައްވާ ބައެއް މެމްބަރުން އިލެކްޝަންސް ކޮމިޝަންގައި. --ފޮޓޯ: އަލީ ނިޝާތު/މިހާރު

ދާއިރާތައް އިތުރުކުރުމާ މެދު ގޮތެއް ކަނޑައަޅައި އަންގަން ޕާޓީތަކަށް އީސީން ވަނީ ސިޓީ ވެސް ފޮނުވައިފަ އެވެ.