26 ޖެނުއަރީ 2020
ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ހަދަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ހަދަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފެވެ. އާރުސީސީ ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރުސީސީއާ ހަވާލުކުރި މި މަޝްރޫއު 11 މަސް ތެރޭގައި ފުރިހަމަ ކުރަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މި އަހަރަށް ކަނޑައަޅާފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ އަގަކީ 72 މިލިއަން ރުފިޔާ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ނައިފަރުގައި އިމާރާތް ކުރާނީ ތިން ކޮޓަރީގެ 100 އެޕާޓްމެންޓް ކަމަށެވެ. އޭގެ ތެރެއިން 28 އެޕާޓްމެންޓް ހުންނާނީ ހަތަރު ބުރީގެ ބްލޮކެއްގަ އެވެ. ބާކީ 72 އެޕާޓްމެންޓް ހަދާނީ ތިން ބުރީގެ ބްލޮކްތަކެއްގައި ކަމާއި ކޮންމެ ބްލޮކެއްގައި 24 އެޕާޓްމެންޓް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ ހަތަރު ބްލޮކުގައި އެޕާޓްމެންޓް ހަދާނެ އެވެ.
ކޮންމެ ޔުނިޓެއް ނުވަތަ އެޕާޓްމެންޓެއްގައި ހުންނާނީ ތިން ކޮޓަރި އާއި ތިން ފާޚާނާ އަދި ސިޓިން ރޫމެކެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ޅ. މާފިލާފުށިން ނައިފަރަށް ބަދަލުކުރި އާއިލާ އަކަށް ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް ވެސް މި މަޝްރޫއުގެ ތެރޭގައި ހަދާނެ އެވެ. އެ ހައުސިން ޔުނިޓު ހަދަން ނިންމާފައި ވަނީ 1،000 އަކަފޫޓުގެ އަމިއްލަ ގޯއްޗެއްގަ އެވެ. އެ ޔުނިޓުގައި ވެސް ހަދާނީ ތިން ކޮޓަރި އާއި ތިން ފާހަނަ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެ ގޯތީގައި ހަދާ ޔުނިޓުގައި ސްޓޯރޭޖް އޭރިއާއެއް ވެސް ހަދާނެ ކަމަށް އެތަނުން ބުންޏެވެ.
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ
11 އަހަރަށް ފަހު ކުޅުދުއްފުށީގެ ރޯހައުސްތައް ދޫކުރަނީ
288 ފްލެޓު އެޅި ޓާޓާއަށް މިވަރުގެ ބަދަލެއް؟
ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށް ދީފި
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން
ވެށިފަހިން ލިއުންދީ ފްލެޓާއި ގޯތި ނުލިބޭ މީހުން ހޯދަނީ
ދިއްދޫ ގެތައް އޭސީސީ، އޭޖީގެ ލަފާގެ މަތިން ދޫަކުރަނީ
ނައިފަރު ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުން ބާތިލް
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް