Roadha Mihaaru
ކްރޫޒްލައިނާގެ މައްސަލައަށް ހައްލެއް ހޯދާނަން:ފައިސަލް

ކްރޫޒްލައިނާގެ މައްސަލައަށް ހައްލެއް ހޯދައިދޭނަން: ފައިސަލް

16 ޑިސެމްބަރ 2023

ކުރީ ސަރުކާރުން ހެދި ގަވާއިދެއްގެ ދަށުން، ކްރޫޒްލައިނާތަކުގެ ވަކި ކޮޓަރިއަކުން ޓެކްސް ނަގަން ފެށުމުން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީ ސަރުކާރުން ހެދި ގަވާއިދެއްގެ ދަށުން، ކްރޫޒްލައިނާތަކުގެ ވަކި ކޮޓަރިއަކުން ޓެކްސް ނަގަން ފެށުމުން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އާންމު ކުރި ގަވާއިދާ ގުޅިގެން ކްރޫޒްލައިނާތަކުގެ ވަކިވަކި ކޮޓަރިތަކުން ޖީއެސްޓީ ނަގަން ފެށުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އޭގެ ސަބަބުން ކްރޫލައިނާތަކަށް ރާއްޖެ ނައިސް އެހެން ގައުމުތަކަށް ދާން ފަށާފައިވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެ އެވެ. އެކަމާ ފައިސަލް ޓްވިޓާގައި ވިދާޅުވީ އެ ގަވާއިދު އިސްލާހުކޮށް، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.

ފައިސަލް ޓްވީޓް

މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވާއިދާ އެކު، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ކޮންމެ ދުވަހަކަށް ޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓު ދައްކަން ޖެހެ އެވެ. ކޮންމެ ޗާޓާއަކުން ވަކިވަކި ޓެކްސް ނެގަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް މާޔާ އިން ބުންޏެވެ. އަދި ޖުމްލަ ފީގެ ބަދަލުގައި މިގޮތަށް ޖީއެސްޓީ ނެގުމަކީ ކަންބޮޑުވާ ކަމެއް އެ ޖަމްއިއްޔާއިން ބުނެ އެވެ. ކުރިއަށް އޮތް ޖެނުއަރީގައި ވެސް ބޮޑެތި ކްރޫޒް ޝިޕްތަކެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ބޮޑެތި ކްރޫޒްލައިނާތައް އަންނަމުން ދިޔަ އެވެ. އެ ބޯޓު ފަހަރުތަކުގެ އަންނަ ޓޫރިސްޓުންގެ ސަބަބުން މާލެ ކައިރީ ރަށްރަށުގެ ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި މާލޭގެ ރެސްޓޯރެންޓްތަކުގެ އިތުރުން ސުވެނިޔާ ފިހާރަތަކަށް ވެސް ފައިދާ ވެ އެވެ.