22 ސެޕްޓެމްބަރ 2021
މީގެ ހަތް އަހަރު ކުރިން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ، ފުލުހުންގެ ފްލެޓުތައް ނުވަ މަސް ތެރޭގައި ނިންމަން ދިވެހި ކުންފުންޏަކާ ހަވާލުކުރަން ތައްޔާރުވެ އާ ތާރީހެއް އަނެއްކާވެސް ދީފި އެވެ.
މީގެ ހަތް އަހަރު ކުރިން ފަށައި ނުނިމި ދިގުލައިގެން ގޮސްފައިވާ، ފުލުހުންގެ ފްލެޓުތައް ނުވަ މަސް ތެރޭގައި ނިންމަން ދިވެހި ކުންފުންޏަކާ ހަވާލުކުރަން ތައްޔާރުވެ އާ ތާރީހެއް އަނެއްކާވެސް ދީފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ އެ މަޝްރޫއު އާ ބަޔަކާ މި މަސް ނިމުމުގެ ކުރިން ހަވާލުކުރެވޭނެ ކަަމަށް ރަސްމީ އިދާރާތަކުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އުއްމީދަކީ 361 ފުލުހަކަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ އެ ފްލެޓްތަކުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި ދިރިއުޅެން ފެށޭވަރުވުން ކަމަށް ވިދާޅުވި އެވެ.
ބްލޫ ހައުސިން ސްކީމްގެ ނަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި 300 ފްލެޓް އިމާރާތް ކުރަން ފެށީ 2014 ގަ އެވެ. ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި އެ ފްލެޓްތައް ނުނިމި ހަތް އަހަރު ވުމަކީ ފުލުހުންގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.
މި މަޝްރޫއު ހަވާލުކުރީ ތައިލެންޑްގެ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. ކޮވިޑާ ގުޅިގެން ކުންފުންޏަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ބުނެ މުވައްޒަފުންނަށް މުސާރަ ވެސް ނުދީ ތިބެ ހިނގި ހަމަނުޖެހުންތަކަށް ފަހު މަސައްކަތް ދޫކޮށްލައި މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނި ވަނީ ރާއްޖެ އިން ފުރައިފަ އެވެ.
މި ފްލެޓްތައް ލިބޭނެ 361 ފުލުހުން 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ. ބައެއް މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ. ދެ އަހަރުގެ ތެރޭގައި ދިރިއުޅެވޭނެ ކަމަށް ބުނި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ފުލުހުން ވަނީ އެކި ފަހަރު މަތިން ޝަކުވާކޮށްފަ އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި 600 މިލިއަން ރުފިޔާގެ މަޝްރޫއު އެ މުއައްސަސާގެ ތެރޭގައި ހިންގާފައި އޮތީ ވަރަށް ދޯދިޔާކޮށެވެ. ފްލެޓްތައް ނުނިމި މިހާ ދިގުލައިގެން ގޮސް އުފުލަން ޖެހިފައިވާ ތަކުލީފާއި ކަންބޮޑުވުން އޮތް މިންވަރު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރަސްމީ ފޯރަމްތަކުގައި ފުލުހުންނާ ބައްދަލުވާއިރުު ވެސް އެންމެ ގިނަ އުދާސްފާޅުވެގެން އަންނަ އެއްކަމެއް މިއީ ބްލޫސް ހައުސިން ސްކީމް ނުނިމި ދިގުލައިގެން ގޮސްފައި އޮތުން-- ސީޕީ
"އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާ ވެސް އަވަހަކަށް އެ ތިން ޓަވަރު ނިންމައި ވީހާ ވެސް އަވަހަކަށް ހައްގުވެރިންނަށް ދިނުން،" އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ރަސްމީ އިދާރާތަކުން މިހާރު އެ މަޝްރޫއުގެ ތަފްސީލް އޮޅުންފިލުވަ އެވެ.
"ރަސްމީ ފޯރަމްތަކުގައި ފުލުހުންނާ ބައްދަލުވާއިރުު ވެސް އެންމެ ގިނަ އުދާސްފާޅުވެގެން އަންނަ އެއްކަމެއް މިއީ ބްލޫސް ހައުސިން ސްކީމް ނުނިމި ދިގުލައިގެން ގޮސްފައި އޮތުން،" ސީޕީ ވިދާޅުވި އެވެ.
ހަތް އަހަރަށް ލަސްވެފައިވާ މި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަކީ މި ސަރުކާރުން ވި ވައުދެކެވެ. އެކަމަކު މަޝްރޫއު ހަވާލުކުރި ކޮންޓްރެކްޓަރު އަތުން އަތުލަން ވެސް އަހަރެއްހާ ދުވަސް ނެގި އެވެ. ތިން ދައުރަށް ދެމިގެން ދިޔަ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގައި ގާތްގަނޑަކަށް އަދިވެސް 40 ޕަސެންޓް މަސައްކަތް ނުނިމެ އެވެ.
ޕްލޭނިން މިނިސްޓްރީން މެނޭޖްުކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ މި ޕްރޮޖެކްޓް ކުރިން ހިންގީ ފުލުހުންގެ ކުންފުނި ޕޮލްކޯގެ ބެލުމުގެ ދަށުންނެވެ. މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމުން އޮޑިޓެއް ހެދި އެވެ. އެކަމަކު އެ އޮޑިޓުން މައްސަލަތަކެއް ފާހަގައެއް ނުވެ އެވެ.
މި މަޝްރޫއާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރި އެވެ.
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
ޖަމްޝީދާއި ޓޫފޯ ވަކިކުރަން ކޮމިޝަނަރު ނޯޓިސް ފޮނުވައިފި
ބޯޑުގެ ނިންމުން ތަންފީޒުކުރުން ކޮމިޝަނަރަށް ލަހެއް ނޫން
ޕޮލިސް ކޮމިޝަނަރަކަށް ހަމީދު އައްޔަން ކުރައްވައިފި
އާންމުންގެ އިތުބާރު ފުލުހުންނަށް ލިބިއްޖެ: ސީޕީ ހަމީދު
ފަސް އޮފިސަރަކު ވަކިކުރަން ނިންމީ ގޯސްކޮށް:ސިވިލް ކޯޓް
ފުލުހުންގެ ފްލެޓުތައް މި އަހަރަށް ނުނިންމޭނެ: ހައުސިން
ގޭންގް ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރު!
ޕޮލިސް ފްލެޓް މި އަހަރު ތެރޭ ނިންމާނަން: ރައީސް
ގޭންގުތަކާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނުކުމެއްޖެ