14 ނޮވެމްބަރ 2018
ރާއްޖޭގައި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ހަކުރު ބަލި ޖެހޭ މިންވަރު ގިނަކަމަށް ޑައެބީޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ (ޑީއެސްއެމް)ގެ ސީއީއޯ އައިޝަތު ޝިރުހާނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ހަކުރު ބަލި ޖެހޭ މިންވަރު ގިނަކަމަށް ޑައެބީޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ (ޑީއެސްއެމް)ގެ ސީއީއޯ އައިޝަތު ޝިރުހާނާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޖަމިއްޔާގެ ސީއީއޯ ޝިރުހާނާ މިހެން ވިދާޅުވީ މިއަދަކީ ދުނިޔޭގެ ޑައެބީޓީސް ދުވަސް ކަމަށް ވުމުން، އެކަމާ ބެހޭގޮތުން "މިހާރު" އަށް ވާހަކަ ދައްކަވަމުންނެވެ. މި އަހަރުގެ ދުނިިޔޭގެ ޑައެބީޓީސް ދުވަހުގެ ޝިއާރަކީ ހަކުރުބައްޔާއި އާއިލާ އެވެ.
މި އަހަރު މި ދުވަސް ފާހަގަ ކުރުމަށްޓަކައި ޑީއެސްއެމް އިން ދ. ކުޑަހުވަދޫގައި މި ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ރޭ ބޭއްވި އެވެ. އަދި އެ ރަށު ހޮސްޕިޓަލުން މިއަދު ގޭގެއަށް ޒިޔާރަތްކޮށް، 35 އަހަރުން މަތީ މީހުންނަށް ހިލޭ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގި އެވެ. އަދި މި ދުވަސް ފާހަގަ ކުރުމަށްޓަކައި މި މަހު ތިން ވަނަ ދުވަހު ޑީއެސްއެމް އިން ވަނީ "އާއިލާއާ އެކު ހަވީރެއް"ގެ ނަމުގައި ވަރަށް ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ޝިރުހާނާ ވިދާޅުވި ގޮތުގައި މުޅި ރާއްޖެ އެކުލެވޭ ގޮތަށް މި މައްސަލައާ ގުޅޭ ދިރާސާތައް ނުހަދާތީ، އަހަރުން އަހަރަށް މި ބަލި އިތުރުވާ ކަމަށް ސީދާ ބުނާކަށް ނޭނގޭ އެވެ. ނަމަވެސް އެ ޖަމިއްޔާ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާފައި ވުމުން، ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މި ބަލި މިހާރު އާދަޔާ ހިލާފަށް ގިނަ ކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުމުރުން ދުވަސްވެފައި ހުންނަ މީހުންނަށް މި ބަލި ޖެހުމުގެ ބިރު ބޮޑީ. ނަމަވެސް އަޅުގަނޑުމެންނަށް މިހާރު ފެނޭ 13 އަހަރުގެ ކުދިންނާއި، 16 އަދި 19 އަހަރުގެ މީހުންގެ މެދުގައި ވެސް ޓައިޕް ޓޫ ޑައެބީޓީސް ހުންނަ ކަން،" ޝިރުހާނާ ވިދާޅުވި އެވެ.
ހަކުރު ބަލި ޖެހިފައި ހުންނަ މީހުން ބޭނުންވާ އިންސިއުލިން ފަދަ ތަކެތި އާސަންދައިގެ ދަށުން ލިބުނު ނަމަވެސް، ޓެސްޓު ކުރަން ބޭނުންވާ ތަކެތި އާސަންދައިގެ ދަށުން ނުލިބުމަކީ އެ މީހުންނަށް ކުރިމަތިވެފައިވާ ތަކުލީފެއް ކަމަށް ޝިރުހާނާ ވިދާޅުވި އެވެ. އަދި ބައެއް ރަށްރަށުުގައި އެ ބައްޔަށް ޓެސްޓު ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައި ނުހުންނަ ކަން ވެސް އޭނާ ވިދާޅުވި އެވެ.
"ދެން އެ މީހުން ދާން ޖެހެނީ ކައިރި ރަށަކަށް ޓެސްޓު ހަދަން. ގިނަގިނަ އިން ޓެސްޓު ހަދަން ޖެހޭ ފަރާތްތަކަށް އެއީ ހަމަ ބޮޑު އުނދަގުލެއް،" ޝަރުހީނާ ވިދާޅުވި އެވެ.
މި ބަލި ރާއްޖެ އިން މަދުކުރުމަށް ރައްޔިތުންގެ ދިރިއުޅުން ހުންނަ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ޝިރުހާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ ދިރިއުޅުން ހުންނަ ގޮތުން ހަކުރު ބަލި ޖެހުމުގެ ބިރު އާންމުންގެ މެދުގައި ބޮޑު ކަމަށެވެ. އޭގެ ތެރޭގައި އުމުރާއި އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރުވުމާއި، ގަވާއިދުން ކަސްރަތު ނުކުރުން ފަދަ ކަންކަން ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ދިވެހިންގެ ދިރިއުޅުން ހުންނަ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަކުރު ބަލީގެ މީހުންނަށް ބޭނުންވާ އިންސިއުލިން ޕެން ހޯދުމަށްޓަކައި 2008 ގައި "ސޭވް އަ ޑައަބީޓީސް ޗައިލްޑް"ގެ ނަމުގައި ޑީއެސްއެމް އިން ޕްރޮގްރާމެއް ހިންގި އެވެ. އެ ޕްރޮގްރާމުގައި 35 ކުދިން ރަޖިސްޓްރީ ކޮށްގެން ފެށި އިރު މި ޕްރޮގްރާމުގައި މިހާރު 122 ކުދިން ރަޖިސްޓްރީ ކޮށްފައިވެ އެވެ.
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް
ހަކުރު ބައްޔަށް ޓެސްޓްކޮށްގެން ދުނިޔޭގެ ރެކޯޑް ހަދަނީ
ކުޑަކުދިންނަށް އޮތީ ބަނަ ކުރިމަގެއް: ޔުނިސެފް
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
"ހަކުރު ބަލީގައި 21 ކުދިން، މިއީ ރަތް ސިގްނަލެއް"
4 އަތޮޅެއްގެ އާބާދީގެ ސިއްހަތާ މެދު ކަންބޮޑުވުން
"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ސްޕޮންސަރަކަށް ސްޓެލްކޯ
18 އަހަރަށް ފަހު ޑައިބެޓީސް ކްލިނިކް ހުއްޓާލަނީ
ކޮވިޑްގައި މަރުވި ޒުވާނާއަކީ ހަކުރުބަލީގެ މީހެއް
ހިޔާގެ ކުދިން ރަށްރަށަށް: ކިހިނެއް ގެންނަ ބަދަލެއް؟