14 އޮކްޓޯބަރ 2016
ހަކުރު ބޭނުންކުރުން ހުއްޓާލާތާ އެންމެ ނުވަ ދުވަސް ތެރޭ ހަށިގަނޑުން ރަނގަޅު ބަދަލުތައް ފެންނަން ފަށާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ހަކުރު ބޭނުންކުރުން ހުއްޓާލާތާ އެންމެ ނުވަ ދުވަސް ތެރޭ ހަށިގަނޑުން ރަނގަޅު ބަދަލުތައް ފެންނަން ފަށާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އޮބެސިޓީ ޖާނަލްގައި، އެކަށީގެންވާ ވަރަށް ވުރެ ފަލަ ނުވަތަ އޮބީސް 43 ކުއްޖަކު ބައިވެރިކޮށްގެން ކުރި ދިރާސާއަށް ފަހު ބުނެފައި ވަނީ ހަކުރު ހަށިގަނޑަށް ނުރައްކާ ވަނީ އޭގެ ކެލަރީސް މަތިކަމުން ނޫން ކަމަށާއި މެޓަބޮލިޒަމް އަށް ހަކުރުން ގެންނަ އޮޅުންބޮޅުން ބޮޑުކަމުން ކަމަށެވެ.
ދިރާސާގައި އިސްކޮށް ހުރި، ސެން ފްރެންސިސްކޯގެ ބެނިއޮފް ޗިލްރެންސް ހޮސްޕިޓަލްގެ ރޮބާޓް ލަސްޓިން ވިދާޅުވެފައި ވަނީ ހަކުރު ބޭނުންކުރުން ހުއްޓާލާތާ ނުވަ ދުވަސް ތެރޭ ކޮލެސްޓްރޯލް އާއި އިންސިއުލިންގެ ލެވަލް ވެސް ރަނގަޅުވާ ކަމަށެވެ.
"ހުރިހާ ކަމެއް ވެސް ރަނގަޅުވި،" ޑރ. ލަސްޓިން ވިދާޅުވެފައިވެ އެވެ.
ލަސްޓިން ވިދާޅުވެފައި ވަނީ މިއީ ކުޑަކުދިންނަށް ހަކުރު ދިނުން ކޮންޓްރޯލްކޮށް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމުގެ ހެއްކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ފަލަވަނީ ހަކުރުގެ ސަބަބުން ނޫން ކަމަށާއި މާގިނައިން ކާތީ ކަމަށް، ކާތަކެތި އުފައްދާ ކުންފުނިތަކުން ބުނި ކަމުގައި ވިޔަސް އެއީ ރަނގަޅު ވާހަކައެއް ނޫންކަން މި ދިރާސާއިން ވަނީ ސާބިތުވެފަ އެވެ.
ދިރާސާގައި ބައިވެރިކުރި 8-18 އަހަރާ ދެމެދުގެ ކުދިންގެ ހަށިގަނޑުގެ ބަރުދަނާއި އެހެން ބައެއް ކަންކަމަށް އައި ބަދަލުތައް ވަޒަންކުރުމަށް ފަހު ލަސްޓިން ވިދާޅުވެފައި ވަނީ ހަކުރުން ލިބޭ ކެލަރީ އަކީ އެންމެ ނުރައްކާ ކެލަރީ ކަމަށާއި އެ ކެލަރީ ލިވާގައި ފެޓަށް ބަދަލުވާ ކަމަށެވެ. މިކަމުގެ ސަބަބުން އިންސިއުލިން ރެސިސްޓެންސް އަށް މަގުފަހިވެ ހަކުރު ބައްޔާއި ހިތުގެ ބަލި އަދި ލިވާގެ ބަލިތަކަށް ވެސް ހުށަހެޅެ އެވެ.
ދިރާސާކުރުމުގައި އުޅުއްވި ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ ހަކުރު ހުއްޓާލުމުން ހަށިގަނޑަށް އަންނަވަރުގެ ބޮޑެތި ބަދަލުތަކެއް މީގެ ކުރިން އެހެން ކަމެއްގައި ފާހަގަވެފައި ނުވާ ކަމަށެވެ.
ސިއްހަތު ވަޒަންކުރަން އުނަގަނޑުގެ ސައިޒް
ސްޓްރޯބެރީން ހަނދާން ގަދަކޮށްދޭ
ކާފޫރުތޮޅީގެ ފައިދާތައް ގިނަ
ފޮނި ބުއިންތައް އިޝްތިހާރުކުރުން ސިންގަޕޫރުގައި މަނާ
ސްޓްރޯކްގެ ނުރައްކާ ކުޑަކުރަން ހެނދުނު ނާސްތާ މުހިންމު
ފައިބަ މުއްސަނދި ޑައެޓެއް ވަރަށް މުހިއްމު
ފަލަ އެކަމަކު ފިޓު މީހުންނެއް ނޫޅޭނެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް