30 ޖެނުއަރީ 2019
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އަދި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަފާޒް މުހައްމަދު މިއަދު ހަމަޖައްސައިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އަދި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަފާޒް މުހައްމަދު މިއަދު ހަމަޖައްސައިފި އެވެ.
ޑެޕިއުޓީ އެމްޑީއަކަށް ހުންނެވި ޝަފާޒް އެ މަގާމަށް ހަމަޖެއްސީ އެ ކުންފުނީގެ އެމްޑީއަކަށް މިދިޔަ ފަސް އަހަރު ހުންނެވި އަހުމަދު އަމީލް އިސްތިއުފާދެއްވައި ނޯޓިސް ފޮނުވާފައިވަނިކޮށެވެ. އަމީލް އިސްތިއުފާ ދެއްވީ އެ ކުންފުނީގައި 24 އަހަރު މަސައްކަތް ކުރެއްވުމަށް ފަހުގަ އެވެ.
އެލައިޑް އިންޝުއަރެންސަށް މެނޭޖިން ޑިރެކްޓަރު އައްޔަންކުރަނީ އެސްޓީއޯގެ ބޯޑުންނެވެ.
އަލަށް އެމްޑީކަމާ ހަވާލުވެ ވަޑައިގެންނެވި ޝަފާޒް ވެސް އެލައިޑްގައި މަސައްކަތް ކުރައްވާތާ 24 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އަމީލް ވަނީ ޝަފާޒާ އެކު ނަންގަވާފައިވާ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓްކުރައްވައި، ޝަފާޒަކީ ކުންފުނި އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ގާބިލް ބޭފުޅަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިއަދަކީ އެލައިޑް އިންޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަހެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެލައިޑް އިންޝުއަރެންސްގެ ވިޔަފާރި 112 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 120 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
އެލައިޑްގެ އެމްޑީއަކަށް ލުވައިޒް ހަމަޖައްސައިފި
އެސްޓީއޯގެ އާމްދަނީ އިތުރު، އެކަމަކު ފައިދާ ދަށަށް
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ
އެސްޓީއޯގެ ސާފު ފައިދާ 700 މިލިއަނުން މަތީގައި!
މިދިޔަ އަހަރު އެސްއޯއީތަކުން 5.4 ބިލިއަންގެ ފައިދާ
އެސްޓީއޯ ސުޕަމާޓް ހައިޕަމާކެޓަކަށް ބަދަލުކުރަނީ
ތިން އަހަރުގެ މަސައްކަތް: އަމްރުގެ އުފާވެރިކަން ބޮޑު!
އެސްޓީއޯގެ ފައިދާ ދެވަނަ ކުއާޓަރުގައި މައްޗަށް