12 ޖޫން 2024
ޔޫރަޕްގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން 2.7 މިލިއަނަކީ މައިގަނޑު ހަތަރު އިންޑަސްޓްރީއެއްގެ ސަބަބުން ގެއްލިގެންދާ ފުރާނަތަކެއް ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.
ޔޫރަޕްގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން 2.7 މިލިއަނަކީ މައިގަނޑު ހަތަރު އިންޑަސްޓްރީއެއްގެ ސަބަބުން ގެއްލިގެންދާ ފުރާނަތަކެއް ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.
ޑަބްލިޔުއެޗްއޯ އިން ޔޫރަޕަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ހޭންސް ކްލޫގާ ވިދާޅުވި ގޮތުގައި އެ ހަަތަރު އިންޑަސްޓްރީ އަކީ ދުންފަތް، އަލްޓްރާ ޕްރޮސެސްޑް ފުޑް (ޔޫޕީއެފް)، ތެޔޮ އަދި ފޮސިލް ފިއުލް އާއި ބަނގުރަލެވެ.
"މި ހަތަރު އިންޑަސްޓްރީގެ ސަބަބުން މި ސަރަހައްދުން ކޮންމެ ދުވަހަކު 7،000 މީހުން މަރުވޭ،" ކްލޫގާ ވިދާޅުވި އެވެ.
އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިހަތަރު އިންޑަސްޓްރީން ގެންދަނީ ވިޔަފާރީގެ ފައިދާ ދަށްވެދާނެތީ އާންމު ސިޔާސަތުތަކަށް ހުރަސްއަޅައި ގޮންޖެހުންތައް ކުރިމަތިކުރަމުން ކަމަށެވެ.
މި އިންޑަސްޓްރީތަކުގެ ބާރު ގަދަވެ ސިޔާސީ އަދި ގާނޫނީ ކަންކަމުގެ ތެރެއަށް ބާރު ފޯރުވާ ކަމަށާއި އެ ނުފޫޒުގެ ތެރެއިން ވިޔަފާރިއަށް ފައިދާވާ ގޮތަށް ސިޔާސަތުތައް ބައްޓަންކުރާ ކަމަށް ކްލޫގާ ވިދާޅުވި އެވެ.
"މި އުކުޅުތަކުގެ ސަބަބުން އާންމު ސިއްހަތު ނުރައްކަލަށް ހުށަހެޅި، ގައުމުތަކުން ބޭނުންވާ ސިއްހީ ލަނޑުދަނޑިތަކާ ހަމަޔަށް ވާސިލްވުމަށް ވަނީ ހުރަސްއެޅިފައި،" ކްލޫގާގެ ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރު ބަލި ފަދަ، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތަށް، އިންޑަސްޓްރީތަކުގެ ލޮބީކުރުންތަކުން ވަނީ ހުރަސްއެޅިފަ އެވެ.
ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ޔޫރަޕްގައި، ބޮޑެތި މީހުންގެ ތެރެއިން 60 ޕަސެންޓް އަދި ކުޑަކުދިންގެ ތިން ބައިކުޅަ އެއް ބަޔަކީ އެކަށީގެންވާ ވަރަށްވުރެ ބަރު ނުވަތަ ފަލަ މީހުންނެވެ. ޔޫރަޕުން އެންމެ ފަހުން 2017 ވަނަ އަހަރު ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ކޮންމެ ފަސް މަރެއްގެ ތެރެއިން އެއް މަރަކީ ހިތުގެ ބައްޔާއި ކެންސަރާ ގުޅުން ހުރި މަރެވެ. އަދި މިއީ ސިއްހީ ގޮތުން ނުރަނގަޅު ކާނާތަކުގެ ސަބަބުން ކުރިމަތިވި މައްސަލަތަކެވެ. -- އޭއެފްޕީ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ސިއްހަތު ވަޒަންކުރަން އުނަގަނޑުގެ ސައިޒް
މުރަނގަފަތުން ސައި ހެދިދާނެ
ސްޓްރޯބެރީން ހަނދާން ގަދަކޮށްދޭ
ކާފޫރުތޮޅީގެ ފައިދާތައް ގިނަ
ދުޅަހެޔޮ ދިރިއުޅުމަކުން އުމުރު ދިގުވޭ
ރީނދޫ ސައި؛ ފައިދާ ބޮޑު ތަފާތު ބުއިމެއް
އަންހެނުންގެ "ލެގް ފެޓް" އަކީ މައްސަލައެއް ނޫން
ސްޓްރޯކްގެ ނުރައްކާ ކުޑަކުރަން ހެނދުނު ނާސްތާ މުހިންމު