17 މާޗް 2019
ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ބިޑަށް ލައިފި އެވެ.
ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ބިޑަށް ލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ހިންގާ އެ މަޝްރޫއު ޑިޒައިން އެންޑް ބިލްޑް އުސޫލުން ނުވަތަ ޑިޒައިންކޮށްގެން ހަދައިދޭނެ ބަޔަކު ހޯދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަން ބޭނުންވާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައި ވެ އެވެ.
ބީލަމުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 16 ގެ ނިޔަލަށެވެ. ބީލަމުގައި ބައިވެރިވާން 100 ޑޮލަރުގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ އިރު، ބިޑުގައި ބައިވެރިވެވޭނީ 100،000 ޑޮލަރުގެ ސެކިއުރިޓީ ޑިޕޮސިޓެއް ދެއްކުމަށް ފަހެވެ.
މި މަޝްރޫއުގެ ބީލަން ހުޅުވާނީ އަންނަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހެވެ.
މިއީ މިއަހަރު އަލަށް ފަށާނެ ކަމަށް ބުނެފައިވާ ބޯހިޔާވަހިކަމުގެ ހަ މަޝްރޫއުގެ ތެރެއިން ތިން ވަނަ މަޝްރޫއެވެ. މިހާތަނަށް އެ މިނިސްޓްރީން ވަނީ ލ. ގަމުގައި 200 ހައުސިން ޔުނިޓު އަދި ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.
އެގޮތުން އެ މަޝްރޫއުތަކަށް 207 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ހިނގަމުންދާ ހަ މަޝްރޫއަކާ އެކު 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް ހޭދަކުރާނެ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަނީ
ތިން ރަށެއްގައި ހައުސިން ޔުނިޓް އަޅަން ބީލަމަށް
ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
ހަނިމާދޫ ހައުސިން ބިޑް އަލުން އިވެލުއޭޓްކުރަން އަމުރެއް
ނޫމަޑި އަށް 55 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް
ނައިފަރުގައި 100 ހައުސިން ޔުނިޓު ހަދަން ހަވާލުކޮށްފި
ނައިފަރު ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުން ބާތިލް
ދެ ރަށެއްގައި ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި
ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ހަދަނީ
ގަމުގައި 200 ހައުސިން ޔުނިޓް އަޅަނީ