04 މާޗް 2019
ލިވަޕޫލް (މާޗް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލިއްޖެ އެވެ.
ލިވަޕޫލް (މާޗް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ލިވަޕޫލަށް ގެއްލިއްޖެ އެވެ.
ރޭގެ މެޗުން މޮޅުވެގެން ނޫނީ ލިވަޕޫލަށް އެއް ވަނަ އަށް އެރެން ނެތްއިރު، ރޭގެ ނަތީޖާއާ އެކު ލީގުގެ ފަހު ނުވަ މެޗަށް ނުކުންނައިރު 29 އަހަރަށް ފަހު ލީގު ހޯދުމަށް ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތްތައް އިތުރު އުނދަގޫތަކެެއް ވަނީ ކުރިމަތިވެފަ އެވެ.
ލީގުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 29 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 29 މެޗުން 70 ޕޮއިންޓެވެ. ތިން ވަނައިގައި ޓޮޓެންހަމް ހޮޓްސްޕާސް އޮތީ 29 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ފުރަތަމަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ މުހައްމަދު ސަލާހު އަށެވެ. މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ ސަލާހު ފޮނުވާލި ބޯޅަ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ވެސް ސަލާހަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
މި މެޗުގައި ސަލާހަށް ލަނޑެއް ނުޖެހުނުއިރު، މިއީ އޭނާ ލިވަޕޫލަށް ބަދަލުވި ފަހުން ލީގުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން ތިން މެޗު ނިންމާލި ފުރަތަމަ ފަހަރެވެ. މި މެޗުގައި ލިވަޕޫލް މޮޅުކޮށްދޭން ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ވާޖިލް ވެން ޑައިކް ޖައްސާލި ބޯޅައެއް ފަބީނިއޯ ގޯލަށް ފޮނުވާލުން ލަސްކޮށްލުމުން ބޭނުމެއް ނުހިފުނެވެ.
އެވަޓަން އިން އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން އެވެ. އޭނާ ބޮލުން ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މުހިއްމީ މި ވަގުތު އެއް ވަަނައިގައި އޮތުމެއް ނޫން ކަމަށާއި އެންމެ ބޮޑު އަމާޒަކީ ލީގު ނިމޭއިރު އެއް ވަނައިގައި އޮތުން ކަމަށެވެ. މި މެޗުން ގެއްލުނީ މުހިއްމު ޕޮއިންޓުތަކެއް ކަމަށާއި އެއް ވަނަ މަގާމު ގެއްލުމުން މާޔޫސްނުވެ އެ ޓީމުން އަމާޒުހިފާނީ ލީގުގައި ކުރިއަށް އޮތް ހުރިހާ މެޗަކުން މޮޅުވުމަށް ކަމަށް ބުންޏެވެ.
ރޭ ޗެލްސީ ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ފުލަމް އަތުން 2-1 އިން މޮޅުވެފަ އެވެ. ގޮންޒާލޯ ހިގުއައިންގެ ގޯލުން ޗެލްސީން ލީޑުނަގާފައިވަނިކޮށް ފުލަމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަލުމް ޗެމްބާސް އެވެ. އަލުން ޗެލްސީ އަށް ލީޑުނަގައިދިނީ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. މިއީ ފުލަމްގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ މަގާމުން ވަކިކޮށް ސްކޮޓް ޕާކާގެ ކޯޗުކަމުގައި ފުލަމް އިން ކުޅުނު ފުރަތަމަ މެޗެވެ.
މި މޮޅާ އެކު ޗެލްސީ ލީގުގެ ހަ ވަނައިގައި އޮތީ 28 މެޗުން 56 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 29 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 29 މެޗުން 58 ޕޮއިންޓް ހަމަކޮށްގެންނެވެ.
ސަލާހްގެ ކޮންޓްރެކްޓް އާކުރަން؛ ކްލަބުން ޖަވާބެއް ނެތް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
ސަލާހްގެ ކޮމެންޓަށް ކްލޮޕް ބަސް ބުނެފި
ގަކްޕޯއާއި ސަލާހު ލަނޑުޖަހައި ލިވަޕޫލަށް ބޮޑު އުފަލެއް
ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޔުނައިޓެޑް ބަލިވެއްޖެ
އޯލްޑް ޓްރެފޯޑުގައި ސަލާހު، ރޮނާލްޑޯ ލަދުގަންނަވާލައިފި
ބްރެންޓްފޯޑަށް ލިބުނީ ހައްގު ޕޮއިންޓެއް: ކްލޮޕް
ސަލާހު ސަސްޕެންޑް ކުރަން ގޮވާލައިފި