Roadha Mihaaru
ބާރަށާއި ނޭކުރަންދު އާއި ކޭލަކުނުގެ ކުޅި ހިމާޔަތްކުރަނީ

ބާރަށާއި ނޭކުރަންދު އާއި ކޭލަކުނުގެ ކުޅި ހިމާޔަތް ކުރަނީ

04 ޑިސެމްބަރ 2018

ހދ. ކޭލަކުނާއި ހދ. ނޭކުރެންދު އާއި ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ގޮތުގައި ކަނޑައެޅުމަށް ކެބިނެޓުގައި މިއަދު މަޝްވަރާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހދ. ކޭލަކުނާއި ހދ. ނޭކުރެންދު އާއި ހއ. ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ގޮތުގައި ކަނޑައެޅުމަށް ކެބިނެޓުގައި މިއަދު މަޝްވަރާކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހާ އެއްގޮތަށް ކޭލަކުނުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި ނޭކުރެންދޫ އާއި ބާރަށުގެ ކުޅި، ފާ އަދި ޗަސްބިން ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށެވެ.

ހދ.ގެ ފަޅުރަށެއް ކަމަށްވާ ކޭލަކުނު: މި ރަށުގެ ގުދުރަތީ ރީތިކަން ވަރަށް ބޮޑު --ފޮޓޯ/ބްލޫޕީސް މޯލްޑިވްސްރަތ

ހދ.ގެ ފަޅުރަށެއް ކަމަށްވާ ކޭލަކުނު: މި ރަށުގެ ގުދުރަތީ ރީތިކަން ވަރަށް ބޮޑު --ފޮޓޯ/ބްލޫޕީސް މޯލްޑިވްސްރަތ

ކޭލަކުނުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދު ހިމާޔަތް ކުރުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރިއިރު، އެ ރަށުގައި ވަނީ ރިސޯޓެއް ހަދަން ހުޅުވާލައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން، ރަށަކާއި ފަރަކާއި ކަނޑޫފާ ރައްކާތެރި ކުރުމަކީ އަމާޒެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކެބިނެޓް ބައްދަލުވުމުގައި ވަޒީރުން ވަނީ ތިމާވެށީގެ ހާއްސަ މާހައުލުތައް އެކުލެވޭ ރަށްތަކާއި ސަރަހައްދުތައް އަންނަން އޮތް ޖީލުތަކަށް ހިމާޔަތް ކުރެވި، ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ.

މީގެއިތުރުން ހއ. އަދި ހދ. އަތޮޅަކީ ތިމާވެށީގެ ގޮތުން މުއްސަނދި މާހައުލުތަކެއް އެކުލެވިގެންވާ ސަރަހައްދެއް ކަމަށާއި، ތިމާވެށި ގާނޫނުގެ ދަށުން މި ދެ އަތޮޅުގައި މިހާތަނަށް އެއްވެސް ސަރަހައްދެއް ނުވަތަ ތަނެއް ޙިމާޔަތް ކުރެވިފައި ނުވާކަން ވެސް ވަޒީރުން ފާހަގަ ކުރެއްވި އެވެ.

ކޭލަކުނާއި، ނޭކުރެންދޫ އަދި ބާރަށުގެ ކުޅި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައެޅުމަކީ، ރާއްޖޭގެ ތިމާވެށީގެ ތަރިކަ ރައްކާތެރި ކުރުމަށްޓައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.