04 މާޗް 2019
މިދިޔަ ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 78.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ މާލެ އަތޮޅުން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 78.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ މާލެ އަތޮޅުން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ޓެކްސްއާ ބެހޭ ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖެނުއަރީ މަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވާ މާލެ އަތޮޅަށް 28.3 މިލިއަން ރުފިޔާ ލިބިފައިވެ އެެވެ. އެއީ އެ މަހު ދައުލަތަށް ލިބުނު ގްރީން ޓެކްސްގެ 36 ޕަސެންޓެވެ. މާލެ އަތޮޅަކީ ރިސޯޓުތަކުގެ އިތުރުން ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްދާ އަތޮޅެވެ. އެގޮތުން މާފުއްޓާއި ދިއްފުއްޓާއި ތުލުސްދޫ އަކީ ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށްތަކެވެ.
ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 9.3 މިލިއަން ރުފިޔާއާ އެކު އދ. އަތޮޅުންނެވެ. އއ. އަތޮޅުން 6.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު ބ. އަތޮޅުން 6.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޅ. އަތޮޅުން 4.8 މިލިއަން ރުފިޔާ އާއި ރ. އަތޮޅުން 3.8 މިލިއަން ރުފިޔާ އާއި ދ. އަތޮޅުން 3.4 މިލިއަން ރުފިޔާ އާއި ނ. އަތޮޅުން 2.9 މިލިއަން ރުފިޔާ އާއި ވ އަތޮޅުން 1.5 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެ އެވެ.
ގއ. އަތޮޅާއި 1.4 މިލިއަން ރުފިޔާ އާއި ގދ. އަތޮޅުން 1.4 މިލިއަން ރުފިޔާ ލިބިފައިވާ އިރު މާލެ އިން ވެސް ގްރީން ޓެކްސްއިން އެވަރުގެ ދައްކައިފައި ވެ އެވެ. ގްރީން ޓެކްސްގެ ގޮތުގައި އައްޑޫން ލިބުނީ 1.3 މިލިއަން ރުފިޔާ އެވެ.
ގއ. އަތޮޅާއި 1.4 މިލިއަން ރުފިޔާ އާއި ގދ. އަތޮޅުން 1.4 މިލިއަން ރުފިޔާ ލިބިފައިވާ އިރު މާލެ އަށް ވެސް ގްރީން ޓެކްސްއިން އެވަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. ގްރީން ޓެކްސްގެ ގޮތުގައި އައްޑޫން ލިބުނީ 1.3 މިލިއަން ރުފިޔާ އެވެ.
އަތޮޅުތަކުގެ އިތުރުން ސަފާރީތަކާއި ލިވާބޯޑުތަކުން ގްރީން ޓެކްސްގެ ގޮތުގައި ޖެނުއަރީ މަހު ވަނީ 2.8 މިލިއަން ރުފިޔާ ލިބިފަ އެވެ.
މި އަހަރުގެ ނިޔަލަށް 892.7 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ. މިދިޔަ ހަފްތާއާ ހަމަޔަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 98.2 މިލިއަން ރުފިޔާ ލިބިފަ އެވެ.
ޓެކްސްގެ ގޮތުގައި މާފުށިން 20 މިލިއަން ރުފިޔާ!
ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ގަމުގެ ބީޗްސައިޑުން 8 ބިމެއް ޓޫރިޒަމަށް ދޫކުރަނީ
ނުލިބި ހުރި ޓޫރިޒަމާ ގުޅޭ ޓެކްސްގެ އަދަދު ބިލިއަނަކަށް
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަނީ
ގްރީން ޓެކްސްއާ ގުޅޭ އިސްލާހު މަޖިލީހަށް ހުށަހަޅައިފި
ގާނޫނު އިސްލާހުކުރި ގޮތުން ގްރީންޓެކްސް ހުއްޓިއްޖެ
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
ހުކުމާއެކު ގާނޫނީ ހުސްކަމެއް: ފީ ދައްކާނީ ކޮންތާކަށް؟