18 ފެބުރުއަރީ 2020
ގިނައިން ކަސްރަތުކުރާ މީހުންނަށް ކިޑްނީގެ ބަލިތަައް ޖެހުމުގު ފުރުސަތު ކުޑަކޮށްދޭ ކަމެއް ދިރާސާއެއްގައި ބުނެފި އެވެ.
ގިނައިން ކަސްރަތުކުރާ މީހުންނަށް ކިޑްނީގެ ބަލިތަައް ޖެހުމުގު ފުރުސަތު ކުޑަކޮށްދޭ ކަމެއް ދިރާސާއެއްގައި ބުނެފި އެވެ.
ޓައިވާނުގައި ޗައިނީޒް ޔުނިވަސިޓީ އޮފް ހޮންކޮގުން މި ދިރާސާ ހަދާފައި ވަނީ ކިޑްނީގެ އެއްވެސް ކަހަލަ މައްސަލައެއް ނެތް 200،000 މީހުންގެ ސިއްހީ ހާލަތު 18 އަހަރުގެ މުއްދަތަކަށް ރެކޯޑްކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު މައިިގަނޑު ކަމަކީ އެ މުއްދަތުގެ ތެރޭގައި، އާންމުކޮށް ގިނައިން ކަސްރަތުކުރާ މީހުން އެ ނޫން މީހުންނާ އަޅާކިޔާ އިރު ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު 9 ޕަސަންޓް ދަށްވި ކަމެވެ.
މި ދިރާސާ ހެދުމުގައި އިސްކޮށް އުޅުއްވި ޒިއަންގް ކިއާން ލާއޯ ވިދާޅުވި ގޮތުގައި ހަރަކާތްތެރިކަން ކުޑަވުމަކީ ސިއްހީ ގޮތުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ކަސްރަތުކޮށް، ހެލިފެލިވެ އުޅުން އާންމު ނަމަ، ހަށިގަނޑު ލޭ ދައުރުކޮށްދިނުން ރަނގަޅުވުމާ އެކު ހިތުގެ އެކި މައްސަލަތަކާއި ހަކުރުބަލި ފަދަ ކަންކަމުން ރައްކާތެރިކޮށްދޭން ބާރުއަޅާ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ މީހުންނަށް ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް ވިދާޅުވި އެވެ.
"ދިރާސާ އިން ސީދާ އަދި ހޯދިފައެއް ނެތް ކަސްރަތުން ކިޑްނީގެ ބަލިތައް ދުރުކޮށްދެނީ ކޮން ސަބަބުތަކާ ހުރެ ކަމެއް،" ޒިއަންގް ވިދާޅުވި އެވެ. "އެކަމަކު އޭގެ ސަބަބަކަށް ވެދާނެ ހިތާ ގުޅުން ހުރި ރަނގަޅު އާދަތަކާ ކިޑްނީގެ ބަލިތަކާ ގުޅުން ހުރީ ކަމަށް. އެހެންވެ ވަރަށް މުހިއްމު ކަމެއް ގިނައިން ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީ."
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވަމުންދާ ވަރަކަށް ކިޑްނީގެ މަސައްކަތްތައް ވެސް ދާނީ ދަށްވަމުންނެވެ. ނަމަވެސް ދުޅަހެޔޮ ލައިފްސްޓައިލަކުން މިކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދޭނެ ކަމަށް ބުންޏެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ކެއުން ކޮންޓްރޯލްކޮށް، ސިއްހަތަށް ފައިދާ ހުރި ކާނާތައް ކާން އިސްކަން ދިނުން ފަދަ ކަންކަން ކުރެވިދާނެކަން ފާހަގަކޮށްފައިވެ އެވެ.
ދިރާސާގައި ބުނިގޮތުގައި ކިޑްނީގެ މައްސަލަތަކާއި ހިތުގެ މައްސަލަތައް ހުންނަ މީހުން ތިބޭ އާއިލާއެއް ނަމަ އެ މީހަކަށް ކްރޮނިކް ކިޑްނީ ޑިޒީޒް ވާރުތަކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ.
ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޮޑު މީހަކަށް ހަފުތާއަކު 75-150 މިނިޓްގެ ކަސްރަތު ބޭނުންވާނެ އެވެ. އޭގެ ތެރޭގައި ތަންކޮޅެއް ލުއި ކަސްރަތާއި ތަންކޮޅެއް ވަރުގަދަ ކަސްރަތު ވެސް ހިމެނެ އެވެ.
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ހަކުރަށް ދޭ ބޭހަކުން ކިޑްނީ އާއި ހިތަށް ފައިދާ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ރޭގަނޑުގެ ކެއުން އަވަސްކުރުމުގެ ފައިދާ ބޮޑު
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
ސިއްހަތު ވަޒަންކުރަން އުނަގަނޑުގެ ސައިޒް
ކަޅު ކޮފީން ހިތަށް ބޮޑު ފައިދާއެއް؛ ހަކުރު ނާޅާތި!
ރޯގާ ޖެހުމުން ނޫނަސް ލުނބޯ ސައެއް ބޯލަން ރަނގަޅު