10 މާޗް 2019
މިދިޔަ މަހު ޑިންގީއެއް ބަންޑުން ޖަހާލައި، ގެއްލިފަައިވާ އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން މިއަދު ޑިންގީއެއްގައި ދަނިކޮށް، ޝިމާ ގޮވައިގެން ވެސް ދަތުރުކުރި އިބްރާހިމް ފަޒީލްގެ އިތުރުން އެހެން ދެ މީހަކު ފުލުހުން ހިފަހައްޓައިފި އެވެ.
މިދިޔަ މަހު ޑިންގީއެއް ބަންޑުން ޖަހާލައި، ގެއްލިފަައިވާ އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން މިއަދު ޑިންގީއެއްގައި ދަނިކޮށް، ޝިމާ ގޮވައިގެން ވެސް ދަތުރުކުރި އިބްރާހިމް ފަޒީލްގެ އިތުރުން އެހެން ދެ މީހަކު ފުލުހުން ހިފަހައްޓައިފި އެވެ.
ލ. ކައްދޫން މާމެންދު އަށް މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި ޝިމާ 19، ގެއްލުނު ފަހުން އޭނާ ޚަބަރެއް އަދިވެސް ނުވެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
އެ ހާދިސާ ހިނގާފައި ވަނިކޮށް، ފުލުހުން ބުނީ ލ. މާމެންދޫން އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ޑިންގީއެއްގައި ގޮވައިގެން މިއަދު ދަނިކޮށް ތިން މީހަކު ސިކްސް ސެންސް ރިސޯޓު ކައިރިން ހުއްޓުވާފައިވާ ކަމަށެވެ. އެކަމަކު ފުލުހުން ބުނީ އިތުރު މައުލޫމާތު އާންމު ކުރެވޭނީ ތަފުސީލް ލިބުމުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ދަތުރުކުރީ ޝިމާގެ ކޮއްކޮ ގޮވައިގެންނެވެ. އެ މައްސަލައިގައި ހިފެހެއްޓި މީހުންގެ ތެރޭގައި ޝިމާއާ އެކު ވެސް ޑިންގީން ދަތުރުކުރި ފަޒީލް ހިމެނެ އެވެ.
ޝިމާ ގެއްލުނު ހާދިސާގައި، ޑިންގީ ބަންޑުން ޖަހައިލުމުން ފަޒީލް ފަތާފައި އެރީ ސިކްސެންސަސް ރިސޯޓަށެވެ. އޭނާ އެ ރިސޯޓާ ހަމައަށް ފަތާފައި ދިޔައީ ޝިމާއަށް އަތަށް ފޯނަކާއި ހަމެއް ދީފައި ކަމަށް ފަޒީލް ބުނެފައިވެ އެވެ.
ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ޒުވާނާ އަދި ނުފެނޭ
މަހަށް ނުކުމެ އުޅުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ
ޑްރަގް ޓްރެފިކިންގެ ދައުވާލިބޭ މީހަކު ހޯދަނީ
ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދައިފި
ފިލައިގެން އުޅުނު މީހާ ފެނުނީ ފަޅުތެރޭގައި އޮއްވައި
ފުލުހުންގެ ބަންދުން ފިލި މީހާ ހޯދަން އިއުލާންކޮށްފި
ރަސްދޫ ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިިލައިފި
ލިޓަންގެ މަރު: ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް
ލިޓަން މޫދަށް ވައްޓާލައި އޭނާގެ ބައިލައްކަ ރުފިޔާ ނެގި
ގެއްލުނު ބިދޭސީ މީހާ މަރާލި ކަމަަށް ތުހުމަތުކޮށްފި