26 އެޕްރީލް 2022
ޑައިބެޓީސް ސޮސައިޓީއަށް މިއަދު 22 އަހަރު ފުރުނީ އެވެ. މުޅި ރާއްޖެއަށް ފޯރުކޮށްދެވުނު އެހީތެރިކަމުގެ އުފާފާޅުކުރަން ވީ ދުވަހު ސީއީއޯ، އައިޝަތު ޝިރުހާނާ ދެއްވަން އޮތީ ހިތާމަވެރި ހަބަރެކެވެ. މާލީ ދަތިތަކާ ހެދި ޑައިބެޓީސް ކްލިނިކް ހުއްޓާލަން މަޖުބޫރުވެ ޖަމިއްޔާ ހިންގަން ދަތިތަކެއް ކުރިމަތިވެފައި އޮތް ކަމުގެ ހިތްދަތިކަމެވެ.
ޑައިބެޓީސް ސޮސައިޓީއަށް މިއަދު 22 އަހަރު ފުރުނީ އެވެ. މުޅި ރާއްޖެއަށް ފޯރުކޮށްދެވުނު އެހީތެރިކަމުގެ އުފާފާޅުކުރަން ވީ ދުވަހު ސީއީއޯ، އައިޝަތު ޝިރުހާނާ ދެއްވަން އޮތީ ހިތާމަވެރި ހަބަރެކެވެ. މާލީ ދަތިތަކާ ހެދި ޑައިބެޓީސް ކްލިނިކް ހުއްޓާލަން މަޖުބޫރުވެ ޖަމިއްޔާ ހިންގަން ދަތިތަކެއް ކުރިމަތިވެފައި އޮތް ކަމުގެ ހިތްދަތިކަމެވެ.
"ކްލިނިކް ހުއްޓާލަން ޖެހުމަކީ ވަރަށް ބޮޑު ދެރައެއް،" ޖަމިއްޔާގެ އެންމެ ފުރަތަމަ މުވައްޒަފު ވިދާޅުވި އެވެ.
ހަކުރު ބަލީގެ ނުރައްކަލަށް އާއްމުން ހޭލުންތެރި ކުރުމަށް ޖަމިއްޔާ އުފެއްދީ 2000 ވަނަ އަހަރު އެވެ. މަސައްކަތް ފުޅާކުރައްވައި ކްލިނިކް އުފެއްދީ މީގެ 18 އަހަރު ކުރިން 2004 ގަ އެވެ.
މާލެ އާއި އަތޮޅުތަކުގެ ގިނަ ބަޔަކު ރަޖިސްޓްރީވެފައިވާ ޑައިބެޓީސް ސޮސައިޓީގެ ސީއީއޯ ޝިރުހާނާ "މިހާރު" އަށް ވިދާޅުވީ އެ ޖަމިއްޔާގެ ދިގު ދަތުރަށް ފަހު ކްލިނިކް ހުއްޓާލަން މަޖުބޫރުވީ އެއްވެސް އަލިމަގެއް ނުފެނިގެން ކަމަށެވެ.
ޑައިބެޓީސް ސޮސައިޓީން ހިންގި ސްކްރީނިން ޕްރޮގްރާމެއް. ހަކުރު ބަލީގެ ޓައިޕް-1 އާއި ޓައިޕް-2 ގެ 2،000 މީހުން އެތަނުގައި ރަޖިސްޓްރީ ވެފައިވޭ.
އެކަމަކު އަދިވެސް މަސައްކަތް ކުރަނީ ޖަމިއްޔާ އުވާނުލައި ހިދުމަތުގައި ދެމިތިބެން ކަމަށް އޭނާ ވިދާޅުވި އެވެ. ހަކުރު ބަލީގެ ޓައިޕް-1 އާއި ޓައިޕް-2 ގެ 2،000 މީހުން އެތަނުގައި ރަޖިސްޓްރީ ވެފައިވެ އެވެ.
ޑައިބެޓީސް ކްލިނިކް ހުއްޓާލަން ޖެހުނީ އެ ޖަމިއްޔާ އަށް ޑީން ދެއްވަމުން ގެންދެވި އެހީތެރިކަން ހުއްޓުނު ހިސާބުންނެވެ. ޖަމިއްޔާ ހިންގުމުގެ ދުވަހުން ދުވަހުގެ ހަރަދުތައް ޑީން ބަލަހައްޓަވައި، އެކި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްސްތައް ހިންގީ އެކި ތަންތަނުން އެހީ ހޯދައިގެންނެވެ.
ޖަމިއްޔާ އިން ހިންގި ޕްރޮގްރާމަކަށް ފަހު ސީއީއޯ ޝިރުހާނާ ކުއްޖަކާ ހަނދާނީ ލިއުމެއް ހަވާލުކުރައްވަނީ.
އެމަނިިކުފާނުގެ ބޮޑު އެހީއަކާ އެކު މިހާތަނަށް ޖަމިއްޔާ ހިންގިއަސް ވިޔަފާރިއާ ވަހިއްދީނުގެ ބޭފުޅުން ވިޔަފާރިއާ ހަވާލުވެވަޑައިގެން ހިސާބުން ޗެރިޓީގެ ބައެއް މަސައްކަތްތައް ހުއްޓާލެއްވުމުން ޑައެބިޓީސް ކްލިނިކަށް ވެސް އެކަމުގެ އަސަރުކުރީ އެވެ.
ޝިރުހާނާ ވިދާޅުވި ގޮތުގައި އެކަން އެންގި ހިސާބުން ވެސް ޑައިބެޓީސް ކްލިނިކް ހުއްޓާނުލައި ކުރިއަށް ގެންދެވޭތޯ ބެލި އެވެ. ހިލޭ ފަރުވާ ދޭ އެތަން ކުރިއަށް ގެންދިޔައީ ކޮވިޑުގެ ހާލަތުގައި ހަކުރު ބަލީގެ ވަރަށް ގިނަ ބަޔަކަށް އެހީ ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.
ޓައިޕް-1 ގެ އެބައުޅޭ މިހާރު ވެސް 180 ކުދިން ރަޖިސްޓްރީވެފައި. މީގެ ގިނަ ކުދިން ތިބީ އަތޮޅު ތެރޭގައި، ވަރަށް ރަނގަޅަށް ބަލަހައްޓަން ވެސް ޖެހޭ ކުދިން. ކްލިނިކް ހުއްޓާލުމަކީ އެ ކުދިންނަށް ވަރަށް ބޮޑަށް އޭގެ އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.
މިއީ ބަލި ހުރި ކަން އެނގުނު ހިސާބުން އިންސިއުލިން ޖަހައި ކެއުމުގެ ކުރިންނާއި ފަހުން ވެސް ޓެސްޓްކުރަން ޖެހޭ ކުދިންނެވެ.
"އަޅުގަނޑުމެންނަށް ވެސް ވަރަށް ދަތި ކަމަކަށް ވީ ގާތްގަނޑަކަށް 20 އަހަރު ދުވަހަށް ފަހު ހުއްޓާލުން. ވަރަށް މަސައްކަތް ކުރިން ބޭރުގެ ގްރާންޓާއި ރާއްޖެ އިން ވެސް އެހީ ލިބޭތޯ. އެކަމަކު ވެސް ކްލިނިކް ކުރިއަށް ގެންދެވޭ ވަރަކަށް އެ އެހީތެރިކަމެއް ނުލިބުނު،" އޭނާ ވިދާޅުވި އެވެ.
"އަސްލު ހަމަ ގޮތެއް ނެތިގެން ކްލިނިކް ހިންގޭ ވަރު ނުވެފައި މި ތިބީ. އެޑްމިނިސްޓްރޭޓިވް ސްޓާފުން އޭރުއްސުރެން [2020] އިން ފެށިގެން މަސައްކަތް ކުރަމުން މި އަންނަނީ ހިލޭ ސާބަހަށް. އެކަމަކު ޓެކްނިކަލް ސްޓާފުންނާއި ތަނުގެ ރެންޓާއި ބިލްތައް ދައްކަން ޖެހޭ. މި ކަންތައްތަކަށް ވެސް ދަތިވެގެން ހުއްޓާލަން މަޖުބޫރުވާ ގޮތަށް މި ތިބީ."
އުމުރުން ދުވަސްވީ މީހަކު ހަކުރު ބައްޔަށް ޓެސްޓްކުރަނީ.
ހަކުރު ބަލީގެ މީހުންނަށް ބޭނުންވާ ސާމާނު އެ ޖަމިއްޔާ އަށް ހިލޭ ފޯރުކޮށްދެވެނީ ތަންތަނަށް ލިޔެ އެހީ ވެސް ހޯދައިގެންނެވެ. އިދާރީ ހިންގުމަށް ބުރޫއަރައިފި ނަމަ އެފަދަ ސާމާނު ވެސް ހޯދަން ދަތިވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝިރުހާނާ ވިދާޅުވީ ކްލިނިކަށް އެހީ ލިބިއްޖެ ނަމަ ހިތްވަރު ކުރާނީ އަދިވެސް ހިންގުމަށެވެ. އެއީ އެތައް ބައެއްގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއްކަން ފާހަގަކުރެއްވި އެވެ.
ހަކުރު ޓެސްޓްކުރުމާއި ބަލިން އަރައިގަތުމުގައި އިންސިއުލިން އާއި އެހެނިހެން އެހީތެރިކަން އެ ޖަމިއްޔާ އިން އާއްމުންނަށް ފޯރުކޮށްދެނީ ހިލެ އެވެ. މި ޖަމިއްޔާގެ ހަރަކާތް ފުޅާވަމުން އައީ ރާއްޖޭގެ ބަލީގެ ހާލަތު އޮތް މިންވަރެއްގެ މައްޗަށެވެ.
ޑައިބެޓީސް ސޮސައިޓީން ހިންގި ކޭމްޕެއް؛ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ޖަމިއްޔާގެ ހިދުމަތް ފޯރުކޮށްދޭ.
އެންމެ ފަހުގެ ތަފާސްހިސާބުން ވެސް ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 65 ޕަސެންޓް މީހުން ހައި ރިސްކްގައި ތިބިއިރު، ހަކުރު ބަލީގެ ހާލަތު ގޯހެވެ. ކުޑަކުދިން ވެސް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމަކީ އެ ޖަމިއްޔާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
- ހަކުރު ބައްޔަށް ޓެސްޓްކުރަން ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދިނުން.
- ރާއްޖޭގެ ހުރިހާ ރަށެއްގައި ހަކުރު ބަލީގެ ސްކްރީން ޕްރޮގްރާމް 2015 ވަނަ އަހަރުގެ ނިޔަލަށް ނިންމި. ގިނަ ރަށްރަށުގައި އެއް ފަހަރަށް ވުރެން ގިނައިން ސްކްރީނިން ކުރިއަށް ގެންދިޔަ.
- ޑައިބެޓިކް އެޑިއުކޭޓަރުން ރަށްރަށަށް ތަމްރީންކުރި
- ޓައިޕް-1 ކުދިންނަށް ހަކުރު ބަލީގެ ކޭމްޕެއް ކޮންމެ ދެ އަހަރަކުން ކުރިއަށް ގެންދޭ.
އޮފީހެއް ނެތް ނަމަވެސް ޖަމިއްޔާ އުވިގެން ނުދާނެ އެވެ. އެކަމަކު އޮފީހެއް ނެތުމަކީ އެތައް ބަޔަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމަށް ހުރަސްއެޅޭނެ ކަމެއް ކަން ޝިރުހާނާ ފާހަގަކުރެއްވި އެވެ.
މިހާ ދުވަހު ޖަމިއްޔާގެ އިދާރީ ހިންގުމުގައި އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުހޯދީ އެއީ ޑީން ބޭނުންވާ ގޮތަކަށް ނުވާތީ އެވެ.
"އާސަންދައިން ނަގާ ކޮންސަލްޓޭޝަން ފީ ވެސް މިހާ ދުވަހު އަޅުގަނޑުމެން ނުނަގަން. އެކަމަކު ސަސްޓެއިންކުރަން ކުރާ މަސައްކަތުގައި އެކަން ވެސް ފެށީ،" ޝިރުހާނާ ވިދާޅުވި އެވެ.
އޭނާގެ އުއްމީދަކީ ޑައިބެޓީސް ކްލިނިކް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ކޮންމެވެސް މަގެއް ފެނުމެވެ.
"ހަކުރު ބަލީގައި 21 ކުދިން، މިއީ ރަތް ސިގްނަލެއް"
4 އަތޮޅެއްގެ އާބާދީގެ ސިއްހަތާ މެދު ކަންބޮޑުވުން
"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ސްޕޮންސަރަކަށް ސްޓެލްކޯ
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް
ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކޮށްފި
ހަކުރު ބަލި ޖެހޭ ޒުވާނުންނާއި ކުޑަކުދިން ވެސް ގިނަ
ހަކުރު ބައްޔަށް ޓެސްޓްކޮށްގެން ދުނިޔޭގެ ރެކޯޑް ހަދަނީ
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު