10 ނޮވެމްބަރ 2019
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅުވައިގެން އޮސް މެޑިކަލް ސެންޓަރުން ހަކުރު ބައްޔަށް ހިލޭ ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ގުޅުވައިގެން އޮސް މެޑިކަލް ސެންޓަރުން ހަކުރު ބައްޔަށް ހިލޭ ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.
މި ޕްރޮގްރާމްގައި ހަކުރު ބަލި ހުރިތޯ ހިލޭ ޓެސްޓު ހައްދައި ވަގުތުން ނަތީޖާ ލިބޭނެ އެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އެޑްވާންސް ޑައިބެޓިކް މޮނިޓަރިންގެ ފުރުސަތު ވެސް ފަސް މީހަކަށް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް އެ ސެންޓަރުގަ އެވެ.
އޮސް މެޑިކަލް އިން ބުނީ މި ޕްރޮގްރާމަކީ ހަކުރު ބައްޔަށް މީހުން ހޭލުންތެރިކޮށް، ގަވާއިދުން ހަކުރު ހުންނަ މިންވަރު ބެލުމަށް އެ ސެންޓަރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
އޮސް މެޑިކަލް ސެންޓަރަކީ އިންޑިއާގެ ނަން މަޝްހޫރު އަދިތްޔާ ބިރްލާ މެމޯރިއަލް ހޮސްޕިޓަލާ ގުޅިގެން ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކްލިނިކެކެވެ. މި ކްލިނިކުން އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އެކްސްރޭ އާއި ސްކޭން ކުރުމުގެ ހިދުމަތްތަކުގެ އިތުރުން އާންމު އޯޕީޑީ އާއި ޑޭ ސާޖަރީ އާއި ލެބޯޓަރީ ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން ބިދޭސީންގެ ވާކް ޕާމިޓް މެޑިކަލްގެ ހިދުމަތް ވެސް މި ސެންޓަރ އިން ފޯރުކޮށްދެ އެވެ.
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރު ބަލީގެ ދުވަސް: އެނގުން މުހިއްމު ކަންތައްތަކެއް
ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް
ޓްރީ ޓޮޕުން އަހަރީ ދުވަހަށް ހާއްސަ ހިދުމަތްތަކެއް
އޭޑީކޭއިން ހިލޭ ހެލްތު ސްކްރީން ކޮށްދެނީ
ހަކުރު ބަލީގެ ނުރައްކާ ބޮޑު، ހާއްސަ ހަރަކާތްތަކެއް
މިއޮޓް ހޮސްޕިޓަލުން ރާއްޖޭގެ ޑޮކްޓަރުންނާ ބައްދަލުކޮށްފި
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް