03 ޖެނުއަރީ 2019
ކްރޫޒްލައިނާތަކަށް މާލެ ކައިރީގައި ބަނދަރު ކުރެވޭ ގޮތް ހަދައިދީފި އެވެ.
ކްރޫޒްލައިނާތަކަށް މާލެ ކައިރީގައި ބަނދަރު ކުރެވޭ ގޮތް ހަދައިދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ބޭރު ގައުމުތަކުން ރާއްޖެ އަންނަ ކްރޫޒް ލައިނާތައް ބަނދަރު ކުރަންޖެހެނީ މާލެއާ ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. އެ ހިސާބު ދުރުވުމުގެ ސަބަބުން ޓޫރިސްޓުން މާލެ އަށް ބޭލުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މިހާރު ކްރޫޒްލައިނާތައް ބަނދަރު ކުރަންޖެހޭ ހިސާބު ކާގޯ ބޯޓު ފަހަރު ބަނދަރުކުރާ ހިސާބަށް ވުރެ ދުރެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެންމެ ކުރިން ވެސް ކްރޫޒްލައިނާތަކަށް ބަނދަރުކުރަން ހުއްދަ ދީފައިވާ، މާލޭއާ 0.6 ނޯޓިކަލް މޭލުން އިންތިޒާމުތައް ހަމަޖައްސައިފަ އެވެ.
ކްރޫޒް ލައިންތަކަށް މާލެއާ ކައިރީގައި ބަނދަރު ކުރެވޭ ގޮތް ހަމަޖައްސާފައިވާ އިރު މިދިޔަ ނޮވެމްބަރު މަހުގައި ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ކްރޫޒް ލައިންތަކުން މާލެ އަންނަ ޓޫރިސްޓުން ފޭބުމަށް، އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދު ދޫކުރުމުގެ ހުއްދަ އަށް އެދިފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރުން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް 40 އެއްހާ ކްރޫޒް ލައިން އަންނާނެ ކަމަށް މާޔާ އިން ބުނެފައިވެ އެވެ. މި އުޅަނދުތަކުގައި 30،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނަނާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ކްރޫޒްލައިނާގެ އޭޖެންޓްކަން ކުރެވޭނީ ދިވެހިންނަށް އެކަނި
ކްރޫޒްލައިނާގެ މައްސަލައަށް ހައްލެއް ހޯދާނަން:ފައިސަލް
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ޓޫރިޒަމް ފަށާ ދުވަސް ރައީސް މިއަދު އިއުލާން ކުރައްވަނީ
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޗާލު މަންޒަރުތަކެއް: މީހުން ބުނަނީ "އަދި އަންނާނަން"
މިއީ ޓޫރިސްޓުން އަތުން ޓެކްސް ނަގަންވީ ވަގުތެއް ނޫން
"ނިއު ނޯމަލް" އަށް އެއާޕޯޓް ތައްޔާރު: އެމްއޭސީއެލް
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު
"ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ބޯޑަރު ނުހުޅުވާނަން"