Roadha Mihaaru
ދެ ޕާރުސަލަކުން 575 ގްރާމްގެ ޑްރަގްސް އަތުލައިގެންފި

ދެ ޕާރުސަލެއްގެ ތެރެއިން 575 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި

10 ފެބުރުއަރީ 2019

ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނައި ދެ ޕާރުސަލެއްގެ ތެރެއިން 575 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނައި ދެ ޕާރުސަލެއްގެ ތެރެއިން 575 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެވެ.

ކުރިއާ އަކީ ރާއްޖެ އިން ބޭރަށް ތަކެއްޗަށް އޯޑަރު ކޮށްގެން ގެއާ ހަމައަށް މުދާ ގެންނަ ޚިދުމަތެވެ.

ކަސްޓަމްސް އިން ބުނީ މިއަދު ރާއްޖެ އެތެރެ ކުރި ދެ ޕާރުސަލްގެ ތެރެއިން އެއް ޕާރުސަލު ގައި 287 ގްރާމް އަދި އަނެއް ޕާރުސަލު ގައި 288 ގްރާމްގެ ހެރޮއިން ހުރި ކަމަށެވެ.

އެ ތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

އެ ތަކެތި ގެނައީ ކޮން ގައުމަކުން ކަމެއް އަދި އެއީ ކޮންބަޔަކު އެތެރެކުރި އެއްޗެއް ކަމެއް ކަމާ ބެހޭ އިދާރާ އަކުން ނުބުނެ އެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ދޭތެރެދޭތެރެއިން އަންނަނީ އަތުލައިގަންނަމުންނެވެ. އެންމެ ގިނައިން އެތެރެކުރާ ކަމަށް ބެލެވެނީ ޕާޓީ ޑްރަގްސް އެވެ.