12 މާޗް 2019
ގިނަ ހިދުމަތްތަކެއް ހިމެނޭ ގޮތަށް މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ހަތަރު ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ގިނަ ހިދުމަތްތަކެއް ހިމެނޭ ގޮތަށް މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ހަތަރު ބުރީގެ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ ރަށްވެހިންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގައި މިހާރު ހުރީ އާބާދީއާ ނުބައްދަލު، އެންމެ 42،000 މީހުންނަށް ހިދުމަތް ދެވޭނެވަރުގެ މާރުކޭޓެއް ކަމަށެވެ. އެހެންވެ، ފަސޭހަކަމާ އެކު، ވީހާ ވެސް ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު ހުރި މާރުކޭޓުގެ ބަދަލުގައި ހަތަރު ބުރީގެ ތަނެއް އިމާރާތްކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އާ މާރުކޭޓު ހެދުމަށް ހަމަޖައްސާފައިވަނީ މިހާރު ދަތުރުވެރިންގެ މާރުކޭޓު ހުރިތަނުގަ އެވެ. ޝިފާ ވިދާޅުވި ގޮތުގައި އާ މާރުކޭޓު އިމާރާތް ކުރާނީ ލިފްޓު ފަދަ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެންނެވެ.
"މިހާރު ހުރިތަން ކުޑަވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތެއް ނުދެވޭ. އަޅުގަނޑުމެން އާ މާރުކޭޓު އަޅާނީ އެކަން ހައްލު ކުރުމަށް. އެ މާރުކޭޓު އެޅުމަށް އަޅުގަނޑުމެން މިހާރު ވާނީ ކަމާބެހޭ ފަރާތްތަކާ ވެސް ބައްދަލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
އާ މާރުކޭޓު އަޅަން ފަށާނެ ތާރީހެއް ސިޓީ ކައުންސިލަކުން ނުބުނެ އެވެ.
މާލޭގައި މިހާރު ހުންނަ މާރުކޭޓު، ޖާގައިގެ ދަތިކަމުގެ ސަބަބުން ހަފުތާ ބަންދުގައި އޮންނަނީ ފިތި ބާރުވެފަ އެވެ. އަދި ރޯދަ މަހު ވެސް އެތަން އޮންނަނީ ތޮއްޖެހިފަ އެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ވިލިމާލޭގައި ވެސް ބޮޑު މާރުކޭޓެއް އަޅަން ނިންމާފައިވާ ކަމަށާއި އެތަނުގައި މަސް މާރުކޭޓަކާއި މަސް ޕްލާންޓެއް ވެސް ގާއިމު ކުރާނެ ކަމަށެވެ.
މާލޭގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގެ ރައްޔިތުން ވެސް ބައިވެރިވި އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެޗްޑީސީން މިހާރު ހުޅުމާލޭގައި ދެމުން އަންނަ ބައެއް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
ޝިފާ ވިދާޅުވީ ހުޅުމާލޭގައި ސިޓީ ކައުންސިލްގެ އޮފީހެއް ގާއިމުކޮށް، އެ އަވަށުގެ މުނިސިޕަލް ބައެއް ހިދުމަތްތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު ވެސް ކުރިއަށް ގެންދާނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
ކޮންސްޓެބިއުލަރީ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައިފި
ކައުންސިލްގެ މަޝްރޫތައް ހުއްޓުވަނީ ސަރުކާރުން: މުއިއްޒު
ބްލޮކްތަކުގެ ވެރިން ހޮވުމުގެ އިންތިހާބު އޮކްޓޫބަރު9ގައި
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
މާލެ އިން މަރުވި މީހުންގެ އަދަދު މި އަހަރު މަދު
ވިޔަފާރިކުރެވޭނީ ހެނދުނު 9 އިން ރޭގަނޑު 9 އަށް
ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެނީ