11 އެޕްރީލް 2019
ގެއްލިފައިވާ އައިމިނަތު ޝިމާގެ ކޮއްކޮއާ އެކު ޑިންގީގައި ދަތުރުކުރަނިކޮށް، ހައްޔަރުކުރި އިބްރާހިމް ފަޒީލާއި އިތުރު ދެ ފިރިހެނުން އިއްޔެ ގަމު މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާ އެކު ދޫކޮށްލައިފި އެވެ.
ގެއްލިފައިވާ އައިމިނަތު ޝިމާގެ ކޮއްކޮއާ އެކު ޑިންގީގައި ދަތުރުކުރަނިކޮށް، ހައްޔަރުކުރި އިބްރާހިމް ފަޒީލާއި އިތުރު ދެ ފިރިހެނުން އިއްޔެ ގަމު މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާ އެކު ދޫކޮށްލައިފި އެވެ.
އުމުރުން 16 އަހަރުގެ އަންހެން ކުއްޖާ ގޮވައިގެން ދަތުރުކުރަނިކޮށް މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި ތިން ފިރިހެނުންގެ ބަންދަށް މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން 15 ދުވަސް އިތުރުކޮށްފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި އިއްޔެ އެ ތިން މީހުން ދޫކޮށްލަން ކޯޓުން ނިންމީ އެ މީހުން އިތުރަށް ބަންދުގައި ބައިތިއްބަން އެދި ކޯޓަށް ގެންދިއުމުން ކަމަށެވެ. އެމީހުން ދޫކޮށްލީ ޝަރުތުތަކަކާއެކު ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މީހުން ބަންދުން ދޫކޮށްލާއިރު އާއްމުގޮތެއްގައި ކޯޓުން ޝަރުތު ކުރަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިިނުމަށެވެ.
ލ. ފޮނަދޫން މާމެންދު އަށް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި ޝިމާ، 19، ގެއްލުނު ކަމަށް ބުނާ ހާދިސާ އަށް ފަހު އޭނާ ޚަބަރެއް އަދިވެސް ނުވެ އެވެ. އެ ޑިންގީގައި އޭރު ތިބީ ޝިމާ އާއި ފަޒީލް އެކަންޏެވެ. އެ ހާދިސާއާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނައިރު ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ފަޒީލްގެ ބައެއް ވާހަކަތަކާ މެދު ފުލުހުންގެ ޝައްކުތަކެއް
ފަޒީލުގެ މައްޗަށް އެތައް ދައުވާއެއް ވަނީ އުފުލާފައި
ޝިމާގެކޮއްކޮ ގޮވައިގެން ޑިންގީގައި ދަނިކޮށް ހުއްޓުވައިފި
ޝިމާ ހޯދުން: މުޅި އަތޮޅު ބަލައިގެން ވެސް ނުފެނުނު
"ކުރި މަސައްކަތް ހެއްދެވި ފަރާތަށް އެނގޭނެ"
ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ޒުވާނާ އަދި ނުފެނޭ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ
ލޯންޗް އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވި: ޕޮލިސް
ޑިންގީ އެކްސިޑެންޓުގައި މީހަކު ނުގެއްލޭ