07 މާޗް 2019
ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ބިޑަށް ލައިފި އެވެ.
ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ބިޑަށް ލައިފި އެވެ.
މިއީ ހައުސިން އެންޑް އާބަން ޑިލޮޕްމެންޓް މިނިސްޓްރީން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް ހޯދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލު ނުވަތަ ޑިޒައިންކޮށްގެން ހަދައިދޭނެ ބައެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި ބީލަމުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 3 ގެ ނިޔަލަށެވެ. މި ބީލަމުގައި ބައިވެރިވާން 1500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދޭން ޖެހޭ އިރު، ބިޑްގައި ބައިވެރިވާން ސެކިއުރިޓީއެއްގެ ގޮތުގައި 100،000 ޑޮލަރު ދައްކަން ޖެހެ އެވެ.
މި މަޝްރޫއުގެ ބީލަން ހުޅުވަން ނިންމާފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
މިއީ މި އަހަރު އަލަށް ފަށާނެ ކަމަށް ބުނެފައިވާ ހަ ބޯހިިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ދެ ވަނަ މަޝްރޫއެވެ. ލ. ގަމުގައި 200 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ވެސް ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ހުޅުވާލި އެވެ. އެގޮތުން އެ މަޝްރޫއުތަކަށް 207 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ހިނގަމުންދާ ހަ މަޝްރޫއަކާ އެކު 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް ހޭދަކުރާނެ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅަނީ
ހައުސިން ޔުނިޓު ދޫނުކޮށްގެން ތުޅާދޫގައި އިހްތިޖާޖްކުރަނީ
ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
ހަނިމާދޫ ހައުސިން ބިޑް އަލުން އިވެލުއޭޓްކުރަން އަމުރެއް
ނޫމަޑި އަށް 55 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް
ދެ ރަށެއްގައި ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި
ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ހަދަނީ
ގަމުގައި 200 ހައުސިން ޔުނިޓް އަޅަނީ
ހަ ރަށެއްގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
ބަޖެޓުގެ ބޮޑު ބައެއް ގެދޮރުވެރިކުރުމުގެ މަޝްރޫއަށް