Roadha Mihaaru

ބަންޑުން ޖަހާލި ޑިންގީއަކުން ދަތުރުކުރި 17 މީހަކު ސަލާމަތްކޮށްފި

ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު މިރޭ ސަލާމަތްކޮށްފި އެވެ.

ބަންޑުން ޖަހާލި ޑިންގީއަކުން އެންމެން ސަލާމަތްކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

06 އޯގަސްޓް 2025

ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު މިރޭ ސަލާމަތްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒަމާނީ އައިލެންޑު ރިސޯޓު ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީގައި 17 ބިދޭސީން ތިބި ކަމަށެވެ. އެ އެންމެން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޑިންގީ ބަންޑުން ޖަހާލުމުން އެއިން ދަތުރުކުރި ތިން މީހަކު ވަނީ ފަތާފައި އެ ރިސޯޓަށް އަރައިފަ އެވެ.

އެ ސަރަހައްދުގައި ކ. އަތޮޅު ފުލުހުންނާއި އެ އަތޮޅު ރިސޯޓުތަކުގެ ލޯންޗުތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.