Roadha Mihaaru
ކަޅު ސައި ބުއިން ހުއްޓާލާނެކަމެއް ނެތް

ކަޅު ސައި ބުއިން ހުއްޓާލާނެކަމެއް ނެތް

18 ޖެނުއަރީ 2021

ކަޅު ސައި ކޮންމެ ދުވަހަކު ނުބޯ މީހަކު ވަރަށް މަދުވާނެ އެވެ. ވަރަށް ގިނަ މީހުންނަށް ހެނދުނުގެ ނާސްތާގެ އެންމެ މުހިއްމު ބަޔަކީ ސައެވެ. ސައި ބުއިމަކީ އާދައަކަށް ވެފައި ވާއިރު ސިއްހީ ގޮތުން ބަލާއިރު ވެސް މިއީ ދޫކޮށްނުލައި ހިފަހައްޓަންޖެހޭ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަޅު ސައި ކޮންމެ ދުވަހަކު ނުބޯ މީހަކު ވަރަށް މަދުވާނެ އެވެ. ވަރަށް ގިނަ މީހުންނަށް ހެނދުނުގެ ނާސްތާގެ އެންމެ މުހިއްމު ބަޔަކީ ސައެވެ. ސައި ބުއިމަކީ އާދައަކަށް ވެފައި ވާއިރު ސިއްހީ ގޮތުން ބަލާއިރު ވެސް މިއީ ދޫކޮށްނުލައި ހިފަހައްޓަންޖެހޭ ކަމެކެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ކަޅު ސައިގައި އެކުލެވޭ ޕޮލިފެނޯލްސް ކިޔާ މާއްދާ އަކީ ހަށިގަނޑުގެ އެކި ތަންތަނުގައި ޓިއުމަރު އުފެދުމު ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ. ހަމަމިއާ އެކު ކަޅު ސައި އާދަކޮށް ބޯ ނަމަ އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ހަމުގެ ކެންސަރުގެ އިތުރުން ޕްރޮސްޓޭޓް ކެންސަރުން ވެސް ރައްކާތެރިކަން ހޯދައިދެ އެވެ.

ކަޅު ސައިން ހިތުގެ މައްސަލަތަކާ ވެސް ދުރުކޮށްދެ އެވެ. ހިތަށް ދިމާވާ ގިނަ މައްސަލަތަކުން ރައްކާތެރިކަން ހޯދައިދޭން، މީގައި އެކުލެވޭ ފްލެވަނޮއިޑްސް ބާރަކަށްވެ އެވެ.

ކަޅުސައި ބޯ ނަމަ ސްޓްރޯކުން ވެސް ރައްކާތެރިވުމަށް އެހީއަކަށްވެ އެވެ. ސިކުނޑި އަށް ލޭ ފޮނުވައިދިނުން ފަދަ ހަށިގަނޑުގެ ނާރުތަކާ ގުޅުން ހުރި މަސައްކަތްތައް ރަނގަޅުކޮށްދިނުމުގައި ކަޅުސައިގައި އެކުލެވޭ މާއްދާތައް މުހިއްމު ރޯލެއް އަދާކުރެ އެވެ.

ކޮލެސްޓްރޯލްގެ މައްސަލަ ދިމާވާ ނަމަ އެކަމާ ދެކޮޅަށް ވެސް އޮތް ލުއި ފަރުވާއަކަށް ކަޅުސައި ދާއިމީ ބުއިމަކަށް ހެދުން ހިމެނެ އެވެ.

ކަޅުސައިޓެއް ބޯލުމުން މީހާގެ ހަކަތަ ވެސް އިތުރުކޮށްދެ އެވެ. ނަތީޖާ އަކީ ކަންކަމަަށް ފޯކަސްކުރަން ފަސޭހަވުމެވެ. ކަޅުސައިތައްޓެއް ބޯލުމުން ހިއްސުތައް ހޭލައްވާލައި މީހާ އަށް ތާޒާކަން ވެސް ގެނުވައި ދޭނެ އެވެ.

ކަޅުސަޔަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ އެންޓިއޮކްސިޑަންޓްތަައް އެކުލެވޭ ބުއިމެކެވެ. އޭގެ ތެރޭގައި ކެޓެކިންސް، ތިއާފްލެވިންސް އަދި ތިއާރުބިޖިން ހިމެނެ އެވެ. މީގެ ސަބަބުން ޖުމްލަކޮށް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދެ އެވެ.

ކަޅުސައިން ލިއްބައިދޭ އިތުރު ފައިދާތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ދިނުމާއި ބަނޑުގެ މައްސަލަތަކުން ދުރުކޮށްދިނުމާއި ލޭގެ ހަކުރުގެ ލެވެލް ކޮންޓްރޯލްކޮށް ދިނުމާއި އަނގައިގައި ޖަރާސީމުތައް އުފެދުން ހުއްޓުވައި ދިނުން ހިމެނެ އެވެ.

ކަޅުސައި ބޯ އިރު، ހަކުރުގެ ބަދަލުގައި މާމުއި ބޭނުންކުރުމަކީ ސިއްހީ ގޮތުން ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.