Roadha Mihaaru
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ

ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ

20 ޖެނުއަރީ 2021

ކިތަންމެ ކުޑަކޮށް ވިޔަސް ތެލުލި ކެއުމުން ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ ސްޓްރޯކް ޖެހުމަށް ވެސް މަގުފަހިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކިތަންމެ ކުޑަކޮށް ވިޔަސް ތެލުލި ކެއުމުން ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ ސްޓްރޯކް ޖެހުމަށް ވެސް މަގުފަހިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ހާޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނީ ތެލުލި ކާނާގެ ސަބަބުން ހީ ނުކުރާ ވަރުގެ ގެއްލުންތައް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އޭގައި ފާހަގަކޮށްފައިވާ ތެލުލި ކާނާ ކެވޭ ދުވަސްތައް ގިނަ ނަމަ ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 28 ޕަސަންޓަށް އިތުރުވެ އެވެ. ހަމަ މިއާ އެކު، ކޮރަނަރީ ހާޓް ޑިޒީޒްގެ ނުރައްކާ 22 ޕަސެންޓަށް އަދި ހިތް ހުއްޓުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ 37 ޕަސެންޓަށް އިތުރުވާ ކަމަށް ދިރާސާ ރިޕޯޓްގައި ބުންޏެވެ.

ހަފުތާއަކަށް 114 ގްރާމް ނުވަތަ ބައި ޖޯޑު ތެލުލި ކާނާ ކެވޭ ނަމަ ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ތިން ޕަސެންޓަށް އިތުރުވެ އެވެ. އަދި ހިތުގެ ބަލިތަކަށް މަގުފަހިވުން ދެ ޕަސެންޓަށް އިތުރުވާ އިރު ހިތް ހުއްޓުމުގެ ފުރުސަތު 12 ޕަސެންޓް ބޮޑުވެ އެވެ.

ކެއުމުގައި ވައްޓަފާޅި ބެހެއްޓޭ ގޮތުގެ ކުޑަ މިސާލެއް ދައްކަމުން ރިޕޯޓްފައި ފާހަގަކޮށްފައިވާ ގޮތުގައި ކުރިން ފާހަގަކުރި ނަމްބަރުތަކުގެ ބިރުވެރި ކަމަކީ މީޑިއަމް ސައިޒް ނުވަތަ ގާތްގަނޑަކަށް 117 ގްރާމްގެ ފްރެންޗް ފްރައި ޕޯޝަނަކުން އެތައް ގެއްލުމެއް ލިބުމެވެ.

ފްރައިޑް ނުވަތަ ތެލުލި ކާނާގެ ނުރައްކަލަކީ އެފަދަ ކާނާ ތައްޔާރުކުރުމުގެ މަރުހަލާގައި ތެލުގައި އެކުލެވޭ ފެޓްތައް ކާ އެއްޗިހީގެ ތެރެއަށް ދަމައިގެނެ ކެލަރީ އިންތިހާ އަށް އިތިރުވުމަށް މަގުފަހިވުމެވެ. ހަމަމިއާ އެކު ބާޒާރު ގަންނަ ފްރައިޑް އަދި ޕްރޮސެސްޑް ކާނާތަކަކީ ޓްރާންސް ފެޓް ގިނަ އަދަދަކަށް އެކުލެވޭ ކާނާތައް ކަމަށް ރިޕޯޓްގައި ބުންޏެވެ.

ތެލުލާފައި ހުރި ކާނާތަކެއް.

ތެލުލާފައި ހުރި ކާނާތަކެއް.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ތައްޔާރީ ކާނާ އުފެއްދުމުގެ އިންޑަސްޓްރީ އަށް ބަލާ އިރު ފްރައިޑް ކާނާ ތައްޔާރުކުރުމަކީ ވިޔަފާރީގެ ގޮތުން ކުންފުނިތަކަށް ފައިދާ ބޮޑު ކަމެކެވެ. އެހެންވެ އެފަދަ ކާނާތައް ޕްރޮމޯޓްކުރަން ވެސް ކުންފުނިތަކުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ބުންޏެވެ. ފްރައިޑް ކާނާ އަކީ ހަރަދު ކުޑަކޮށް ތައްޔާރުކޮށްލެވޭ އަދި ގިނަ އިރުތަކަކަށް ރައްކާކުރެވުމުގެގެ އިތުރަށް އަނގަޔަށް މީރު ކާނާތަކަކަށްވުން ހިމެނެ އެވެ.

ރިޕޯޓްގައި ބުނީ ތެލުލި ކާނާތަކުގެ އިތުރުން ހަށިގަނޑަށް ނުރައްކާ ޓްރާންސް ފެޓް އެެކުލެވޭ އެއްޗެހީގެ ތެރޭގައި ގަނޑުކުރި ޕިއްޒާ އާއި ޕައި ކްރަސްޓާއި ކޭކާއި ކޮފީ ކްރީމާ އާއި ކުކީޒް އާއި ކްރެކާ އާއި ބިސްކޯދު ފަދަ އެތައް ބާވަތެއް ހިމެނޭ ކަމަށެވެ.