30 އެޕްރީލް 2021
މުރަނގަފަތަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ފަތެކެވެ. އެކަމަކު ގިނަ ފަހަރަށް މި ފަތް ބޭނުން ކުރެވެނީ ތެލުލައިގެންނެވެ. އޭގެ ސަބަބުން، އެ ފަތުން ލިއްބައިދޭ އެތައް ފައިދާއެއް ގެއްލި، ތެލުގެ ތެރެއަށް ވެއްޓުން ނޫން ކަމެއް ނުވެ އެވެ. މުރަނގަފަތް ތެލުލައިގެން ކާން އަނގަޔަށް ކިތަންމެ މީރަސް ސިއްހީ ގޮތުން ބަލާ އިރު އެއީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ.
މުރަނގަފަތަކީ ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ފަތެކެވެ. އެކަމަކު ގިނަ ފަހަރަށް މި ފަތް ބޭނުން ކުރެވެނީ ތެލުލައިގެންނެވެ. އޭގެ ސަބަބުން، އެ ފަތުން ލިއްބައިދޭ އެތައް ފައިދާއެއް ގެއްލި، ތެލުގެ ތެރެއަށް ވެއްޓުން ނޫން ކަމެއް ނުވެ އެވެ. މުރަނގަފަތް ތެލުލައިގެން ކާން އަނގަޔަށް ކިތަންމެ މީރަސް ސިއްހީ ގޮތުން ބަލާ އިރު އެއީ އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ.
އެހެންވެ މުރަނގަފަތް ކާންވީ ތާޒާކޮށެވެ. ސަޓަނި ހަދައިގެން ކެޔަސް އަދި ރިހަ ނުވަތަ ގަރުދިޔަ ކަހަލަ އެއްޗަކާ އެކު ކެޔަސް އެންމެ ރަނގަޅީ ތާޒާކޮށް ކެއުމެވެ. އަދި ސައި ހަދަން ވެސް މުރަނގަފަތަކީ ބޭނުންކޮށް އުޅޭ އެއްޗެކެވެ.
މުރަނގަފަތަކީ އެންޓި-ފަންގަލް، އެންޓި-ވައިރަލް، އެންޓި-ޑިޕްރެޒަންޓް އަދި އެންޓި-އިންފްލޭމަޓަރީ މާއްދާތަކުން މުއްސަނދި ފަތަކަށްވާތީ މިއީ ސިއްހީ ދުޅަހެޔޮކަމާ ވެސް ގުޅުވައިދޭ އެއްޗެކެވެ. މުރަނގަފަތް ބޭނުންކުރާ ނަމަ ޕްރޮޓީނާއި ވިޓަމިން ބީ6 އާއި ވިޓަމިން ސީ/އޭ، އަޔަން، ރިބޯފްލެވިން އަދި މެގްނީޒިއަމް ފަދަ ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާއެއް ލިއްބައިދޭނެ އެވެ.
މިފަތަކީ އެންޓިއޮކްސިޑަންޓްތަކުން ވެސް މުއްސަނދި އެއްޗަކަށްވާތީ ބޮޑެތި ވަރަށް ގިނަ ބަލިތަކުން މީހާ ދުރުކޮށްދޭން އެހީއަކަށްވާނެ އެވެ. އޭގެ ތެރޭގައި ހަކުރުބައްޔާއި ކެންސަރާއި އާތުރައިޓްސް އާއި ނޭވާހިއްލުމާއި ހަނދާންނެތޭ ބަލި ހިމެނެ އެވެ.
އާންމުކޮށް މުރަނގަފަތް ކާ ނަމަ ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް، ހަކުރުބަލީގެ މައްސަލަތަކުން ރައްކާތެރިކޮށް ދޭނެ އެވެ.
ލޭމައްޗަށް ދިއުމާ ދެކޮޅަށް ވެސް ޑައިޓްގެ ތެރޭގައި މުރަނގަފަތް ހިމެނުމަކީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ އެވެ. އެ ފަތް އާންމުކޮށް ބޭނުންކުރާ ނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދޭނެ އެވެ. ކޮލެސްޓްރޯލް މަތިވުން ފަދަ މައްސަލަތަކަކީ ހިތުގެ ބަލިތަކަށް ވެސް މަގުފަހިވާ ކަމެކެވެ. އެހެންވެ އާންމުކޮށް މުރަނގަފަތް ކާ ނަމަ ކޮލެސްޓްރޯލް ދަށްކޮށްދޭނެ އެވެ.
މުރަނގަފަތަކީ ސިއްހީ އެތައް ކަމަކަށް އެހީއަކަށްވާ އިރު މިއީ ބޭސްވެރިކަމުގައި ވެސް ބޭނުންކޮށް އުޅޭ އެއްޗެކެވެ.
ދުވާލަކަށް އެންމެ ތިން ކަދުރުން ބޮޑު ފައިދާއެއް
ރަހަ މީރުކޮށްދޭ ދިރީގެ ފައިދާ ވެސް ގިނަ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ
ރާނބާފަތް ހަމައެކަނި ރަހަމީރު ކުރާކަށް ނޫން
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު
ރޯގާ ޖެހުމުން ނޫނަސް ލުނބޯ ސައެއް ބޯލަން ރަނގަޅު
ކޮލެސްޓްރޯލާ ދެކޮޅަށް ކެޝޫ ނަޓްސް
ތަފާތުކޮށްލަން އަސޭމިރުސް ސައެއް ބޯލާ!