27 ޑިސެމްބަރ 2018
ލިވަޕޫލް (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ މުހައްމަދު ސަލާހު ޕެނަލްޓީ ހޯދީ ޑައިވްކޮށްގެން ކަމަށާއި އޭނާ އަށް ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމަށް އިނގިރޭސި އެފްއޭގެ ރެފްރީ ޕެނަލްގެ އެޑްވައިޒަރު މާކް ހަލްސޭ ބުނެފި އެވެ.
ލިވަޕޫލް (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ މުހައްމަދު ސަލާހު ޕެނަލްޓީ ހޯދީ ޑައިވްކޮށްގެން ކަމަށާއި އޭނާ އަށް ސަސްޕެންޝަނެއް އަންނަން ޖެހޭ ކަމަށް އިނގިރޭސި އެފްއޭގެ ރެފްރީ ޕެނަލްގެ އެޑްވައިޒަރު މާކް ހަލްސޭ ބުނެފި އެވެ.
ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިން ލިވަޕޫލް މޮޅުވި މެޗުގައި ސަލާހު ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ރެފްރީ އެ ޕެނަލްޓީ ދިނީ ސަލާހު އަތުގައި ނިއުކާސަލްގެ ޑިފެންޑަރު ޕޯލް ޑަމެޓް ހިފެހެއްޓުމުންނެވެ.
ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއްގައި ހަލްސޭ ބުނީ ޑައިވްކުރުމާ ދެކޮޅަށް އިނގިރޭސި އެފްއޭއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި ސަލާހަށް މީގެ އަދަބު ލިބެން ޖެހޭ ކަމަށެވެ.
"ޔަގީނުން ވެސް ސަލާހު ހިފެހެއްޓުމަށް ޑަމެޓް މާ ބޮޑު ކަމެއް ނުކުރޭ. ސަލާހު އެ ޕެނަލްޓީ ހޯދީ ޑައިވްކޮށްގެން. އޭރު މެޗުގެ ނަތީޖާ އޮތީ 1-0 ގައި. ނިއުކާސަލް އަށް މެޗުގެ ތެރެއަށް އަނބުރާ އައުމުގެ ފުރުސަތު ގެއްލުނީ އެ ޕެނަލްޓީއާ ހިސާބުން. ސަލާހަށް ދެ މެޗުގެ ސަސްޕެންޝަނެއް އަންނަން ޖެހޭ،" މީގެ ތިން އަހަރުގެ ކުރިން ރިޓަޔަކުރި ހަލްސޭ ބުންޏެވެ.
އިނގިރޭސި އެފްއޭގެ ތިން މީހުންގެ ޕެނަލަކުން ހުރިހާ މެޗެއްގެ ވީޑިއޯތައް ދިރާސާކުރާނެ އެވެ. އަދި ޑައިވްކުރިކަން އެ ޕެނަލަށް ސާބިތުވެއްޖެނަމަ ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ އެވެ. މި ޕެނަލްގައި ހިމެނެނީ ފުޓްބޯޅަ ކޯޗަކާއި ކުޅުންތެރިއެއްގެ އިތުރުން މެޗު އޮފިޝަލެކެވެ.
ސަލާހަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިސްފިނަމަ އޭނާ އަށް ލިވަޕޫލްގެ މުހިއްމު ދެ މެޗެއް ގެއްލޭނެ އެވެ. އެއީ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރޭގެ މެޗަށް ފަހު ނިއުކާސަލްގެ ކޯޗު ރަފައެލް ބެނިޓޭޒް ވަނީ އެ ޕެނަލްޓީއާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ ރެފްރީގެ ނިންމުމަށް ފާޑުކިޔުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
ލިވަޕޫލުން އިޒްރޭލުގެ ފޯވާޑް މޫނިސް ޑަބޯ ގެނެސްފިނަމަ ސަލާހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް މިސްރުގެ މީޑިއާގައި އިއްޔެ ވަނީ ރިޕޯޓްކޮށްފަ އެވެ. ރޭގެ މެޗަށް ފަހު އެކަމާ ބެހޭގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ސަލާހްގެ ކޮންޓްރެކްޓް އާކުރަން؛ ކްލަބުން ޖަވާބެއް ނެތް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ސަލާހްގެ ކޮމެންޓަށް ކްލޮޕް ބަސް ބުނެފި
ގަކްޕޯއާއި ސަލާހު ލަނޑުޖަހައި ލިވަޕޫލަށް ބޮޑު އުފަލެއް
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ
އޯލްޑް ޓްރެފޯޑުގައި ސަލާހު، ރޮނާލްޑޯ ލަދުގަންނަވާލައިފި
ބްރެންޓްފޯޑަށް ލިބުނީ ހައްގު ޕޮއިންޓެއް: ކްލޮޕް
އެވަޓަންއާ އެއްވަރުވެ ލިވަޕޫލަށް ފުރުސަތު ގެއްލިއްޖެ