Roadha Mihaaru
ނޭކުރެންދޫ، ބާރަށު ކުޅި އަދި ކޭލަކުނު ހިމާޔަތްކޮށްފި

ނޭކުރެންދޫ އާއި ބާރަށު ކުޅި އަދި ކޭލަކުނު ހިމާޔަތްކޮށްފި

25 ޑިސެމްބަރ 2018

ހއ. ބާރަށު ކުޅި އާއި ހދ. ނޭކުރަންދޫ ކުޅި އާއި ހދ. ކޭލަކުނަކީ ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ހއ. ބާރަށު ކުޅި އާއި ހދ. ނޭކުރަންދޫ ކުޅި އާއި ހދ. ކޭލަކުނަކީ ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ކަނޑައަޅާފައި ވަނީ އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހުށަހެޅުއްވި ކަރުދާސްތަކެއްގެ މައްޗަށް ބިނާކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.

ނޭކުރެންދޫ ކުޅީގެ އިތުރުން އެ ރަށު ފަލާއި ޗަސް ބިންތައް ވެސް ވަނީ ހިމާޔަތްކޮށްފަ އެވެ. ބާރަށުގެ ފަލާއި ޗަސްބިންތައް ވެސް ވަނީ ހިމާޔަތްކޮށްފަ އެވެ.

ކޭލަކުނު ހިމާޔަތް ކުރުމުގެ އިތުރުން އެ ރަށުގެ ފަޅާއި ފަރުތައް ވެސް ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާއި ފަރަކާއި ކަނޑޫފަލެއް ހިމާޔަތް ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމާޔަތް ކުރާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.