Roadha Mihaaru
ރޯގާ ޖެހުމުން ނޫނަސް ލުނބޯ ސައެއް ބޯލަން ރަނގަޅު

ރޯގާ ޖެހުމުން ނޫނަސް ލުނބޯ ސައެއް ބޯލަން ރަނގަޅު

26 ޖެނުއަރީ 2021

ކަޅުސައި ބޯއިރު ބައެއް މީހުން އާންމުކޮށް ލުނބޯހުތް އަޅަ އެވެ. އަރިދަފުސް ރޯގާ ޖެހުމުން މިހެން ސައި ބޯ މީހުން ވަރަށް ގިނަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަޅުސައި ބޯއިރު ބައެއް މީހުން އާންމުކޮށް ލުނބޯހުތް އަޅަ އެވެ. އަރިދަފުސް ރޯގާ ޖެހުމުން މިހެން ސައި ބޯ މީހުން ވަރަށް ގިނަ އެވެ.

ސަޔަށް ލުނބޯހުތް އަޅައިގެން ބުއިމަކީ ބަރުދަން ލުއިކޮށްދޭން އެހީއަކަށްވާ ކަމެކެވެ. އެހެންވެ ހިކެން މަސައްކަތްކުރާ މީހެއް ނަމަ މިއީ ބޭނުންކޮށްލެވިދާނެ އުކުޅެކެވެ.

ލުނބޯ ހުތުގެ ސަބަބުން ފެޓްތައް ވިރުވާލަދަ އެވެ. އަދި މިއީ ކާނާ އަވަހަށް ހަކަތަ އަށް ބަދަލުކޮށްދޭން ވެސް މަގުފަހިކޮށްދޭ އެއްޗެކެވެ. ނަތީޖާ އަކީ ބަރުދަން ލުއިވާން އެހީއަކަށްވުމެވެ.

ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަތައް ހުންނަ މީހުންނަށް ވެސް ލުނބޯ ސަޔަކީ ލުއިކަން ހޯދައިދޭނެ އެއްޗެކެވެ. ލުނބޯހުތުގައި އެކުލެވޭ އެންޒައިމްގެ ސަބަބުން، ހަޖަމްކުރަން ފަސޭހަކޮށްދީ ގުރުދާގެ މަސައްކަތްތައް ހައްލުކޮށްދޭން ބާރަކަށްވެ އެވެ.

ހަކުރުބަލީގެ މީހުން ލުނބު ސައި ބޯ ނަމަ ހަށިގަނޑުގެ ހަކުރުގެ ލެވެލް ކޮންޓްރޯލްކޮށްދިނުމަށް އެހީވެ އެވެ. ލޭގެ ހަކުރުގެ ލެވެލް މަތިވަނީ ހަށިގަނޑުގެ އިންސިއުލިން މަތިވާތީ ކަމަށްވާތީ އެކަމުގެ ހައްލު މި ބުއިމުން ލިއްބައިދެ އެވެ.

ދިފާއީ ނިޒާމު ވަރުގަދަކުރަން ވެސް ލުނބޯ ސައި ބޭނުންކުރެވިދާނެ އެވެ. މިއީ ވިޓަމިން ސީން މުއްސަނދިވެފައިވާ ބުއިމަކަށްވާތީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ވެސް ރައްކާތެރިކޮށް ދޭނެ އެވެ. ހަމަމިއަ އެކު ލުނބޯ ސައި ބޯ ނަމަ ލޭގެ ޕްރެޝަރު ވެސް ހަމައަކަށް އަޅުވައި ދެ އެވެ. އެއާ އެކު އާންމު ގިނަ ބަލިތަކުން ރައްކާތެރިކޮށްދޭން ބާރަކަށްވެ އެވެ.

ހިތުގެ މައްސަލަތަކާ ދެކޮޅަށް ވެސް ބޭނުންކޮށްލެވިދާނެ ލުއި ފަރުވާއަކަށް ލުނބޯ ސައި އިހުތިޔާރުކުރެވިދާނެ އެވެ. މީގެ ސަބަބުން ކޮލެސްޓްރޯލް ކޮންޓްރޯލްކޮށްދީ ޖުމްލަކޮށް ހިތުގެ ވަރަށް ގިނަ މައްސަލަކުން ރައްކާތެރިކަން ކަށަވަރުކޮށް ދޭނެ އެވެ.