Roadha Mihaaru

ޑިންގީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ޅ. މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.

ޑިންގީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

24 ޖޫން 2025

ޅ. މަޑިވަރު އެއާޕޯޓު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެ އުޅަނދެއް ޖެހިގެން 8:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް ލިބުނު އަނިޔާތަކަށް، ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް، ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓަށްފަހު ޑިންގީ ގެއްލިފައިވާ ކަމަށެވެ.

"ބެލެވެނީ [ޑިންގީ] އަޑިއަށް ގޮސްފައިވާ ކަމަށް. ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައިނުވޭ،" ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ލޯންޗުގައި ޖެހުމުގެ ސަބަބުން ޑިންގީގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. އަދި މީހުން ޒަހަމްވެ ލޭ ވެސް ލޯންޗު ތެރެއަށް އެޅިފައި ހުއްޓެވެ.