Roadha Mihaaru

ލޭގައި ހަކުރު ގިނަވުމުން ޖިންސީ ގޮތުން ބަލިކަށިވޭ: ދިރާސާ

ލޭގައި ހަކުރު ގިނަވުމުން ފިރިހެނުންނަށް ޖިންސީ މައްސަލަތައް ކުރިމަތިވާ ކަމަށް އެންޑޮކްރައިން ސޮސައިޓީގެ އަހަރީ ބައްދަލުވުމަށް ހުށަހެޅި ދިރާސާއެއްގައި ބުނެފި އެވެ.

ލޭގައި ހަކުރު ގިނަވުމުން ޖިންސީ ގޮތުން ބަލިކަށިވޭ

ލޭގައި ހަކުރު ގިނަވުމުން ފިރިހެނުންނަށް ޖިންސީ މައްސަލަތައް ކުރިމަތިވާ ކަމަށް އެންޑޮކްރައިން ސޮސައިޓީގެ އަހަރީ ބައްދަލުވުމަށް ހުށަހެޅި ދިރާސާއެއްގައި ބުނެފި އެވެ.

މި މަހުގެ 12 އިން 15 އަށް އެމެރިކާގެ ސެން ފްރެންސިސްކޯގައި ބޭއްވި "އެންޑޯ 2025" އަށް ހުށަހެޅި އަދި ޕިއަ-ރިވިއު ނުކުރާ ދިރާސާ ބުނެފައިވާ ގޮތުގައި ހަކުރު ބަލީގެ ގޮތުގައި ބަލާ މިންގަނޑަށް ވުރެ ކުޑަ ތަންކޮޅެއް ދަށުގައި ހަކުރުގެ މިންވަރު ހުއްޓަސް ފިރިހެނުންގެ ދަރިފަނީގެ ހަރަކާތްތަކަށް ނޭދެވޭ އަސަރުކުރެ އެވެ. އަދި "އިރެކްޓައިލް" ނުވަތަ ވަރު ނުޖެހުމުގެ މައްސަލަ ވެސް ދިމާވެ އެވެ.

މި ދިރާސާގައި ވަނީ ޓައިޕް 2 ޑައެބިޓީސް އަށް ފަރުވާ ހޯދުމުގެ ގޮތުން ބަރުދަން ލުއިކުރުމަށް ބޭސް ދެމުން އަންނަ 110 ފިރިހެނެއްގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކޮށްފަ އެވެ. މި މީހުންނަކީ ޓެސްޓޯސްޓެރޯން ނުވަތަ ހޯމޯނަލް ފަރުވާއެއް ހޯދާ ބައެއް ނޫނެވެ.

ހޯދުންތަކުން ދެއްކި ގޮތުގައި ބަރުދަން 10 ޕަސެންޓް ދަށްވުމާ އެކު، އާދައިގެ މިންވަރެއްގައި ޓޯޓަލް އަދި ފްރީ ޓެސްޓޮސްޓެރޯންގެ ހުރި މީހުންގެ މި ހޯމޯންތައް 53 ޕަސެންޓުން 77 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.

ޕްރިލިމިނަރީ ދިރާސާއިން ދައްކާ ގޮތުގައި ލޭގައި ހަކުރު މަތިވުމުން، ފިރިހެނުންގެ ޖިންސީ ސިއްހަތަށް މުހިއްމު ޓެސްޓޯސްޓެރޯން ލެވެލް ދަށްވެ އެވެ. ޓެސްޓޮސްޓެރޯން ލެވެލް އިން ސީދާ އިރެކްޓައިލް ފަންކްޝަނަށް އަސަރެއް ނުކުރި ނަމަވެސް، އެއީ ޖިންސީ އެދުންވެރިކަމާ ގުޅިފައިވާ މާއްދާތަކެކެވެ.

"ހޯލް ފުޑް" ނުވަތަ ވީހާ ވެސް ކުޑަކޮށް ޕްރޮސެސް ކޮށްފައި ހުންނަ ކާނާ އާއި ފައިބަ ގިނަ ބެލެންސްޑް ޑައިޓުން، ލޭގައި ހަކުރު ހުންނަ މިންވަރު ހަމައަކަށް އަޅުވައި އިންފްލެމޭޝަން ދަށްކުރުމަށް އެހީތެރިވެދެ އެވެ. ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ އުޅުމުން އިންސިއުލިން ސެންސިޓިވިޓީ އިތުރުވެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެ އެވެ.