26 މާޗް 2020
މޭވާތަކުގެ ތެރެއިން ސްޓްރޯބެރީ އަކީ ވެސް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. ދުޅަހެޔޮ ޑައިޓަކަށް މަސައްކަތްކުރާ ނަމަ މި މޭވާ އަކީ މުހިއްމު އެއްޗެކެވެ. ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް ލިއްބައިދޭ ސްޓްރޯބެރީ އަކީ ވަކިން ހާއްސަކޮށް ފައިބަރުން މުއްސަނދި އެއްޗެކެވެ.
މޭވާތަކުގެ ތެރެއިން ސްޓްރޯބެރީ އަކީ ވެސް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. ދުޅަހެޔޮ ޑައިޓަކަށް މަސައްކަތްކުރާ ނަމަ މި މޭވާ އަކީ މުހިއްމު އެއްޗެކެވެ. ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް ލިއްބައިދޭ ސްޓްރޯބެރީ އަކީ ވަކިން ހާއްސަކޮށް ފައިބަރުން މުއްސަނދި އެއްޗެކެވެ.
ފަހަރުގައި ސްޓްރޯބެރީ އަކީ ތަންކޮޅެއް އަގުބޮޑު އެއްޗަކަށްވާތީ މިއީ އެހާ އާންމުކޮށް ކާން ފުރުސަތު ނުލިބިދާނެ އެއްޗެކެވެ. އެކަމަކު ކައި އުޅޭ މޭވާތަކުގެ ތެރެއަށް ދޭތެރެއަކުން ނަމަވެސް ސްޓްރޯބެރީ އިތުރުކޮށްލުމަކީ އެތައް ފައިދާއެއް ހޯދިދާނެ ކަމެކެވެ.
މި މޭވާގެ އެންމެ ހާއްސަ އެއް ކަމަކީ ހަނދާންކޮށް ދިނުމެވެ. ސްޓްރޯބެރީގައި އެކުލެވޭ އެންޓިއޮކްސިޑަންޓްތަކަކީ ހަލާކުވާ ސިކުނޑީގެ ސެލްތައް އާލާކޮށްދީ މަރާމާތުކޮށް ދިނުމުގެ އިތުރަށް، ފްރީ ރެޑިކަލްތަކުން ވެސް ރައްކާތެރިކޮށްދޭނެ ކަމެކެވެ. ސްޓްރޯބެރީ އަކީ އެ ފެނުމުން ވެސް ހިތާއި ސިކުނޑި އަށް އުފާވެރިކަން ގެނެސްދޭ މޭވާއެކެވެ.
ހަށިގަނޑު ރިލެކްސްކޮށްދޭ މޭވާއެއްގެ ގޮތުގައި ވެސް ސްޓްރޯބެރީ ފާހަގަކުރެވިފައިވާ އިރު، މިއީ ޕޮޓޭސިއަމުން މުއްސަނދި އެއްޗެކެވެ. އޭގެ ނަތީޖާ އަކީ ސްޓްރޯބެރީ ކާ ނަމަ ހަށިގަނޑުގެ ލޭހޮޅިތަކުގެ މަސައްކަތްތައް ވެސް ރަނގަޅުކޮށްދީ، ލޭ ދައުރުވުން ހަމައަކަށް އަޅުވައިދޭން އެހީވުމެވެ. އެއާއާ އެކު މިއީ ލޭގެ ޕްރެޝަރު ވެސް ކޮންޓްރޯލްކޮށްދޭނެ އެހީއެކެވެ.
ވިޓަމިން ސީން ސްޓްރޯބެރީން ފައްކާވެފައިވާތީ މިއީ ބޭނުންކުރުމުން ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދޭނެ މޭވާއެކެވެ. އެހެންވެ ބަލިތަކުން ރައްކާތެރިވެ ހުރުމަށް ދިފާއީ ނިޒާމު ވަރުގަދަވުން ވެސް ވަރަށް މުހިއްމެވެ. ޖަރާސީމުތަކާއި އެކި ކަހަލަ އިންފެކްޝަންތަކުން ހިމާޔަތް ހޯދަން ސްޓްރޯބެރީ އަކީ ބޭނުންކުރެވިދާނެ މޭވާއެކެވެ.
ސްޓްރޯބެރީ.
ހަކުރުބަލީގެ މީހުންގެ ޑައިޓަށް ވެސް ސްޓްރޯބެރީ އަކީ މުހިއްމު ބާވަތެކެވެ. ގްލިސެމިކް އިންޑެކްސް ދަށް އެއްޗަކަށްވާތީ މިއީ ހަކުރުގެ ލެވެލް ރެގިއުލެޓްކޮށްދޭނެ އެއްޗެކެވެ.
ހިތުގެ މައްސަލަތަކުން ރައްކާތެރިކަން ހޯދަން ވެސް ސްޓްރޯބެރީ ބޭނުންކުރެވިދާނެ އެވެ. މީގައި ހިމެނޭ އެންޓިއޮކްސިޑަންޓްތަކާއި ޕޮލިފެނޯލްސްގެ ސަބަބުން ކޮލެސްޓްރޯލް ވެސް ހަމައަކަށް އަޅުވައިދޭނެ އެވެ. އޭގެ ސަބަބުން ހިތުގެ މައްސަލަތަކާ ދުރުކޮށް ދޭނެ އެވެ.
މީގެ އިތުރުން ވެސް ސްޓްރޯބެރީން އެތައް ފައިދާއެއް ލިއްބައިދެ އެވެ. އޭގެ ތެރޭގައި ގައިގެ ހަންގަނޑު ރީތިކޮށް، އުޖާލާކޮށް ދިނުމާއި ބޮލުގެ އިސްތަށިގަނޑު ވަރުގަދަކޮށް ދިނުން ފަދަ ކަންކަން ހިމެނެ އެވެ. ކޮސްމެޓިކްގެ ވަރަށް ގިނަ ސާމާނު އުފައްދަން ވެސް ސްޓްރޯބެރީ ބޭނުންކުރެވެނީ ވެސް މި ސަބަބާ ހުރެ އެވެ.
މިއީ ތާޒާކޮށް ކާލުމުގެ އިތުރަށް ތަފާތު އެކި ގޮތަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އޭގެ ތެރޭގައި ސުމޫތީ އާއި ޑެޒަޓް ފަދަ އެއްޗެހި ސްޓްރޯބެރީން ތައްޔާރުކޮށްލެވިދާނެ އެވެ.
ފަޅޮލަކީ އެތައް ކަމަކަށް ފަރުވާއެއް
ސިއްހީ ބޮޑެތި މައްސަލަތަކާ ދެކޮޅަށް އަންނާރު
ރަހަ މީރުކޮށްދޭ ދިރީގެ ފައިދާ ވެސް ގިނަ
މުރަނގަފަތުން ސައި ހެދިދާނެ
ކާފޫރުތޮޅީގެ ފައިދާތައް ގިނަ
ރީނދޫ ސައި؛ ފައިދާ ބޮޑު ތަފާތު ބުއިމެއް
ސްޓްރޯކްގެ ނުރައްކާ ކުޑަކުރަން ހެނދުނު ނާސްތާ މުހިންމު
ފައިބަ މުއްސަނދި ޑައެޓެއް ވަރަށް މުހިއްމު
ހަކުރު ހުއްޓާލާތާ ނުވަ ދުވަހުން ތަފާތު ފެނޭ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް