26 މާޗް 2019
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ހަމީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މުހައްމަދު ހަމީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭނާ މިހާތަނަށް ހުންނެވީ، އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގަ އެވެ.
އިންޓެލިޖެންސްގެ އިސް ވެރިޔަކަށް ހުންނަވަނިކޮށް ވަޒީފާ އިން ވަކިކުރިތާ ހަ އަހަރަށް ފަހު، މި ސަރުކާރުގައި އޭނާ އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހަމަޖެއްސީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.
ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި އޮގަސްޓް، 2012 ގައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުކޮށެވެ. އެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ފުލުސް އޮފީސް ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޅިޔަނު ހަމީދާ ހަވާލުކުރީ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު ވަކިކުރުމަށް ފަހު އެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރެއްގެ ގޮތުގައި ހުންނަވައި ހަމީދު "މިހާރު" އަށް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގައި ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާ ފުލުހުންގެ މުއައްސަސާ ހަމަ މަގަށް އެޅުވުމަކީ ގޮންޖެހުމެއް ކަމަށެވެ. އެކަމަކު، އެ މުއައްސަސާ އިސްލާހުކޮށް، ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރައްވާ އިރު، އާއިލީ ގޮތުން އޭނާ އާއި ރައީސާ ގުޅުން އޮތުމަކީ ދެ ބޭފުޅުންނަށް ވެސް އުނދަގޫ، އަދި އާއްމުންގެ ފާޑުކިއުމާއި ޝައްކުކުރާނެ ޖާގަ ލިބޭ ކަމެއް ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެހެންވިޔަސް، ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން، ހަމީދު ވަނީ ރައްޔިތުންނަށް ދެއްވައިފަ އެވެ.
"އަޅުގަނޑު އަލުން މި ޔުނިފޯމު އެޅީ ވަރަށް ސާފު، ހެޔޮ ނިޔަތުގައި މުއައްސަސާއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންނަށް ވަރަށް ރަނގަޅު ޚިދުމަތްތަކެއްދީ، މުއައްސަސާގެ ނަން ރީތި ކުރަން،" ހަމީދު ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސްގެ ޓާސްކްފޯހެއް
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
ޖަމްޝީދާއި ޓޫފޯ ވަކިކުރަން ކޮމިޝަނަރު ނޯޓިސް ފޮނުވައިފި
ފުލުހުންގެ ފްލެޓް ނިންމަން އެހެން ކުންފުންޏެއް!
ބޯޑުގެ ނިންމުން ތަންފީޒުކުރުން ކޮމިޝަނަރަށް ލަހެއް ނޫން
ސަރުކާރު ވައްޓާލަން ފުލުހުން ދެނެއް ނުނިކުންނާނެ: ސީޕީ
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
އާންމުންގެ އިތުބާރު ފުލުހުންނަށް ލިބިއްޖެ: ސީޕީ ހަމީދު
ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް:ސިވިލް ކޯޓް
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!