29 އޯގަސްޓް 2016
އަންނަ ނޮވެމްބަރު މަހު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހު، އެންމެ ގިނަ މީހުން ހަކުރު ބައްޔަށް ޓެސްޓްކޮށްގެން ދުނިޔޭގެ ރިކޯޑެއް ހަދަން މަސައްކަތްކުރާނެ ކަމަށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
އަންނަ ނޮވެމްބަރު މަހު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހު، އެންމެ ގިނަ މީހުން ހަކުރު ބައްޔަށް ޓެސްޓްކޮށްގެން ދުނިޔޭގެ ރިކޯޑެއް ހަދަން މަސައްކަތްކުރާނެ ކަމަށް ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
ހަކުރު ބައްޔާ ގުޅޭ މައުލޫމާތު ދޭން ޕަބްލިކް ސާވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި ޑައިބެޓީސް ސޮސައިޓީ ގުޅިގެން ބޭއްވި ވޯކުޝޮޕަށް ފަހު "މިހާރު"އާ ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ސީއީއޯ އައިޝަތު ޝިރުހާނާ ވިދާޅުވީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން އަންނަ ނޮވެމްބަރު 14 ވަނަ ދުވަހު، އަށް ގަޑިއިރު ތެރޭގައި މަދުވެގެން 30،000 މީހުން ސްކްރީން ކުރަން ނިންމާފައިވާ ކަމަށެވެ.
މިހާރު ދުނިޔޭގެ ރެކޯޑް އޮންނަނީ އަށް ގަޑިއިރު ތެރޭގައި 26،000 މީހުން ހަކުރު ބައްޔަށް ޓެސްޓްކުރި އިންޑިއާގަ އެވެ.
"ދުނިޔޭގެ ރިކޯޑެއް ހަދަން ވަރަށް މަސައްކަތް ކުރަމުން މިދަނީ. އެކަމަކު އެއަށް ވުރެ ބޮޑަށް މިބަލަނީ ހަކުރު ބައްޔަށް ސްކްރީން ނުކުރެވިފައި ތިބި މީހުން ސްކްރީން ކުރުން،" ޝިރުހާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދުވަހު ސްކްރީން ހަދަން މާލޭގައި 30 ސަރަހައްދެއް ކަނޑައަޅާނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ސްކްރީނިން ހެދޭނެ އިންތިޒާމު ހަމަަޖައްސަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ފެރީ ޓާމިނަލާއި ސްކޫލުތަކާއި އޮފީސްތައް ކައިރީގައި ބަހައްޓާނަން ސްކްރީން ހެދޭނެ ގޮތަށް،" ޝިރުހާނާ ވިދާޅުވި އެވެ.
ޑައިބެޓީސް ސޮސައިޓީން ވަނީ 15 އަހަރު ތެރޭ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށްގެން 40،000 އަށް ވުރެ ގިނަ މީހުން ހަކުރު ބައްޔަށް ސްކްރީންކޮށްފަ އެވެ.
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް
ހަކުރު ބަލި ޖެހޭ ޒުވާނުންނާއި ކުޑަކުދިން ވެސް ގިނަ
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
"ހަކުރު ބަލީގައި 21 ކުދިން، މިއީ ރަތް ސިގްނަލެއް"
4 އަތޮޅެއްގެ އާބާދީގެ ސިއްހަތާ މެދު ކަންބޮޑުވުން
"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ސްޕޮންސަރަކަށް ސްޓެލްކޯ
18 އަހަރަށް ފަހު ޑައިބެޓީސް ކްލިނިކް ހުއްޓާލަނީ
ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް
އޮސް މެޑިކަލްސް އިން ހަކުރު ޓެސްޓް ހިލޭ ހަދައިދެނީ